31 އޮކްޓޯބަރ 2022
ސަރުކާރުން އަންނަ އަހަރު ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް 8.4 ބިލިއަން ރުފިޔާ ހަރަދު ކުރަން އެ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅައިފި އެވެ.
ސަރުކާރުން އަންނަ އަހަރު ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް 8.4 ބިލިއަން ރުފިޔާ ހަރަދު ކުރަން އެ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅައިފި އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ 42.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފޮނުވައިފަ އެވެ. އޭގެ 19.7 ޕަސެންޓް ހަރަދު ކުރަން ނިންމާފައި ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި މުޅިން އަލަށް ފަށާ 204 މަޝްރޫއަކަށް 483.7 މިލިއަން ރުފިޔާ ހޭދަ ކުރަން ވަނީ ހިމަނައިފަ އެވެ. ޓެންޑަރިން މަރުހަލާގައިވާ 311 މަޝްރޫއަކަށް 527.5 މިލިއަން ރުފިޔާ އަދި ޕްރީ ޓެންޑަރިން މަރުހަލާގައިވާ 479 މަޝްރޫއަކަށް 1.2 ބިލިއަން ރުފިޔާ ހޭދަ ކުރަން ވެސް ވަނީ ހިމަނައިފަ އެވެ.
މިހާރު ހިނގަމުން އަންނަ 1211 މަޝްރޫއަކަށް 5.5 ބިލިއަން ރުފިޔާ ހޭދަ ކުރުމަށާއި ނިމިފައިވާ 113 މަޝްރޫއެއްގެ ރިޓެންޝަން ފައިސާ އަށް ވާ 77.3 މިލިއަން ރުފިޔާ ވެސް ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.
ޕީއެސްއައިޕީގެ 28.9 ޕަސެންޓު ހަރަދު ކުރަނީ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށެވެ.
އޭގެ ތެރޭގައި މާލެ-ތިލަފުށި ބްރިޖު އެޅުމުގެ މަޝްރޫއާ ގއ. ވިލިނގިލި-ކޫއްޑޫ ބްރިޖުގެ ސްޓަޑީއެއް ހެދުމާއި މަސައްކަތް ފެށުމަށް ވެސް ވަނީ ބަޖެޓު ކަނޑައަޅައިފަ އެވެ. ނ. މާފަރު ހދ. ހަނިމާދޫ އަދި އައްޑޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނެ އެވެ.
2023 ގެ ދައުލަތުގެ ބަޖެޓް ފޮތް--ފޮޓޯ: މަޖިލިސް
ހުޅުމާލެ އާއި ރަށްރަށުގައި ހައުސިން ޔުނިޓު އަޅަން 285.9 މިލިއަން ރުފިޔާ
ކުނި ނައްތާލުމުގެ މަޝްރޫއުތަކަށް 630.2 މިލިއަން ރުފިޔާ
މިހާރު ކުރިޔަށް ދާ އަދި އަލަށް ފަށާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 567.2 މިލިއަން ރުފިޔާ
ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރަން 724.9 މިލިއަން ރުފިޔާ
ގުޅިފަޅާއި އައްޑޫ ބިން ހިއްކަން 463.4 މިލިއަން ރުފިޔާ
ޕީއެސްއައިޕީ އަށް ކަނޑައަޅާފައިވާ 8.4 ބިލިއަން ރުފިޔާގެ ތެރެއިން 3.1 ބިލިއަން ރުފިޔާ އަކީ ޑޮމެސްޓިކް ބަޖެޓުން ކުރާ ހަރަދެވެ. އަދި ބޭރު ފަރާތްތަކުން ނަގާ ލޯނުން 4.1 ބިލިއަން ރުފިޔާ އަދި ބޭރުގެ ހިލޭ އެހީ އިން 713 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން 439.5 މިލިއަން ރުފިޔާ ހަރަދު ކުރަނީ ގްރީން ފަންޑުންނެވެ.
ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހުގައި ވިދާޅުވީ އަންނަ އަހަރަކީ މި ސަރުކާރުގެ މި ދައުރުގެ އެންމެ ފަހު އަހަރު ކަމަށް ވާތީ، ރައީސްގެ ވައުދުފުޅު ފުއްދުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާ ބަޖެޓެއް ކަމަށެވެ.
"ފަތުރުވެރިކަން މުޅި ރާއްޖެ އަށް ފުޅާކުރުމަށް، ރާއްޖޭގެ ކަންކޮޅުތަކުގައި އެއާޕޯޓްތައް ތަރައްގީކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އިތުރުން، ހަނިމާދޫ އަދި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ މެދުރާއްޖޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަމަށް ފަހިކަން ގެނުވާނެ އާބޮޅުތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ އިގުތިސާދުގެ ސަޕްލައި-ސައިޑް އެއްކޮށް ބަދަލުކޮށްލާނެ މަޝްރޫއުތަކެއް." މިނިސްޓަރު ވިދާޅުވީ އެކިރަށްތަކުގައި ވައިގެ ބަނދަރުތައް ތަރައްގީކުރުމުގެ މަސައްކަތްތައް ހިނގަމުން އަންނަ ކަމަށެވެ.
"ބަޖެޓަށް ލުއިކުރުމަށްޓަކައި، ކްރޮސް ސަބްސިޑީ އުސޫލުން މިހާރު ވެސް، ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
"އިގުތިސާދީ ހަރަކާތްތައް އިތުރުކޮށް ހުއްޓުމެއްނެތި ހިންގުން މުހިންމު. ގުޅީފަޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޕޯޓާއި، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތްތައް މިވަނީ ފެށިފައި. މި މަޝްރޫއުތަކަކީ އިގުތިސާދީ ވިލުންވެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ބިންގަލެއް."
ސަޕްލިމަންޓްރީ ބަޖެޓު ފޮނުވީ ކުރިންވެސް ފޮނުވާ ގޮތަށް
ސަޕްލިމެންޓްރީ ބަޖެޓަށް މަދުވާ މައުލޫމާތު ދޭން އެދެފި
"ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓު ގާނޫނާ ހިލާފު"
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ފަހު އަހަރުގެ ބަޖެޓުގައި އޮތީ ވައުދު ފުއްދުން: އަމީރު
1 ބިލިއަންގެ 42 މަޝްރޫއު ވަނީ ނިމިފައި: އަމީރު
ދެ ދުވަހުން ސަޕްލިމަންޓްރީ ބަޖެޓު ނިންމަނީ
ޑިމޮކްރެޓުންގެ ހަޅޭކުގެ ތެރޭ ދެ ބަޖެޓު ހުށަހަޅައިފި
އަމީރު ބަލިވެ، މަޖިލީހަށް ނުދެވޭނެ ކަން އަންގައިފި
ދެ ބަޖެޓު ހުށަހަޅަން މާދަމާ އިތުރު ޖަލްސާއެއް