29 ޑިސެމްބަރ 2021
ރާއްޖޭގައި ސަރުކާރުތަކެއް ބަދަލުވެ އަހަރުތަކެއް ވޭތުވެދިޔަ އިރު ރައްޔިތުންގެ އެންމެ އަސާސީ ހިދުމަތްތައް ހުރީ ފުރިހަމަ ނުވެ އެވެ. މި ވެރިކަން ފެށުނުއިރު ނަރުދަމާގެ ނިޒާމް ގާއިމްކުރެވިފައި އޮތީ އެންމެ 20 ޕަސެންޓް ރަށުގަ އެވެ. ފެނުގެ ނިޒާމް ގާއިމްވެފައި އޮތީ 37 ޕަސެންޓު ރަށުގަ އެވެ.
ރާއްޖޭގައި ސަރުކާރުތަކެއް ބަދަލުވެ އަހަރުތަކެއް ވޭތުވެދިޔަ އިރު ރައްޔިތުންގެ އެންމެ އަސާސީ ހިދުމަތްތައް ހުރީ ފުރިހަމަ ނުވެ އެވެ. މި ވެރިކަން ފެށުނުއިރު ނަރުދަމާގެ ނިޒާމް ގާއިމްކުރެވިފައި އޮތީ އެންމެ 20 ޕަސެންޓް ރަށުގަ އެވެ. ފެނުގެ ނިޒާމް ގާއިމްވެފައި އޮތީ 37 ޕަސެންޓު ރަށުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ މުހިއްމު އެއް ވައުދަކަށް ވީ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގައި މި މަސައްކަތް ފެށުމެވެ. މި ވައުދާ އެއްގޮތަށް މިއަދު ވަނީ މަސައްކަތް ހަވާލުނުކުރެވި މިހާތަނަށް އޮތް ހުރިހާ ރަށެއްގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.
ސަރުކާރުން އާއްމުކުރި މައުލޫމާތަށް ބަލާއިރު މިއަދަށް ފަހު، ރާއްޖޭގައި ފެނާއި ނަރުދަމާގެ ވައުދު ވާންޖެހޭނެ ރަށެއް ދެން ނޯންނާނެ އެވެ.
ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި، ތިން ކުންފުންޏަކާ ހަވާލުކުރީ 23 ރަށުގެ ފެނާއި 16 ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 920 މިލިއަން ރުފިޔާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
"މިއާ އެކު 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފެނާއި ނަރުދަމާ ގާއިމްކުރަން ވެވުނު އެއްބަސްވުންތަކުގެ ޖުމްލަ އަގު މިވަނީ 5.6 ބިލިއަން ރުފިޔާ އަށް އަރާފައި،" ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ ރައީސް އޮފީސް
ނުފެށި އޮތް 23 ރަށުގެ ފެނާއި،ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި.#Thaahiru5Aharu pic.twitter.com/M950f1eQFx
— Min.of National Planning, Housing & Infrastructure (@MoNPHImv) December 29, 2021
ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި ކުންފުނިތަކާ ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރެއިން 48 ރަށެއްގައި ނަރުދާމާގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އަދި ފެނުގެ ހިދުމަތް ގާއިމްކުރުން 60 ރަށެއްގައި ހިނގަމުން އެބަދެ އެވެ.
23 ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ/ މިހާރު
އެ މިނިސްޓްރީން ބުނީ ދައުލަތުގެ ބަޖެޓުންނާއި އިންޑިއަން އެގްޒިމްގެ ކްރެޑިޓް ލައިން އަދި އޯޕެކް ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ލޯން އެހީގައި 32 ރަށެއްގެ ނަރުދަމާ ގާއިމްކުރުމާއި 53 ރަށެއްގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކޮންޓްރެކްޓްކުރެވި ޑިޒައިން ކުރުމާއި އީއައިއޭ ހެދުން އަދި ކޮންޓްރެކްޓަރުން ރަށްރަށަށް މޮބިލައިޒްކުރުން ފަދަ މަރުހަލާތައް ކުރިއަށް އެބަދަ ކަމަށެވެ.
ތާހިރުވުމުގެ ވައުދު ފުއްދައި ތަރައްގީގެ އިންގިލާބަށް
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
މި ވައުދުގެ މިސްރާބު 100 ޕަސެންޓާ ދިމާލުގައި!
ދެ ކޮމަންޑޫ ގުޅުވައިލުން ހުކުރު ދުވަހު ފަށަނީ
ރ. އަތޮޅަށް ތިންވަނަ އެއާޕޯޓެއް ޔަގީންވެއްޖެ
މިއީ އެންމެ ތާހިރު ފަސް އަހަރަށް ވާނެ: ރައީސް
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ހައުސިން އުވާލުން: "ހިލުންގަނޑަކުން" ސަލާމަތްވުންތަ؟
އާ މިނިސްޓްރީއެއް އުފައްދާ ކަމެއް ނޭނގޭ: ތަރުޖަމާން
ހައުސިން މިނިސްޓްރީ އުވާލައިފި