Roadha Mihaaru
"އިންޑިއާއިން އެއް ބިލިއަން ޑޮލަރުގެ އެހީ ލިބިއްޖެ"

އިންޑިއާއިން އެއް ބިލިއަން ޑޮލަރުގެ އެހީ ލިބިއްޖެ: އަމީރު

29 ނޮވެމްބަރ 2022

ވޭތުވެދިޔަ ދުވަސްތަކުގައި އިންޑިއާއިން ރާއްޖެ އަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވޭތުވެދިޔަ ދުވަސްތަކުގައި އިންޑިއާއިން ރާއްޖެ އަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، މިވަގުތު ރާއްޖޭގައި ހިންގާ އެންމެ ބިޔަ އުމްރާނީ ޕްރޮޖެކްޓްތަކަކީ އިންޑިޔާގެ ލޯނާއި އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއުތައް ކަމަށެވެ. އޭގެ ތެރޭގައި މާލޭ އާއި ވިލިމާލެ އާ ދެމެދު އަޅާ ބްރިޖާއި ގުޅިފަޅުގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް ޕޯޓާއި ލ. ގަމުގައި ހަދާ ކެންސަރު ހޮސްޕިޓަލާއި ސ. ގަމާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުން ހިމެނެ އެވެ.

"އިންޑިއާއިން އަންނަނީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރަމުން. އަދި ކުރިއަށް އޮތްތަނުގައި ވެސް ދެ ގައުމުގެ ގުޅުން އިތުުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާ ރާއްޖެއިން ކުރިމަތިލަނީ އިންޑިއާގެ ބޮޑު އެހީތެރިކަމަކާ އެކު ކަމަށެވެ. ސަރުކާރުން މިއަދު ވަނީ އިންޑިއާގެ އެސްބީއައި ބޭންކަށް ޓީބިލްގެ ގޮތުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވިއްކައިފަ އެވެ. އެ ފައިސާ ހޯދީ މި އަހަރުގެ ބަޖެޓަށް ބޭނުންވާ ހަރަދުތައް ހަމަޖެއްސުމަށެވެ.

އަމީރު ވިދާޅުވީ އިންޑިއާއިން ލިބުނު 1.5 ބިލިއަން ރުފިޔާއާ އެކު މި އަހަރުގެ ބަޖެޓަށް ބޭނުންވި ފައިނޭންސްގެ 95 ޕަސެންޓް ހަމަޖެއްސިފައިވާ ކަމަށެވެ. މި އަހަރުގެ ބަޖެޓަށް 17 ބިލިއަން ރުފިޔާގެ ފައިނޭންސް ހޯދި ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ކުރިން މި އަހަރު ބޭރުގެ މާކެޓަށް ބޮންޑު އިޝޫ ކުރަން ނިންމި ނަމަވެސް ދުނިޔޭގެ އިގްތިސާދީ ހީނަރުކަމާ ގުޅިގެން ބޭރުގެ ކެޕިޓަލް މާކެޓު އޮތީ އެފަދަ ތަނަވަސް ހާލަތެއްގައި ނޫން ކަމަށެވެ.