Roadha Mihaaru
"ހުވަފެންތައް ބޮޑު، ހާސިލްވާނީ ހެޔޮ ނިޔަތެއް އޮތީމާ"

ރައްޔިތުންގެ ހުވަފެންތައް ބޮޑު، ހާސިލްވާނީ ހެޔޮ ނިޔަތެއް އޮތީމާ: ނައިބު ރައީސް

27 ޖޫން 2019

ރައްޔިތުން ބޮޑެތި ހުވަފެންތަކަކަށް އުންމީދު ކުރަމުން އަންނަ ކަމަށާއި އެކަންކަން ހާސިލް ވާނީ ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގާ ކުންފުނިތަކާއި އެހެން ފަރާތްތަކުން ހެޔޮ ނިޔަތުގައި ކުރާ ކަންކަމުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުން ބޮޑެތި ހުވަފެންތަކަކަށް އުންމީދު ކުރަމުން އަންނަ ކަމަށާއި އެކަންކަން ހާސިލް ވާނީ ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގާ ކުންފުނިތަކާއި އެހެން ފަރާތްތަކުން ހެޔޮ ނިޔަތުގައި ކުރާ ކަންކަމުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކަށް ބަލާ އިރު، ނުއަގުގައި ކޮށްފައި ހުރި ކަންކަން ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި ސަރުކާރުން ނުވަތަ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ކޮށް، ރައްޔިތުންނާ ހަވާލު ކުރާ އިރު، އެއީ އެ މީހުންނަށް ބޭނުން ހިފޭ އެއްޗަކަށް ވާން ޖެހޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އެއީ ފްލެޓު އިމާރާތަކަށް ވިޔަސް، މަގު ހެދުމުގެ މަސައްކަތަކަށް ވިޔަސް، ނަރުދަމާގެ މަސައްކަތަކަށް ވިޔަސް، ފެން ހޮޅި އެޅުމުގެ މަސައްކަތަކަށް ވިޔަސް، އާހިރުގައި އެ ބޭނުން ކުރާނީ ރައްޔިތުން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުއަގުގައި ކަންކަން ކުރި ކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާ. --- ފޮޓޯ: ރައީސް އޮފީސް

އެމްޑަބްލިއުއެސްސީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާ. --- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ވިދާޅުވި ގޮތުގައި ޚިދުމަތް ލިބިގަންނަ މީހުންނަށް ހިތްހަމަޖެހުން ލިބޭނެ ގޮތަކަށް ހިދުމަތްތައް ފޯރުކޮށްދިނުމަކީ މި ޒަމާނުގައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އަދި ކުންފުންޏެއްގައި މަސައްކަތް ކުރާއިރު، އެކަކު އަނެކަކާ މެދު އެކުވެރިކަން އޮންނަން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅިގެން މަސައްކަތް ކުރާ ނަމަ، "ޕްރޮޑަކްޓިވްކޮށް" މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަން ވާނީ ދިވެހިންނަށް ރަނގަޅު ދިރިއުޅުމަކާއި ދަރިންނަށް ތައުލީމު ފޯރުކޮށްދެވޭނެ މުސްތަގުބަލެއް ހޯދައި ދިނުމަށް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ކުންފުނިތަކުން އެކިއެކި މަޝްރޫއުތައް ކުރިއަށް ގެންދާ އިރު، ސަމާލު ކަމެއް ދޭން ޖެހޭ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ނައިބު ރައީސް ފާހަގަ ކުރެއްވީ "ކޮލިޓީ" ހިފެހެއްޓުމެވެ. އަދި ފެންވަރު ރަނގަޅު މަސައްކަތެއްކޮށް ރައްޔިތުން އެދޭ ހިދުމަތެއް ފޯރުކޮށްދޭން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް އެމްޑަބްލިއުއެސްސީ އަށް ހިދުމަތްކޮށް ދިން މުވައްޒަފަކަށް ހަނދާނީ ފިލައެއް ދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް އެމްޑަބްލިއުއެސްސީ އަށް ހިދުމަތްކޮށް ދިން މުވައްޒަފަކަށް ހަނދާނީ ފިލައެއް ދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކީ ރައްޔިތުންގެ ފައިސާ އިން ކުރާ ކަންތައްތައް. ވަކި ބަޔަކު ކޮށްފައި އޮތަތީ އެކަން ފާހަގަކޮށް، މާ އުފާވެރިކަމަކަށް ހަދައި އެ ވާހަކަ ދައްކަން ބޭނުމެއް ނުވޭ،" އެމްޑަބްލިއުއެސްސީގެ ވެރިންނާއި މުވައްޒަފުން ބައިވެރިވި ޖަލްސާގައި ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ ކުންފުނިތައް ހިންގުމުގައި ކޮރަޕްޝަނާ ދުރުވުމަށާއި ރަނގަޅު "ރަނގަޅު ޕްރޮޑަކްޓުތައް" އުފައްދައި ރައްޔިތުންނާ ހަވާލު ކުރެއްވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ރައްޔިތުން އަބަދުވެސް ބޭނުން ވަނީ ތަރައްގީ އާއި ކުރިއެެރުމެވެ. އެހެންވެ، ގައުމަށްޓަކައި އެއް އަމާޒަކަށް ވާސިލްވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.