Roadha Mihaaru
ކުޅުދުއްފުށީގެ މަގުތަކުގައި ތާރު އަޅަން ފަށައިފި

ކުޅުދުއްފުށީގެ 19 މަގެއްގައި ތާރު އަޅަން ފަށައިފި

31 އޯގަސްޓް 2017

ހދ. ކުޅުދުއްފުށީގެ 19 މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން މިއަދު ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހދ. ކުޅުދުއްފުށީގެ 19 މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން މިއަދު ފަށައިފި އެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ކުޅުދުއްފުށީގެ މަގުތަކުގައި 5.6 ކިލޯ މީޓަރުގައި ތާރު އަޅާނެ އެވެ. އަދި މި މަސައްކަތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ. - ފޮޓޯ: އެމްއާރުޑީސީ

ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ. - ފޮޓޯ: އެމްއާރުޑީސީ

ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ ކުރިން ކާނުތައް ހެދުމާއި ކޭބަލާއި ހޮޅިތައް ވަނީ ވަޅުލައިފަ އެވެ. އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއަށް 54 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރެ އެވެ.

އެމްއާރުޑީސީން ބުނި ގޮތުގައި ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ އިޖުތިމާއީ ގިނަ ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމެކެވެ. އެއީ ވަރަށް ގިނަ ވެހިކަލްތައް ދުއްވާ ރަށެއް ކަމަށް ވުމުން، މަގުތައް ހެދުމުން ވެހިކަލް ދުއްވުމުގައި ފަސޭހަތަކެއް ވާނެ ކަމަށް އެމްއާރުޑީސީން ބުންޏެވެ.

އެމްއާރުޑީސީން އަންނަނީ ރާއްޖޭގެ ގިނަ ރަށްރަށުގައި މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ އާދިއްތަ ދުވަހު އެ ކުންފުނިން ވަނީ ހަނިމާދޫގެ މަގުތަކުގައި ތާރު އަޅަން ފަށައިފަ އެވެ.

އެމްއާރުޑީސީން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ ރަށްރަށުގެ މަގު ހެދުމެވެ. އެގޮތުން މިހާރުވެސް 10 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. އެ ކުންފުނިން ކުރިއަށް ގެންދާ ގިނަ މަޝްރޫއުތައް މި އަހަރު ކުރިން ނިމޭނެ ކަމަށް ބުނެފައިވެ އެވެ.