29 ޑިސެމްބަރ 2021
ރިޔާސީ މި ދައުރު ވާނީ އެންމެ ތާހިރު ފަސް އަހަރަށެވެ. ދައުރު ނިމޭއިރު ރާއްޖޭގެ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ނުކުރެވޭ އެންމެ ރަށެއް ވެސް ނޯންނާނެ އެވެ؛
ރިޔާސީ މި ދައުރު ވާނީ އެންމެ ތާހިރު ފަސް އަހަރަށެވެ. ދައުރު ނިމޭއިރު ރާއްޖޭގެ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ނުކުރެވޭ އެންމެ ރަށެއް ވެސް ނޯންނާނެ އެވެ؛
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ އެ މަނިކުފާނުގެ މި ވައުދާ އެކު ފާޑުކިއުން އަމާޒުވި ކަމަށެވެ. އެތައް ވެރިކަމެއްގައި ރައްޔިތުންނަށް ނުފުއްދި އޮތް މި އަސާސީ ހިދުމަތްތައް މި ވެރިކަމުގައި ވެސް ހަގީގަތަކަށް ނުވާނެ ކަމަށް ބަލައި އެ ވައުދާ މެދު އިތުރަށް ވިސްނާލަން ނަސޭހަތާއި އިރުޝާދު ލިބިވަޑައިގަތް ކަމަށެވެ. އެކަމަކު ވެސް އެއީ ރައްޔިތުންނަށް ކޮށްދޭން ޖެހިފައި އޮތް ކަމެއްގެ ގޮތުގައި ދެކެވަޑައިގެން ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދޫ ނުދެއްވީ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިމަތިވި ގޮންޖެހުންތަކާ އެކު މިއަދު ވަނީ އެ ވައުދުގައި ހިތްހަމަޖެހިވަޑައިގަންނަވާ ހިސާބަށް އާދެވިފަ އެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި، މިހާރު މިތިބީ ގައިން ތާހިރުވެ ތިބެ ތަރައްގީގެ ވާހަކަ ދެއްކޭ ހިސާބުގަ އެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މި ވެރިކަމުގައި މިހާތަނަށް ހަވާލުނުކޮށް ހުރި 23 ރަށެއްގެ ފެނާއި 16 ރަށެއްގެ ނަރުދަމާ އެޅުން ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.
"މިއަދުގެ މިހަފްލާ އަށް ފަހު ދިވެހިރާއްޖެ ފުރޮޅި އިންގިލާބު ވެގެން އެދަނީ ތަރައްގީގެ މުޅިން އެހެން މަރުހަލާއަކަށް،" ރައީސް ވިދާޅުވި އެވެ.
"ސައިޒުން ކުޑަޔަސް ނުވަތަ ބޮޑަސް އަދި މީހުން މަދަސް ނޫނީ ގިނަޔަސް ސަރުކާރުން މިކަމުގައި އެއްވެސް ރަށެއް، ކުރި ފަރަގެއް، ތަފާތެއް، އިރާދަކުރެއްވިއްޔާ ނޯންނާނެ. އެހެންކަމުން މިއަދަށް ފަހު ފެނާ ނަރުދަމާގެ މަސައްކަތް ހަވާލު ނުކުރެވޭ މީހުން ދިރިއުޅޭ އެއްވެސް ރަށެއް ދިވެހިރާއްޖެއަކު ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް މިއަދު ވަނީ ކުންފުނިތަކާ ހަވާލުކޮށް ނިންމާފައި.
މި މަސައްކަތުގައި ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ކޮވިޑާ އެކު މުޅި ދުނިޔެ ހުއްޓުމެވެ. އެކަމަކު ކުރަން ޖެހިފައި އޮތް ކަމެއް ކޮވިޑުގެ ބަހަނާގައި ދޫކޮށްނުލައްވާ ކަމަަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށިއްޖެ ކަމަށް ވިދާޅުވާން ފަސޭހަޔަސް އެއީ ނުހަނު ބުރަ އުނދަގޫ ކަމެއް ކަމަށެވެ. މިކަމަށް ބޮޑު ހޭދައެއް ވެސް ކުރަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި މިހާތަނަށް އައި ހުރިހާ ސަރުކާރަކަށް ނިންމިފައި ވަނީ 69 ރަށުގެ ނަރުދަމާ އާއި 37 ރަށެއްގެ ފެނުގެ ނިޒާމްކަން ރައީސް ފާހަގަކުރެއްވި އެވެ.
"އެ ހުރިހާ ސަރުކާރުތަކަށާއި ވެރިންނަށް މިއަދު އަޅުގަނޑު އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. ސަބަބަކީ އެ ބޭފުޅުން އެކަން ކުރައްވާފައިނުވި ނަމަ ބާކީ މުޅިރާއްޖެ އެކުއެކީ އެއްފަހަރާ ނިންމާލުމަށް ކޮންމެވެސް ވަރެއްގެ އިތުރު ތަކުލީފެއް އަޅުގަނޑުމެން އުފުލާން ޖެހުނީސް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސުމަކުން ފަށަން ޖެހުނު ނަމަވެސް ހުރިހާ ރަށެއްގައި މި އަސާސީ ހިދުމަތް ފެށުމަކީ އެމަނިކުފާނު ދޫކޮށްލައްވާނެ ކަމެއް ނޫނެވެ.
"ސަބަބަކީ ހަމަ ހަގީގަތުގައިވެސް ތަރައްގީގެ ވާހަކަ ދައްކަން ފަށަން ޖެހޭނީ ގައިން ތާހިރުވެ ތިބެ."
ފެނާއި ނަރުދަމާގެ ވައުދު ވާންޖެހޭ ރަށެއް ދެން ނޯންނާނެ
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
މި ވައުދުގެ މިސްރާބު 100 ޕަސެންޓާ ދިމާލުގައި!
ރ. އަތޮޅަށް ތިންވަނަ އެއާޕޯޓެއް ޔަގީންވެއްޖެ
ހއ. އަތޮޅަށް ގިނަ މަޝްރޫއުތަކެއް
4 އަހަރުގެ ބިޔަ މަޝްރޫއަކީ "ގަދަރުވެރި ރައްޔިތެއް"!
ކުރިން ނުކޮށްދެވޭ ވަރުގެ މަސައްކަތް ކުރެވިއްޖެ: ރައީސް
4 އަހަރު: މުޅި ނިޒާމާއި ތަރައްގީއަށް ބޮޑު ބަދަލެއް
ފިނޭ ވަށާލާފައި އޮތީ 40އަހަރުން ނުލިބުނު އުފާވެރިކަން
ދަތުރުފަތުރުގެ އިންގިލާބީ ބަދަލު އިފްތިތާހްކޮށްދެއްވައިފި