Roadha Mihaaru
ކައުންސިލްތަކުން އިސްކަންދޭންވީ އިންވެސްޓްކުރަން: އަމީރު

ކައުންސިލްތަކުން އިސްކަންދޭންވީ އިންވެސްޓްކުރަން: އަމީރު

15 ޖެނުއަރީ 2020

ލޯކަލް ކައުންސިލްތަކަށް ދީފައިވާ ބަޖެޓުން ހަރަދު ކުރުމުގައި އިސްކަންދޭންވީ ރިކަރެންޓް ހަރަދުތަކުގެ ބަދަލުގައި އިގުތިސާދު ފުޅާކުރުމަށް އިންވެސްޓްކުރަން ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލޯކަލް ކައުންސިލްތަކަށް ދީފައިވާ ބަޖެޓުން ހަރަދު ކުރުމުގައި އިސްކަންދޭންވީ ރިކަރެންޓް ހަރަދުތަކުގެ ބަދަލުގައި އިގުތިސާދު ފުޅާކުރުމަށް އިންވެސްޓްކުރަން ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ކުޅުދުއްފުށީގައިި މިއަދު ފެށި "ތިލަދުންމަތީ އިރުވައި ކޮންފަރެންސް"ގައި އަމީރު ވިދާޅުވީ ކައުންސިލްތަކުން ބަޖެޓް ހަދާ އިރު އިގުތިސާދު ފުޅާކުރަން ހިންގާނެ ހަރަކާތްތައް ހިމަނަން އިސްކަން ދޭން ޖެހޭ ކަމަށެވެ.

"ކައުންސިލްތަކުން އަޅުގަނޑުމެން ބަޖެޓް ހުށަހެޅުމުގައި ބަޖެޓް ހެދުމުގައި މިލިބޭ ބޮޑު ގްރާންޓުން، ހުށަހެޅުމުގައި ވެސް ބަލަން އެބަ ޖެހޭ އިގުތިސާދު ފުޅާކުރުމަށް ހިންގަން ބޭނުންވާ ހަރަކާތްތައް ބަޖެޓްގައި ހިމަނައިގެން ބަޖެޓް ހުށަހެޅުމަށް އަހަންމިއްޔަަތުކަން އެބަ ދޭން ޖެހޭ،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަހަރު ހިންގާ ތަރައްގީގެ 900 މަޝްރޫއުގެ ތެރެއިން 700 މަޝްރޫއު ހިންގަން ކަނޑައަޅާފައި ވަނީ ކައުންސިލްތައް މެދުވެރިކޮށްގެން ކަމަށް ވާތީ، އެ މަޝްރޫއުތަކަށް މީހުން ބިނާކުރުމަކީ ކައުންސިލްތަކުގެ ވެސް ޒިންމާއެއް ކަމަށެވެ.

އެމްޑީޕީން ކުޅުދުއްފުށީގައިި މިއަދު ފެށި "ތިލަދުންމަތީ އިރުވައި ކޮންފަރެންސް"

އެމްޑީޕީން ކުޅުދުއްފުށީގައިި މިއަދު ފެށި "ތިލަދުންމަތީ އިރުވައި ކޮންފަރެންސް"

"އޭގެ މާނަ އަކީ ކޮންމެ ޕްރޮޖެކްޓެއްގެ އިންޖިނޭރަކު، ކޮންމެ ޕްރޮޖެކްޓެއްގެ ސާވޭޔަރެއް، ކޮންމެ ޕްރޮޖެކްޓެއްގެ ޓެކްނިކަލް އެކިއެކި މަސައްކަތްތައް ކުރާނެ މީހުން އުފެދިގެން ދާނެ. އެހެންވީމާ ކައުންސިލްތަކުގެ ވެސް ޒިންމާއަކަށް އެބަވޭ މިކަންތައްތައް ފަހިކުރުމަށް ޓަކައި ބަޖެޓްގެ ތެރެއިން ކެޕޭސިޓީ ބިލްޑިންއާ ޓްރޭނިންގެ މަސައްކަތްތައް ކުރުމަށް ޓަކައި ބަޖެޓްކުރުން،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ދައުލަތަށް މިއަހަރު ލިބޭ ހިލޭ އެހީގެ ތެރެއިން 1.6 ބިލިޔަން ރުފިޔާ ރަށު ކައުންސިލްތަކަށް ހާއްސަކޮށްފައިވާ ކަަމަށާއި އެހެންވީމާ މީގެ ކުރީ ދެ އަހަރާ އަޅާ ބަލާއިރު ރަށު ކައުންސިލްތަކުގެ ބަޖެޓް 160.8 ޕަސެންޓް އިތުރުވާނެ ކަމަށެވެ. އަތޮޅު ކައުންސިލްގެ ތަކުގެ ބަޖެޓްް 38.5 ޕަސެންޓަށް އަދި ސިޓީ ކައުންސިލްތަކުގެ ބަޖެޓް 400 ޕަސެންޓް މިއަހަރު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި މިއަދު ފެށި ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީ އަށް ނިސްބަތްވާ މިނިސްޓަރުންނާއި ރައްޔިތުުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަަވަ އެވެ.