ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން އެއް ޓަވަރުގެ ތަޅުދަނޑި މާދަމާ ހަވާލުކުރަން ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
10 ސެޕްޓެމްބަރ 2025
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން އެއް ޓަވަރުގެ ތަޅުދަނޑި މާދަމާ ހަވާލުކުރަން ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
އެފްޑީސީން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 17-18 ބުރީގެ 32 ޓަވަރުގައި 4،000 ފްލެޓްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފްލެޓުތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެއް ޓަވަރުގެ ތަޅުދަނޑި މާދަމާ ހަވާލުކުރަން ފަށާނެ ކަމަށެވެ. އެގޮތުން ހަވާލުކުރަނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ ތަޅުދަނޑި އެވެ.
ފްލެޓް އެއްބަސްވުން ހަދައި ނިމިފައިވާ މީހުންނަށް އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކުމުގެ ފުރުސަތު މި ހަފްތާގައިވަނީ ހުޅުވާލައިފަ އެވެ. ތަޅުދަނޑި ހަވާލުކުރާނީ އެ ފައިސާ ދެއްކުމުންނެވެ.
އެފްޑީސީން ބުނީ ފުރަތަމަ ފްލެޓް ހަވާލުކުރާނީ އެއްބަސްވުމުގައި ސޮއިކޮށް ނިމި އަދި ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ މީހުންނަށް ކަމަށެވެ. އަދި ޓަވަރުތައް ނިމި، ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދައްކަމުންދާ ވަރަކަށް ފްލެޓްތައް ހަވާލު ކުރަމުންދާނެ ކަމަށް ވެސް އެފްޑީސީން ވަނީ ބުނެފަ އެވެ.
މީހަކު ސޮއި ކުރަނީ -- ފޮޓޯ: ފަޔޒު މޫސާ | މިހާރު
ފްލެޓަށް ވަނުމަށް ތަޅުދަނޑި ހަވާލުކުރި ނަމަވެސް އެތަނަށް މުދާތައް އެރުވޭނީ ވަކި އުސޫލެއްގެ ތެރެއިންނެވެ. އަދި އެކަމަށް ފަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން، މުދާ އެރުވޭނީ އެކަމަށް ހުއްދަދޭ ވަގުތެއްގަ އެވެ.
"ފުރަތަމަ ޖެހޭނީ ފަހި ޕޯޓަލް ތެރެއިން ސްލޮޓެއް ބުކް ކުރަން. އެ ލިބޭ ވަގުތެއްގައި އެކަނި ބަރު މުދާ އެރުވޭނީ. އެމީހަކު ބޭނުން ވަގުތަކަށް ވަގުތު ހަމަޖެއްސޭނެ. ބަރު މުދަލުގެ ގޮތުގައި ބަލަނީ އަތުން ހިފައިގެން ނޭރުވޭ އެއްޗިއްސަށް، ފަރުނީޗަރު، ފްރިޖް ކަހަލަ،" އެ އޮފިޝަލް މިވާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ގާތްގަަނޑަކަށް 3،105 މީހުންނާ އެކު ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރަމުން އަންނަނީ، ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ މަހަކު 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ.
ގެދޮރުވެރިޔާ ފްލެޓްތައް ނިމުނުން ހުންނާނެ ގޮތް.--
ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަން ޖެހޭނެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާނުކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ލިސްޓު އޮއްވާ ދެވަނަ ލިސްޓަކަށް ނުދެވޭނެ ކަމަށް ބުނެ ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން މި ސަރުކާރުން ނިންމީ ނޮވެމްބަރު، 2023 ގެ ލިސްޓަށް ފްލެޓް ދިނުމަށެވެ.
ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަހުގެ ނިޔަލަށް ފްލެޓްތަކުގައި ދިރިއުޅެން ފެށޭ ވަރުވާނެ އެވެ.
588 މީހަކު ފްލެޓަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފި
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ
ފްލެޓްތައް ހަވާލުކުރަން ޑިޕޮސިޓް ދައްކަން ހުޅުވާލައިފި
ހާހަކަށް ވުރެ ގިނަ މީހުންނާ އެކު ފްލެޓު ސޮއިކޮށްފި
ނޮޅިވަރަންފަރު ފްލެޓްތަކުގެ އެއްބަސްވުމަށް ފަހު ފުރުސަތު
75 ޕޮއިންޓަށް 315 ފްލެޓް ދިން މައްސަލަ އޭސީސީއަށް
76 ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ހަމަޖައްސައިދެނީ
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓައެއްނުލާ
އުނިކުރި ކަމަށް ބުނަނީ އެއްބަސްވުމުގައި ނެތް ކަންކަން
ފްލެޓުތަކުގައި މިހާރު ކުރަނީ ކުރިން އުނިކުރި ކަންކަން