28 ފެބުރުއަރީ 2023
ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހެދި ފްލެޓްތައް، ލިބުނު މުވައްޒަފުންނަށް އެ ތަންތަން ހަވާލުކޮށްފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހެދި ފްލެޓްތައް، ލިބުނު މުވައްޒަފުންނަށް އެ ތަންތަން ހަވާލުކޮށްފި އެވެ.
"މަލަސް ރެޒިޑެންސް" ގެ ނަމުގައި އެ ކުންފުނިން ހެދި 15 ބުރީގެ އިމާރާތުގައި 192 މުވައްޒަފަކަށް ފްލެޓް ދީފަ އެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ 60 ފްލެޓާއި 1+2 ކޮޓަރީގެ 40 ފްލެޓާއި އެއް ކޮޓަރީގެ 92 ފްލެޓް ހިމެނެ އެވެ. އެ އެޕާޓްމެންޓްތަކަކީ 730 އަކަފޫޓާއި 300 އަކަފޫޓާ ދެމެދުގެ ޖާގައެއް ހިމެނޭ އެޕާޓްމެންޓްތަކެކެވެ.
ރަސްމީކޮށް މިއަދު ފްލެޓް ހަވާލު ކުރި އިރު ފްލެޓް ލިބުނު ބައެއް މުވައްޒަފުން ވަނީ އެ ފްލެޓްތަކުގައި ދިރިއުޅެން ވެސް ފަށައިފަ އެވެ.
"މަލަސް ރެޒިޑެންސީ" ހުޅުވަނީ. އެތަން ހުޅުވާދެއްވީ އެމްޑީ ޝާހު އާއި ރައީސް އޮފީސް މިނިސްޓަރު ސަމީރު-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ފްލެޓް އިމާރާތް ހެދީ ޗައިނާގެ "23 މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ އެލްޓީޑީ އޮފް މެއިންޓަންނަސް" އިންނެވެ. އެ އިމާރާތުގައި ކުޑަކުދިންނަން ހާއްސަ ސަރަހައްދަކާއި ފިހާރައެއް ހިންގުމަށް ބަޔަކާއި ޕާކިންނަށް ހައްސަ ބައެއް ކަނޑައަޅާފައިވެ އެވެ.
އެމްޑަބްލިއުއެސްސީން އެންމެ ފުރަތަމަ އަޅަން ނިންމީ 15 ބުރީގެ ދެ ޓަވަރެވެ. އެއީ ޖުމްލަ 384 އެޕާޓްމަންޓެވެ. އެ މަޝްރޫއުއަށް އޭރު 33 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ނަމަވެސް ފަހުން ވަނީ އެއް ޓަވަރުގައި ފްލެޓް އަޅަން ނިންމައިފަ އެވެ.
އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، އެ ފްލެޓްތައް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ފަސޭހަ ގޮތްތައް ފަހިކޮށް ދިނުމަށް އިސްލާމިކް ބޭންކް މެދުވެރިކޮށް ލޯނު ނެގޭނެ ގޮތް ފަހިކޮށްދިން ކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއްގެ ތެރެއިން މުވައްޒަފުންނަށް ފްލެޓްތަކެއް ލިބުމުން އުފާކުރައްވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ އެޕާޓްމެންޓެއްގެ ކޮޓަރި. އެތަނުގައި އެއް ރޫމް، ދެ ރޫމް އަދި ތިން ރޫމުގެ އެޕާޓްމެންޓްތައް ހުރޭ-- ފޮޓޯ: ނިޝާން އަލީ / މިހާރު
"މިއީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެ މުވައްޒަފުންނަށް ހެޔޮ އަގުގައި އަމިއްލަ ތަނެއް ލިބުމަށް މަގުފަހިވެފައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފްލެޓް ހެދީ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަމަށް ވާތީ، އެ މުއްދަތުގައި ކުންފުނީގެ ކޭޝްފްލޯއަށް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ.
މި ފްލެޓް ރަސްމީކޮށް ހުޅުއްވައިދެއްވި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވީ، އެކުންފުނީގައި ތިބި ފްލެޓް ނުލިބުނު މުވައްޒަފުންނަށް ވެސް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެކަން ހާސިލުވާނެ ގޮތްތަކެއް ހޯދުން މުހިއްމު ކަމަށެވެ.
"އެމްޑަބްލިއުއެސްސީގެ ބޯޑުގެ ޗެއާމަނަށާއި މެނޭޖްމެންޓަށް އެދެން ފްލެޓް ނުލިބި ބާކީ ތިބި މުވައްޒަފުންނަށް ވެސް ކުންފުނީގެ ޕޮލިސީތަކުގެ ތެރޭގައި ގެދޮރު ހޯދައިދިނުމަށް ހާއްސަ ގޮތްތަކެއް ކަނޑައަޅާދެއްވުމަށް،" އޭނާ ވިދާޅުވި އެވެ.
ކުންފުނިތަކުގެ ސިޔާސީ ވެރިންނަށް ފްލެޓް، އިންސާފުވެރި؟
ހިޔާގައި ފެންބިލް ބޮޑުވަނީ މީޓަރުތަކުގެ މައްސަލައަކުން
"ހުވަފެންތައް ބޮޑު، ހާސިލްވާނީ ހެޔޮ ނިޔަތެއް އޮތީމާ"
އެމްޑަބްލިއުއެސްސީން ދެ ޓަވަރުގެ މަސައްކަތް ފަށައިފި
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
އެފްޑީސީން 13،000 ހައުސިން ޔުނިޓް އަޅަން ފަށަނީ
"ފްލެޓު ލިސްޓުގެ މަސައްކަތަށް އެއްވެސް ނުފޫޒެއް ނެތް"
"4،000 ފްލެޓު ނިންމަން 30 މިލިއަން ބޭނުންވޭ"
"ފްލެޓު ލިސްޓު ލަސްވަނީ އިންސާފުވެރިކަމާއެކު އެކަން ކުރާތީ"
ފްލެޓު މައްސަލާގައި މިނިސްޓްރީ ތެރޭ މުޒާހަރާކުރަނީ