Roadha Mihaaru
ރައީސަށް އިތުރު 5 އަހަރުދީ، ތަރައްގީ ކަށަވަރުވާނެ

ރައީސަށް އިތުރު 5 އަހަރު ދީ، ތަރައްގީ ކަށަވަރުވާނެ: ސައީދު

04 ޑިސެމްބަރ 2017

ރައީސް އަބްދުﷲ ޔާމީނަށް އިތުރު ފަސް އަހަރު ދުވަހު ވެރިކަން ކުރައްވަން ރައްޔިތުން ފުރުސަތު ދީފި ނަމަ، ތަރައްގީ ކަށަވަރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީނަށް އިތުރު ފަސް އަހަރު ދުވަހު ވެރިކަން ކުރައްވަން ރައްޔިތުން ފުރުސަތު ދީފި ނަމަ، ތަރައްގީ ކަށަވަރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ރާއްޖޭގައި ބިނާކުރި 1500 ހައުސިން ޔުނިޓް ސަރުކާރާ ހަވާލު ކުރުމަށް ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެ ނަމަ، ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހިގެންދާނެ ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ރާއްޖެ އިން ފެންނަ ތަރައްގީގެ މޭސްތިރިއަކީ ރައީސް ޔާމީން ކަން ދިވެހިން ހެކިވާނެ އެވެ.

ހައުސިން ޔުނިޓެއް ލިބުނު އާއިލާއެއް މިއަދު ޖަލްސާގައި ބައިވެރިވަނީ. .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހައުސިން ޔުނިޓެއް ލިބުނު އާއިލާއެއް މިއަދު ޖަލްސާގައި ބައިވެރިވަނީ. .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ކުރިން ހުޅުމާލެ އިން ބަލައިލި ކޮންމެ ދިމާލަކުން ފެންނާނީ މާޔޫސްކަން. އެއްވެސް ކަހަލަ ދިރުމެއް ޕްރޮޖެކްޓެއް ހިނގާ ތަނެއް ނުފެންނާނެ ހުޅުމާލެއަކުން. ނަމަވެސް މިއަދު ބަލައިލާއިރު ފެންނާނީ މައްޗަށް އަރަމުންދާ އިމާރާތްތަކާއި މަސައްކަތް ކުރާ އާލާތްތައް،" ސައީދު ވިދާޅުވި އެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގިނަ މަޝްރޫއުތަކެއް ހިނގަމުން އަންނަ ކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ ތަކުލީފަށް ހައްލެއް ގެނެސް ދިނުމަށް ކަމަށެވެ. އަދި ކުރީގެ ރައީސުންނަށް ރާއްޖެ ތަރައްގީ ނުކުރެއްވުނު ކަމަށް ވިދާޅުވެ، ބައެއް ރައީސުންނަށް ސައީދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ސައީދު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 30 އަހަރު ވެރިކަން ކުރައްވަން ލިބިވަޑައިގެންނެވި އިރު، ރައްޔިތުންނަށް އެ މަނިކުފާނުގެ ސަރުކާރުގައި ބޯހިޔާވަހިކަން ހޯދައި ނުދެވުމަކީ ރައީސް ޔާމީންގެ ސަރުކާރުން އެ ކަންތައް ކުރަން ނުޖެހޭނެ ސަބަބެއް ނޫނެވެ. އަދި ކުރީގެ ރައީސް ނަޝީދު މި ގައުމުގައި ކަންކަން ކުރެއްވި ގޮތުން ރައްޔިތުން މައާފު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ދެ މެމްބަރުން ކަމުގައިވާ ރިޔާޒް (ވ) އަދި އަލީ އާރިފް ބައިވެރިވެވަޑައިގަންނަވަނީ .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ދެ މެމްބަރުން ކަމުގައިވާ ރިޔާޒް (ވ) އަދި އަލީ އާރިފް ބައިވެރިވެވަޑައިގަންނަވަނީ .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެންމެ ރަނގަޅީ ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރެއްވުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އެހެންވެ، އިދިކޮޅުގައި ތިއްބެވި އެހެން ބޭފުޅުންނަށް އިޝާރާތް ކުރައްވައި ސައީދު ވަނީ ރައީސް ޔާމީނަށް ފަސް އަހަރު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ރާއްޖެ އެއްވެސް ޒަމާނެއްގައި ހޯދަން ބޭނުންވި ތަރައްގީގެ އުންމީދު ވެސް ކުރި ވަރަކަށް އެއްވެސް ޒަމާނެއްގައި އެއްވެސް ބޭފުޅަކު އުންމީދު ކުރައްވާފައި އޮވެއްޖެނަމަ، އެ ތަރައްގީ ކަށަވަރުކޮށް ޔަގީންކޮށް ދެއްވާނީ ރައީސް ޔާމީންގެ ޒައާމަތުގައި ރައީސް ޔާމީން،" ސައީދު ވިދާޅުވި އެވެ.

ފްލެޓު ލިބުނު މީހުންގެ ކުރިމަތީގައި ހުންނަވައި ސައީދު ވިދާޅުވީ ދިވެހި ރައްޔިތުން ނުކުމެ، ރައީސް ޔާމީނަށް އާނ ބަސް ބުނަން ޖެހޭ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެ ނަމަ، ފެއިލްވެގެންދާނީ ރައްޔިތުން ކަމަށާއި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ކުންފުނީގެ އިސް ބަޔަކު ބައިވެރިވަނީ .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ކުންފުނީގެ އިސް ބަޔަކު ބައިވެރިވަނީ .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އެ މަނިކުފާނަށް (ރައީސް ޔާމީން) 2018 ލިބުނީމަ، ވިސްނާލާ ކިތައް އެއާޕޯޓުތޯ، ކިތައް ބްރިޖުތޯ، ކިތައް ހައުސިން އިމާރާތްތޯ، ކިތައް ތަރައްގީގެ މަޝްރޫއުތޯ އިތުރުވެގެން ދާނީ. އަޅުގަނޑު މި ވާހަކަ ދައްކާކަށް ވަކި މީހެއްގެ އިޒުނައެއް ބޭނުމެއް ނުވޭ. އަޅުގަނޑު މި ވާހަކަ ދައްކަނީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން،" ބައެއް ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެޑައިގެންނެވި ޖަލްސާގައި ސައީދު ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކަށް ވެރިކަން ކުރަން ލިބިއްޖެނަމަ، ފެއިލްވެގެން ދާނީ ރައްޔިތުން. އަޅުގަނޑުމެންގެ ގައުމު. ބޭންކުތައް ބަނގުރޫޓުވެގެން ދާނީ. ވިޔަފާރިތައް އެކޮޅުކޮޅުން ޖެހިގެން ދަނީ. ސްޓޫޑަންޓް ލޯނުތައް ނުލިބިގެން ދަނީ. ނަރުދަމާތައް ނޭޅޭނީ. ބޯފެނުގެ ނިޒާމު ގާއިމު ނުކުރެވޭނީ. ރަށްތައް ތަރައްގީ ނުވާނީ. ބަނދަރުތައް ނުހޭދޭނީ،"