25 އޮކްޓޯބަރ 2023
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅީ މީގެ ކުރީ އަހަރުތަކުގައި ވެސް ހުށަހެޅި ގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅީ މީގެ ކުރީ އަހަރުތަކުގައި ވެސް ހުށަހެޅި ގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބަޖެޓަށް އިތުރު 6.5 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދަށް 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 3.3 ބިލިއަން ރުފިޔާ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަޕްލިމަންޓްރީ ބަޖެޓު ފޮނުވި އިރު، ކަމާގުޅޭ ގާނޫނުތަކުގައި ބަޔާންކުރާ ބައެއް ތަފްސީލުތައް ނުފޮނުވާ ކަމަށް ބުނެ، އެ ހުރިހާ މައުލޫމާތެއް ހިމަނައިގެން އަލުން ފޮނުވަން މަޖިލީހުގެ އިދާރާއިން ވަނީ ފިނޭންސަށް އަންގައިފަ އެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ މި ފަހަރު ސަޕްލިމަންޓްރީ ބަޖެޓު ފޮނުވީ، މީގެކުރިން ވެސް ފޮނުވި ސަޕްލިމަންޓްރީ ބަޖެޓުގައި ހިމެނި ހުރިހާ މައުލޫމާތެއް ހިމަނާފައި ކަމަށެވެ.
އެހެންކަމުން، މި ފަހަރު މައުލޫމާތު މަދުވީ ކީއްވެ ކަމެއް ސާފު ނުވާ ކަމަށް ބުންޏެވެ. ނަމަވެސް، މަޖިލީހުން އެދުނު ހުރިހާ މައުލޫމާތެއް ހިމަނައި، ސަޕްލިމަންޓްރީ ބަޖެޓު މިއަދުގެ ވަގުތެއްގައި އަލުން މަޖިލީހަށް ފޮނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި ގާނޫނުތަކުގައި ބަޔާންކުރާ މައުލޫމާތުތައް ނުހިމެނޭ ކަން މަޖިލީހުގެ އިދާރާގެ ސަމާލުކަމަށް ގެނައީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސް އިންނެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓްރީ ބަޖެޓު ފޮނުވި އިރު، މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ގޮތަށް މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދު ފަދަ މާލީ މައުލޫމާތުތައް ހިމަނާފައި ނުވާ ކަމަށެވެ.
މި އަހަރު މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓުން ހަރަދު ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށްތޯ ކަށަވަރު ކުރުމަށްޓަކައި، ސަޕްލިމެންޓްރީ ބަޖެޓު ތައްޔާރުކުރުމާ ހަމައަށް، ބަޖެޓުން ކުރި ހަރަދުތަކުގެ ތަފްސީލު ހިމެނުން މަޖިލީހުގެ މަސްއޫލިއްޔަތު ޒިންމާދާރުކަމާ އެކު، އަދާކުރުމަށް މުހިންމެވެ.
އެ އިން އެއްވެސް މައުލޫމާތެއް ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައި ނުވާތީ، މިހާރު ފޮނުވާފައިވާ އެ ބަޖެޓު ގާނޫނުތަކާ ހިލާފު ކަމަށް އެ ސިޓީގައި އާޒިމް ވިދާޅުވި އެވެ.
ސަޕްލިމެންޓްރީ ބަޖެޓް ފުރިހަމަ ނޫން ކަމަށް އަންގާފައިވާ އިރު، އެ ބަޖެޓު ހުށަހެޅުން އިއްޔެގެ ޖަލްސާއަށް އެޖެންޑާ ވެސް ކުރި އެވެ. ނަމަވެސް، ކޯރަމް ހަމަނުވެގެން ޖަލްސާ ކެންސަލް ކުރުމުން، ސަޕްލިމަންޓްރީ ބަޖެޓް، މަޖިލިހުގެ ތަޅުމަށް އިއްޔެ ހުށަހެެއް ނޭޅުނެވެ. މިއަދުގެ ޖަލްސާ އަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުން އެޖެންޑާ ނުކުރާތީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ރޭ ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
މި އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އިރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެސް މި މަސް ނިމުމުގެ ކުރިން ސަރުކާރުން މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓަށް މަދުވާ މައުލޫމާތު ދޭން އެދެފި
"ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓު ގާނޫނާ ހިލާފު"
ދެ ދުވަހުން ސަޕްލިމަންޓްރީ ބަޖެޓު ނިންމަނީ
ޑިމޮކްރެޓުންގެ ހަޅޭކުގެ ތެރޭ ދެ ބަޖެޓު ހުށަހަޅައިފި
އަމީރު ބަލިވެ، މަޖިލީހަށް ނުދެވޭނެ ކަން އަންގައިފި
ދެ ބަޖެޓު ހުށަހަޅަން މާދަމާ އިތުރު ޖަލްސާއެއް
ބަޖެޓަށް 6.5 ބިލިއަން އިތުރުކުރަން މަޖިލީހަށް
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ފަހު އަހަރުގެ ބަޖެޓުގައި އޮތީ ވައުދު ފުއްދުން: އަމީރު
މަޝްރޫއުތައް ހިންގަން 8.4 ބިލިއަން ރުފިޔާގެ ބަޖެޓެއް