ރާއްޖެ އިން ޗައިނާ އަށް ކުރިއަށް އޮތް ފަސް އަހަރު ދައްކަންޖެހޭ ލޯނުގެ އަދަދު ދެއްކުމުގައި ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިން ޗައިނާ އަށް ކުރިއަށް އޮތް ފަސް އަހަރު ދައްކަންޖެހޭ ލޯނުގެ އަދަދު ދެއްކުމުގައި ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ދެއްވި ސްޓޭޓްމަންޓުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖެ އިން ޗައިނާ އަށް ދައްކަންޖެހޭ ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވަން ޝީ ނިންމެވީ ދެ ގައުމުގެ ރަސްމީ ވާހަކަތަކުގެ ތެރޭގައި ކަމަށެވެ.
އެހެންވެ، އެ ކަން ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ޗައިނާގެ މާލީ ދާއިރާގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ފޮނުވަން ރައީސް ޝީ ނިންމެވި ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުއިތަކެއް ހަމަޖެހިގެން އެބަދޭ ލޯނުތައް ދެއްކުމުގައި ވެސް،" މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޗައިނާ އަށް ކުރެއްވި ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވެސް ޗައިނާ ސަރުކާރުން ރާއްޖެ އަށް ހަމަޖައްސައި ދިން ކަމަށެވެ. އެ ފައިސާ ހޭދަކުރާނީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިން ކަނޑައަޅާ ތަރައްގީގެ މަޝްރޫއުތަކަށެވެ.
"އޭގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ މާލޭގެ މަގުތައް ހެދުމަށް. އޭގެ އިތުރަށް ވެސް ގިނަ ކަންތައްތަކެއް އޭގެ ތެރެއިން ކަވަރު ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ރަސްމާލޭގައި 30،000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫއާ ގުޅޭ އެެމްއޯޔޫއެއް ގައި ވެސް ޗައިނާއާ އެކު ރާއްޖެ އިން ސޮއިކުރި އެވެ.
ދަތިތަކުން އަރައިގަތުމަށް ޝީ ދެއްވީ ޔަގީންްކަން!
ޗައިނާގެ ލޯނުތައް ފަސްކޮށްދޭނެ ކަމުގެ ސިގްނަލް ލިބިއްޖެ
ރައީސްގެ އުފަންދުވަހަށް ޗައިނާގެ ރައީސްގެ ސިޓީފުޅެއް
ރައީސް ޝީގެ ވާހަކަތައް އަޑު އިވުމުން ކަރުނަ ހިލޭވަރުވޭ
ރަަސްމާލޭގައި 30،000 ގެދޮރު އަޅަން ޗައިނާގެ އެހީ
ރާއްޖެ- ޗައިނާ 20 އެމްއޯޔޫއެއްގައި ސޮއިކޮށްފި
ޗައިނާއިން ރައީސް މުއިއްޒަށް ހޫނު މަރުހަބާއެއް
ޗައިނާގެ ބޮޑު އިތުބާރެއް ރައީސް ހޯއްދަވައިފި: ސައީދު
ރައީސް ބެެއިޖިން އަށް، މާދަމާ ޝީގެ ބައްދަލުވުން
ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް