23 ޖުލައި 2019
މިދިޔަ ހަ މަސް ދުވަހު ދައުލަތުން ނެގި ލޯނުތަކަށް 597 މިލިއަން ރުފިޔާ ދައްކައިފި އެވެ.
މިދިޔަ ހަ މަސް ދުވަހު ދައުލަތުން ނެގި ލޯނުތަކަށް 597 މިލިއަން ރުފިޔާ ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ސަރުކާރުން ނަގާފައިވާ ލޯނުތަކަށް މި އަހަރު 2.8 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. މި އަހަރުގެ މިހާ ހިސާބަށް އައިއިރު ސަރުކާރަށް ދެއްކިފައި ވަނީ ކަނޑައެޅި އަދަދުގެ 20 ޕަސެންޓެވެ. މިދިޔަ އަހަރު ދައުލަތުން 2.1 ބިލިއަން ރުފިޔާ ދަރަނި ދެއްކުމަށް ހޭދަކޮށްފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތުގެ ދަރަނި 49 ބިލިއަނަށް ވަނީ އަރައިފަ އެވެ. އަދި ލޯނު ގެރެންޓީއާ އެކު ދައުލަތުގެ ދަރަނި 62.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 70 ޕަސެންޓްގަ އެވެ.
ދައުލަތުގެ ދަރަނި އަދާކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން "ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް" ތައާރަފްކޮށްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް އެފަންޑަށް 468 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދައުލަތުގެ ޖުމްލަ ދަރަނި (ގެރެންޓީދީފައިވާ ދަރަނި ހިމަނައިގެން) ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށް އެންމެ އެކަށީގެންވަނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 ޕަސެންޓެވެ. އެހެން ނަމަވެސް ރާއްޖޭގެ ދަރަނި މިވަނީ އުފެއްދުންތެރިކަމުގެ ނިސްބަތުން އެ އަދަދަށް ވުރެ މައްޗަށް އަރައިފަ އެވެ.
"އިންޑިއާއިން އެއް ބިލިއަން ޑޮލަރުގެ އެހީ ލިބިއްޖެ"
ގުޅިފަޅު އިތުރަށް ހިއްކަން 1.6 ބިލިއަންގެ ލޯނެއް
އެޗްޑީސީގެ 295 މިލިއަނުގެ ލޯނަކަށް ސަރުކާރު ގެރެންޓީ
"އެހީ ބޭނުންވާއިރު ޖަޕާނަކީ އެންމެގާތް އެއް ގައުމު"
މިދިޔަ އަހަރު 8 ބިލިއަން ރުފިޔާގެ ލޯނު ނެގި
މަޝްރޫއުތައް ހިންގުމުގައި ރާއްޖެއަކީ ނަމޫނާއެއް: އޯޕެކް
ލޯނު ގެރެންޓީ ދިނީ އެސްޓީއޯ އަށް އެކަނި: އަމީރު
ސަރުކާރުން މިހާރުވެސް 57 ލޯނަކަށް ފައިސާ ދައްކާ
ދަރަންޏާ ބެހޭ ގޮތުން މަޝްވަރާކުރަން ތައްޔާރު: ޗައިނާ
ޗާއިނާ އިން ނެގި ދަރަނީގެ މިންވަރު 21 ބިލިއަނަށް!