12 ނޮވެމްބަރ 2017
ފުޅީގައި ފެން ބަންދުކުރާ ފެކްޓަރީއެއް، 30 މިލިއަން ރުފިޔާ ހޭދަކޮށްގެން، ހދ. ކުޅުދުއްފުށީގައި އެޅުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން މިއަދު ފަށައިފި އެވެ.
ފުޅީގައި ފެން ބަންދުކުރާ ފެކްޓަރީއެއް، 30 މިލިއަން ރުފިޔާ ހޭދަކޮށްގެން، ހދ. ކުޅުދުއްފުށީގައި އެޅުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން މިއަދު ފަށައިފި އެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހްކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަންނަ އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން ހަމަޖައްސާފައިވާ އެ ފެކްޓަރީގައި، މާލެ އަށް ވުރެ ދެ ގުނަ އިތުރަށް ފެން އުފައްދަން ވަނީ އަމާޒު ހިފައިފަ އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ދޯނިފަހަރުތަކުގައި މާލެ އިން ކުޅުދުއްފުއްޓަށް ފެން ގެންދިއުމުން އަގު ބޮޑުވާ ކަމަށެވެ. ކުޅުދުއްފުށީފައި ފެން ބަންދުކުރުމުގެ މަޝްރޫއެއް ސަރުކާރުން ފެށީ، ފުޅީގައި ބަންދުކުރި ފެން ވީހާވެސް އަގު ހެޔޮކޮށް އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ކަމަށް ވިދާޅުވި އެވެ.
"އަންނަ އަހަރުގެ ތެރޭގައި، ކުޅުދުއްފުށީ ކާރުޚާނާގައި ފެން އުފައްދަން ފެށުމުން ފެނުގެ އަގު ހެޔޮވެގެންދާނެ. އެއާ އެކު ވަޒީފާގެ ފުރުސަތުތައް ވެސް ތަނަވަސްވެގެންދާނެ،" ފަޒުލް ވިދާޅުވި އެވެ.
ފެން ބަންދުކުރާ ފެކްޓްރީ އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ފަޒުލް (ކ) އާއި ހައުސިން މިނިސްޓަރު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/އެމްޑަބްލިއުއެސްސީ
އޭނާ ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގައި ފުރަތަމަ އުފައްދާނީ 500 އެމްއެލް އާއި 330 އެމްއެލްގެ އިތުރުން 1.5 ލިޓަރުގެ ފުޅިތަކެވެ. އޭގެ ފަހުން، 5 ލީޓަރު ފެން ފުޅި ވެސް ބަންދުކޮށް ވިއްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ ކުޅުދުއްފުށީގެ ކާރުޚާނާ އިން ގަޑިއަކު 10،000 ފުޅި އުފައްދާނެ ކަމަށެވެ.
ކުޅުދުއްފުށީގެ ހުވަފެން މިއަދު ހަގީގަތަކަށްވާނެ:މުއިއްޒު
ތިން ރަށެއްގައި ބޯފެނާއި ނަރުދަމާ ގާއިމްކުރަނީ
ތާހިރުވުމުގެ ވައުދު ފުއްދައި ތަރައްގީގެ އިންގިލާބަށް
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
މި ވައުދުގެ މިސްރާބު 100 ޕަސެންޓާ ދިމާލުގައި!
އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކުރުން: ހިޔާލު ދެކަފި!
ނައިބު ރައީސް އުތުރުގެ ތިން ރަށަކަށް ފުރާވަޑައިގެންފި
"ހުވަފެންތައް ބޮޑު، ހާސިލްވާނީ ހެޔޮ ނިޔަތެއް އޮތީމާ"
އިސްކުރު ފެން ބުއިމަށް ރައީސް ބާރު އަޅުއްވައިފި
ޝަހީރު، އެސްޓީއޯ އިން އިސްތިއުފާ ދެއްވައިފި