01 ފެބުރުއަރީ 2019
ރާއްޖެ އަށް ލޯނުތައް ދިނީ މާކެޓް ރޭޓަށް ވުރެ އަގު ހެޔޮކޮށް، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގަން ކަމަށާއި އެއާ ގުޅުން ހުރި ދަރަންޏާ މެދު މަޝްވަރާކުރަން ތައްޔާރު ކަމަށް ޗައިނާ އިން ބުނެފި އެވެ.
ރާއްޖެ އަށް ލޯނުތައް ދިނީ މާކެޓް ރޭޓަށް ވުރެ އަގު ހެޔޮކޮށް، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގަން ކަމަށާއި އެއާ ގުޅުން ހުރި ދަރަންޏާ މެދު މަޝްވަރާކުރަން ތައްޔާރު ކަމަށް ޗައިނާ އިން ބުނެފި އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން މިހެން ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އަށް ޗައިނާ އިން ދޫކޮށްފައިވާ ލޯނުތަކުގެ ދަރަނި ކުޑަކޮށް، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަން ޗައިނާ ސަރުކާރާ މަޝްވަރާކުރާނެ ކަމަށް ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް ވިދާޅުވުމުންނެވެ.
ފައިނޭންޝަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި އަމީރް ވިދާޅުވީ ޗައިނާ އިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަގު އެކަށީގެންވާ ވަރަށް ވުރެ މާ ބޮޑު ކަމަށާއި އެއީ ޕްރޮޖެކްޓްތައް ހޯދަން ކޮންޓްރެކްޓަރުންގެ ފަރާތުން ދީފައިވާ ރިޝްވަތުގެ ސަބަބުން ކަމަށެވެ.
"މިއީ ގަސްތުގައި ހިންގާފައިވާ ކޮރަޕްޝަން ... [ކުރީގެ ސަރުކާރަށް] އެނގޭ މި ކުރެވެނީ ކީއްކަން ވެސް، ކޮންޓްރެކްޓަރުންގެ ފަރާތުން ލިބުނުކަން ... ކޮންޓްރެކްޓްތަކުގެ އަގު އެހާ ބޮޑީ އެހެންވެ،" އަމީރް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް ކޮރަޕްޝަން ހިންގާފައިވަނީ ހަމައެކަނި ޗައިނާގެ ޕްރޮޖެކްޓްތަކަކު ނޫނެވެ.
އަމީރް ވިދާޅުވި ގޮތުގައި ކޮންޓްރެކްޓްތަކުގެ އަގު މާބޮޑުކޮށް ހުރި ކަމަށް ބެލެވޭތީ އެ ކަންކަމާ މަޝްވަރާކޮށް، ލޯނުތަކުގެ އިންޓަރެސްޓް ރޭޓާއި ފައިސާ ދެއްކުން ލުއި ގޮތަކަށް ބަދަލުކުރުމަށް ޗައިނާއާ މަޝްވަރާކުރާނެ އެވެ.
"މި ޕްރޮޖެކްޓްތައް މިގޮތަށް ކުރިއަށް ގެންދާނެ މާލީ ގާބިލްކަމެއް ރާއްޖެއަކު ނެތް. އެހެންވެ އެކަމާ މަޝްވަރާކުރުމަކީ ރާއްޖެ އަށް ކުރަންޖެހޭ ކަމެއް."
އަމީރްގެ ވާހަކައާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީން ފައިނޭންޝަލް ޓައިމްސް އަށް ބުނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް އެއްބާރުލުން ދިނުމާއި މަޝްވަރާކުރުމުގެ ތެރެއިން ދަރަންޏާ މެދު ވެސް މަޝްވަރާކުރާނެ ކަމަށެވެ.
"... ރާއްޖެ އާއި ޗައިނާއިން، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ ހާލަތު ބޭއްވުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ އެއްބަސްވެފައި،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެ ނޫހަށް ވިދާޅުވި އެވެ.
ދަރަންޏާ ބެހޭ ގޮތުން ކުރީގެ ރައީސް ޔާމީންގެ ބަހެއް ހޯދަން މަސައްކަތްކުރި ކަމަށާއި އެކަމަކު އެކަން ކާމިޔާބު ނުވި ކަމަށް ފައިނޭންޝަލް ޓައިމްސް އިން ބުންޏެވެ.
ރާއްޖޭން ޗައިނާ އަށް ދައްކަންޖެހޭ ދަރަނީގެ އަދަދު 600 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް، ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުގެ މިންވަރު 935 މިލިއަން ޑޮލަރަށް އަރާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.
ޔާމީންގެ ވެރިކަމުގައި ޗައިނާ އަށް ރާއްޖޭގެ އިގްތިސާދު މާބޮޑަށް ބަރޯސާކުރުމުން ނުރައްކާ ވެފައިވާ ކަމަށް ބުނެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"
ދަރަނި ރިސްޓްރަކްޗާކުރަން މަޖިލީހުން ސަރުކާރަށް ލަފާދީފި
ޗައިނާގެ ދަރަނި ސަސްޕެންޑްކުރި ގައުމުތަކުގެ ތެރޭ ރާއްޖެ
ސަރުކާރުން މިހާރުވެސް 57 ލޯނަކަށް ފައިސާ ދައްކާ
ޗައިނާގެ ލޯނުތައް ދެއްކުން ލުއިކޮށްދޭން ނިންމަވައިފި
މިދިޔަ އަހަރު 8 ލޯނަކަށް 6.2 ބިލިއަން ރުފިޔާ ނެގި
ގުޅިފަޅު އިތުރަށް ހިއްކަން 1.6 ބިލިއަންގެ ލޯނެއް
ހަތަރު އަހަރުގެ ތެރޭގައި 37 ބިލިިއަންގެ ލޯނު ނަގައިފި
އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް
ޕްރޮޖެކްޓްތައް ލަސްވާ ނަމަ މުވައްޒަފުން ވަކިކުރަނީ