03 އޯގަސްޓް 2020
ހިޔާ މަޝްރޫއިން ފްލެޓް ލިބޭ ހައްގުވެރިންގެ ލިސްޓު ޖުލައި މަހު ފަހުކޮޅު އިއުލާން ނުކުރެވި ކޮމިޓީގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެއީ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ ބައެއް މީހުން ކަރަންޓީންކުރަން ޖެހުމުން ކަމަށް އެ ކޮމިޓީން އިއްޔެ ބުނެފި އެވެ.
ހިޔާ މަޝްރޫއިން ފްލެޓް ލިބޭ ހައްގުވެރިންގެ ލިސްޓު ޖުލައި މަހު ފަހުކޮޅު އިއުލާން ނުކުރެވި ކޮމިޓީގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެއީ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ ބައެއް މީހުން ކަރަންޓީންކުރަން ޖެހުމުން ކަމަށް އެ ކޮމިޓީން އިއްޔެ ބުނެފި އެވެ.
ކުރީގެ ސަރުކާރުގައި ފްލެޓްތައް ދިނީ ބޭއިންސާފުން ކަމަށް ބުނާ މައްސަލަތައް ބަލައި ހައްގުވެރިން ހޯދަން ވަކި ކޮމިޓީއެއް އެކުލަވާލައިގެން ފޯމުތައް ޗެކްކުރާތާ ވެސް ދޮޅު އަހަރު ވެއްޖެ އެވެ. މި މަސައްކަތް ލަސްވެ، ފާޑުކިއުން ބޮޑުވުމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީން އެންމެފަހުން ޔަގީންކަން ދީފައި އޮތީ މިދިޔަ ޖުލައި މަސް ނިމުމުގެ ކުރިން ލިސްޓުތައް އާއްމުކުރަން ފަށާނެ ކަމަށެވެ.
އެކަމަކު ޖުލައި މަސް ނިމުނުއިރު ވެސް ލިސްޓުތައް އާއްމުކުރާކަށް ނުފަށަ އެވެ.
ކޮމިޓީން ބުނިގޮތުގައި ޖުލައި 28 ގައި އެ ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން ބައެއް މުވައްޒަފުން ކަރަންޓީންކުރަން ޖެހި ކޮންޓެކްޓް ޓްރޭސިން އަށް މަސައްކަތް ވަގުތީ ގޮތުން ވަނީ މެދުކަނޑާލަން ޖެހިފަ އެވެ. ބައެއް މުވައްޒަފުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީންގައި ތިބެން ޖެހޭ ކަން އެޗްޕީއޭ އިން އަންގާފައި ވަނީ އިއްޔެ ކަމަށް ވެސް ކޮމިޓީން އާއްމުކުރި ބަޔާނުގައިވެ އެވެ.
ކޮމިޓީން ބުނިގޮތުގައި ކުރިން ކަނޑައެޅި ތާވަލާ އެއްގޮތަށް ޖުލައި މަހުގެ ފަހުކޮޅު ނުވަތަ މި މަހުގެ ކުރީކޮޅު ލިސްޓްތައް އާއްމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ.
"..މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ލިސްޓް އާއްމުކުރުން ލަސްވެގެންދާނެ ކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ކޮމިޓީން ބުންޏެވެ.
ކޮމިޓީން ބުނިގޮތުގައި ފުރަތަމަ އާއްމުކުރަން ނިންމީ ޑޮކްޓަރުންނާއި ޓީޗަރުންނާއި މާލޭ ރަށްވެހިންގެ ކެޓަގަރީ އެވެ. އެ ތިން ކެޓަގަރީން ވެސް ގާތްގަނޑަކަށް މަސައްކަތްތައް ނިމިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އެޗް7 ކެޓަގަރީ ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބަލަން ފަށައި މިހާތަނަށް 12013 މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލާފައިވާ ކަމަށް ފްލެޓް ކޮމިޓީން ބުންޏެވެ.
ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވީ މީހުންނަށް ކުރީގެ ސަރުކާރުން ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ދީފަ އެވެ. އެކަމަކު ފޯމުތައް ވަކިވަކިން ޗެކްކޮށް، ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވާ ކްރައިޓީރިއާ އަށް ފްލެޓް ކޮމިޓީން އެކުލަވާލަމުން އަންނަނީ މުޅިން އާ ލިސްޓެކެވެ.
އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފި ފްލެޓް ކޮމިޓީގެ މަސައްކަތް ނުނިމުގެ ކަންބޮޑުވުމާ އެކު ފްލެޓްތައް ނުނިމި ލަސްވާތީ ވެސް ޝަކުވާ ބޮޑެވެ.
ހިޔާ ފްލެޓްތަކަކީ ދިރިއުޅެން އެކަށީގެންވާ ސައިޒަށް ވުރެން ކުޑަ ހާސްކަން ބޮޑު ތަންތަނަށް ވާތީ، މި ސަރުކާރުން ނިންމީ ސްޓްރަކްޗާ އަށް ބަދަލު ގެނެސް ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބަދަލުކުރާށެވެ. ވަކި ހިސާބަކުން މި މަޝްވަރާތައް މަޑުޖެހި، މި ސަރުކާރުން ދެން އިއުލާންކުރީ ފިނިޝިން ނުނިންމައި ހަވާލުކުރަން ކުރީގެ ސަރުކާރުން ނިންމާފައިވާ ފްލެޓްތައް ފުރިހަމަކޮށްފައި ހަވާލުކުރާށެވެ. ފިނިޝިން ނިންމަން 42 މިލިއަން ޑޮލަރުގެ ލޯނެއް ނަގާނެ ކަން ވެސް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އިއުލާންކުރި އެވެ.
އެކަމަކު ފަހުން ސަރުކާރުން ނިންމީ ލޯނު ނުނަގައި ކުރީގެ ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތަށް ފިނިޝިން ނުނިންމައި ދިނުމަށެވެ. އެގޮތަށް ހަވާލުކުރަން ވެސް އަދި ހަތް މަސް ނަގާނެ ކަމަށް މިދިޔަ މަހުގެ ތެރޭގައި އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
"ބޮޑެތި ޝަކުވާތަކެއް، އެއީ ސައްހަ ލިސްޓެއް ނޫން"
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
"ދަރަނިވެރިވި" އާއިލާތަކެއް އިންސާފުގެ އިންތިޒާރުގައި!
ލިސްޓު ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން: މުއިއްޒު
ފްލެޓަށް އެދި 5،000 މީހުން ފޯމު ހުށަހަޅައިފި
ފްލެޓްތަކުގެ ތަހުގީގު ލަސްވާ ސަބަބެއް އޭސީސީން ނުބުނި!
ތަޅުދަނޑި ދިނަސް ފްލެޓްތަކަށް ނުވަދެވި ޝަކުވާބޮޑުވެއްޖެ
ފްލެޓް ބީވެ މާޔޫސްވެފައި، ދެން އޮތީ ކޮން ގޮތެއް؟
ފްލެޓް ލިސްޓުން އެތައް ބަޔަކު ރުޅިގަދަވެފައި!