16 ޖެނުއަރީ 2020
އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުގެ ތެރެއިން، އެ އެހީތެރިކަން އެންމެ ރަަނގަޅަށް ބޭނުންކުރާ އެއް ގައުމަކީ ރާއްޖެ ކަމަށް އެ ޖަމާއަތުގެ ޑިރެކްޓާ ޖެނެރަލް ޑރ.އަބްދުލް ހާމިދު އަލް ޚަލީފާ މިއަދު ވިދާޅުވެއްޖެ އެވެ.
އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުގެ ތެރެއިން، އެ އެހީތެރިކަން އެންމެ ރަަނގަޅަށް ބޭނުންކުރާ އެއް ގައުމަކީ ރާއްޖެ ކަމަށް އެ ޖަމާއަތުގެ ޑިރެކްޓާ ޖެނެރަލް ޑރ.އަބްދުލް ހާމިދު އަލް ޚަލީފާ މިއަދު ވިދާޅުވެއްޖެ އެވެ.
އޯޕެކް ފަންޑުން ރާއްޖެ އަށް ދިން 50 މިލިޔަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަބްދުލް ހާމިދު ވިދާޅުވީ ރާއްޖެ އަށް މާލީ އެހީތެރިކަން ދިނުމުން، އެ އެހީތެރިކަމުގެ ބޭނުންކޮށްގެން ހިންގާ މަޝްރޫއުތައް ވަރަށް އަވަހަށް ފަށާ ކަމަށާއި އެހެން ބައެއް ގައުމުތަކުގައި އެގޮތަށް ކަންތައް ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ބައެެއް ގައުމުތަކަށް ފައިސާ ހަމަޖައްސާތާ އެތައް ދުވަހެއް ވާއިރު ވެސް މަޝްރޫއުތައް ނުފެށޭ ކަމަށެވެ.
"އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން 130 އަށް ވުރެ ގިނަ ގައުމާ އެކީ، އޭގެ ތެރެއިން ދިވެހި ރާއްޖެ އަކީ އެންމެ ރަނގަޅަށް މަސައްކަތް ކުރާ އެއް ގައުމު ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ. [މަޝްރޫއުތައް]ހިންގާ އެޖެންސީތަކަށް ބަލާ އިރު ރާއްޖެއަކީ އެންމެ ރަނގަޅު އެއް ގައުމު. އެއީ މިފަދަ އެގްރިމެންޓްތަކުގައި ސޮއިކުރުމާ އެކީ އަމަލީ މަސައްކަތްތައް [ރާއްޖޭން]ފަށާ. މިއީ އެހެން ބައެއް ގައުމުތަކާ ތަފާތު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ހާމިދު ވިދާޅުވީ މަޝްރޫއުތައް ތަންފީޒުކުރުމުގައި ރާއްޖޭގެ އިދާރާތަކުން ކުރަމުން އަންނަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކަަމަށެވެ. އޯޕެކް ފަންޑުން ރާއްޖެ އަށް މާލީ އެހީތެރިކަން ދޭން ފެށީ 1976 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖޭގެ 23 މަޝްރޫއަކަށް އެ ޖަމާއަތުން އެހީތެރިވެފައިވެ އެވެ.
ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ދާދި ފަހުން ނިމިފައިވާ އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އައުޓާ އައިލެންޑް ވޯޓާ އެންޑް ސުވަރޭޖް ފެސިލިޓީގެ މަސައްކަތަކީ އޯޕެކް ފަންޑުގެ އެހީގައި ހިންގުނު ފާހަގަކޮށްލެވޭ ދެ މަޝްރޫއު ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމަށް ހިންގަމުން އަންނަ މަޝްރޫއަށް އޯޕެކް ފަންޑުން ވަރަށް ދީލަތިކަމާ އެކު އެހީތެރިވެދީފައިވާ ކަމަށާއި އެއާޕޯޓް ބޮޑުކުރުމަށް ކުރި ހުރިހާ މަޝްރޫއެއްގައި އެ ފަންޑުގެ އެހީތެރިކަން ލިބުނުކަން ފާހަގަ ކުރައްވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިގުތިސާދީ ކުރިއެރުން ހޯދައި ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކޮށް، މުސްތަގުބަލު އުޖާލާ ކުރުމަށް ހިންގާ ތަރައްގީގެ މަޝްރޫއުތަކުގައި ރާއްޖެ އަށް މެދު ނުކެނޑި ދެމުން އަންނަ އެހީތެރިކަމަށް ޓަކައި މިފުރުސަތުގައި ޝުކުރު ދަންނަވަން،" އަމީރު ވިދާޅުވި އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އޯޕެކުން ރާއްޖެއަށް ދޭ 50 މިލިއަން ޑޮލަރުގެ ލޯނަކީ ހަތަރު ޕަސެންޓްގެ އިންޓަރެސްޓާ އެކު 20 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް ދޭ ލޯނެކެވެ. ލޯނު ދައްކަން ފަށަން ޖެހޭނީ ފަސް އަހަރު ފަހުންނެވެ.
އޯޕެކް ފަންޑުން ދޭ އެލޯނުގެ ފައިސާ ހަރަދު ކުރާނީ 8 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމަށާއި ފަސް ރަށެއްގެ ބަނދަރު ހެދުމާއި މަރާމާތު ކުރުމަށެވެ.
އެގޮތުން ފެނާއި ނަރުދަމާ އަޅާނީ ހދ. ނެއްލައިދޫ، ނޭކުރެންދޫ، މަކުނުދޫ، ށ. ފޭދޫ، ބ. ކެންދޫ، ދަރަވަންދޫ، ގދ. ވާދޫ އަދި އެ އަތޮޅު ފިޔޯރީގަ އެވެ. ބަނދަރު މަރާމާތު ކުރަން ހަމަޖެހިފައި ވަނީ ބ. ކުޑަރިކިލު، ދޮންފަނު، ކިހާދޫ، ގއ. ކޮލަމާފުށި އަދި ގދ. ހޯޑެއްދޫގަ އެވެ.
އަމީރު ވިދާޅުވީ އެ މަޝްރޫއުގެ ފައިދާ 20،000 އަށް ވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ލޯނު ބޭނުންކުރަނީ މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ މަޝްރޫއުތަކަކަށް ކަމަށާއި އެ މަސައްކަތްތައް ބީލަމަށް ހުޅުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވަނީ ޓެންޑަރިން ޕްރޮސެސް ފަށާފައި. އެއީ މި ހުރިހާ ކަމެއް ވެސް މިއީ ބަޖެޓްގައި ހިމަނާފައި ހުރި ކަންތައްތައް ވީމާ. އަޅުގަނޑުުމެން ތިބީ ލޯނު ލިބެންދެން. އެހެންވީމާ މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ލޯނުތައް ނުދެއްކިދާނެ ކަމުގެ ބިރެއް ނެތް: އަމީރު
"އިންޑިއާއިން އެއް ބިލިއަން ޑޮލަރުގެ އެހީ ލިބިއްޖެ"
މަޝްރޫއުތައް ހިންގަން 8.4 ބިލިއަން ރުފިޔާގެ ބަޖެޓެއް
ގުޅިފަޅު އިތުރަށް ހިއްކަން 1.6 ބިލިއަންގެ ލޯނެއް
ދެން ބިޑް ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް
ޕްރޮޖެކްޓްތައް ލަސްވާ ނަމަ މުވައްޒަފުން ވަކިކުރަނީ
އެޗްޑީސީގެ 295 މިލިއަނުގެ ލޯނަކަށް ސަރުކާރު ގެރެންޓީ
"އެހީ ބޭނުންވާއިރު ޖަޕާނަކީ އެންމެގާތް އެއް ގައުމު"
ލޯނުން މަޝްރޫއު ހިންގަނީ ހާލަތު ބަދަލުކުރަން: އަމީރު
މިދިޔަ އަހަރު 8 ބިލިއަން ރުފިޔާގެ ލޯނު ނެގި