Roadha Mihaaru
ޕްރޮޖެކްޓްތައް ލަސްވާ ނަމަ މުވައްޒަފުން ވަކިކުރަނީ

ސަރުކާރުގެ މަޝްރޫއުތައް ލަސްވާ ނަމަ މެނޭޖުކުރާ މުވައްޒަފުން ވަކިކުރާނަން: އަމީރު

04 އޮކްޓޯބަރ 2021

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ލަސްވާ ނަމަ އެކަން މެނޭޖުކުރަން ހަވާލުކުރާ މީހުން މަސްއޫލިއްޔަތުން ދުރުކޮށް، އާ ބަޔަކު އެ މަޝްރޫއަކަށް ހޯދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ލަސްވާ ނަމަ އެކަން މެނޭޖުކުރަން ހަވާލުކުރާ މީހުން މަސްއޫލިއްޔަތުން ދުރުކޮށް، އާ ބަޔަކު އެ މަޝްރޫއަކަށް ހޯދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު" ނިންމުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ކަނޑައަޅާ ޓައިމްލައިންތަކާ އެއްގޮތަށް މަޝްރޫއުތައް ނިންމަން ޖެހޭ ކަމަށެވެ. އެ ކަން އެ ގޮތަށް ނުވާ ނަމަ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް (ޕީއެމްޔޫ) ގައި ތިބޭ މުވައްޒަފުން ވަކިކޮށް، އާ މުވައްޒަފުންނާ އެ ޕްރޮޖެކްޓެއް ހިންގަން ހަވާލު ކުރާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

"މި ބަދަލު ނުގެނެސްފި ނަމަ ޕްރޮޖެކްޓް ހިންގަން ހަވާލުކުރާ މީހުންނަށް އެ ކަމުގެ މުހިއްމު ކަމެއް ނުވިސްނޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވިގޮތުގައި، ޕްރޮޖެކްޓެއް ލަސްވެ، ޕްރޮޖެކްޓް ހިންގުމުގައި އުޅޭ މީހުންނަށް ފިޔަވަޅެއް ނާޅާ ނަމަ އެ މީހުން ކޮންމެ މަހެއްގެ މުސާރަ ނަގައިގެން އެގޮތުގައި ތިބޭނީ އެވެ.

ވޯލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު" ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. މިނިސްޓަރު އަމީރާއި ކަންޓްރީ މެނޭޖާ ކިޔޯ ކަންޑާ ވާހަކަދައްކަވަނީ--ފޮޓޯ:ފަޔާޒް މޫސާ/ މިހާރު

ވޯލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު" ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. މިނިސްޓަރު އަމީރާއި ކަންޓްރީ މެނޭޖާ ކިޔޯ ކަންޑާ ވާހަކަދައްކަވަނީ--ފޮޓޯ:ފަޔާޒް މޫސާ/ މިހާރު

ސަރުކާރުގެ މަޝްރޫއުތައް ހިންގާއިރު، މިހާރަށް ވުރެ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދަން ހާއްސަ އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕްރޮޖެކްޓްތައް ހިންގުމުގައި ވޯލްޑް ބޭންކްގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

ދެ އަހަރުގެ ތެރޭގައި ޕްރޮޖެކްޓްތައް ދެ ގުނަ އަށް އިތުރުވެއްޖެ

ރާއްޖެ އާއި ސްރީ ލަންކާ އަށް ވޯލްޑް ބޭންކުން ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ކިޔޯ ކަންޑާ މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތައް ދެ ގުނަ އިތުރު ކޮށްފައިވާ ކަމަށެވެ.

ވޯލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު" ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީރާއި ވޯލްޑް ބޭންކްގެ މި ސަރަހައްދުގެ ކަންޓްރީ ޑައިރެކްޓާ ފާރިސް ހަދާދް ޒާވޯސް--ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އޭނާ ވިދާޅުވީިގޮތުގައި، ކޮވިޑާ ގުޅިގެން ރާއްޖެ އަށް ދޭ މާލީ އެހީ ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އަދި ވިދާޅުވީ ކޮންމެ އަހަރު ވޯލްޑް ބޭންކުން ހަ މިލިއަން ޑޮލަރު ދޫކުރަމުން އައި ނަމަވެސް މިހާރު އެ އަދަދު އަހަރަކަށް 40 މިލިއަން ޑޮލަރު ދޫކުރަން ފަށާފައިވާ ކަމަށެވެ.

"ރާއްޖޭގައި ހިންގާ ގިނަ ޕްރޮޖެކްޓްތައް ހިނގާ ގޮތާ މެދު ހިތްހަމަޖެހޭ. އަދި މިހާރަށް ވުރެ ވެސް ރަނގަޅަށް ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.