ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލި ކަމަށް ބުނެ ފަތުރާ ވާހަކަތައް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ދޮގުކޮށްފި އެވެ.
03 އޯގަސްޓް 2025
ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލި ކަމަށް ބުނެ ފަތުރާ ވާހަކަތައް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ދޮގުކޮށްފި އެވެ.
ފްލެޓް ލިބޭ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފެށީ މި މަހުގެ 21 ވަނަ ދުވަހެވެ. މިނިވަން ދުވަހުގެ ބަންދަށް ހުއްޓާލުމަށް ފަހު ސަރުކާރު ހުޅުވުމުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވަނީ އަލުން ފަށައިފަ އެވެ.
އެކަމަކު، ފްލެޓް އެއްބަސްވުމުގައި މިއަދު ސޮއިކުރަން ހަމަޖައްސާފައި އޮތް އެކެއްގެ ސޮއިކުރުން މަޑުޖައްސާލިކަން އެފްޑީސީން ވަނީ އޭނާ އަށް އަންގައިފަ އެވެ. އެފްޑީސީން އޭނާއަށް ފޮނުވި މި މެސެޖާއެކު، ސޮއިކުރުން ހުއްޓާލިކަމަށް ބައެއް މީޑީއާތަކުގައި ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
ގެދޮރުވެރިޔާގެ ޓަވަރުތަކެއް: ސޮއިކުރުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް އެފްޑީސީން ބުނޭ.
އެފްޑީސީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލި ކަމަށް ދައުރުވަނީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ. ޝެޑިއުލްކޮށްފައިވާ ގޮތަށް ސޮއިކުރުން ކުރިއަށް އެބަދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ސޮއިކުރުން ހުއްޓާލިކަމަށް ދައުރުކުރަނީ އެންމެ މީހަކަށް ފޮނުވި މެސެޖެކެވެ. އޭނާއަށް ދިމާވެފައިވާ މައްސަލަ ހައްލުވުމުން ސޮއިކުރަން އަންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޮވެމްބަރު 4، 2023 ގައި ވަނީ ގެޒެޓްކޮށްފަ އެވެ. މި ސަރުކާރުން ވެސް އެންމެ ފަހުން ނިންމީ އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް އެންމެންނަށް ފްލެޓު ދޭށެވެ.
އެފްޑީސީން އެއްބަސްވުންތައް ހެދި ނަމަވެސް، ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅަނީ ހައުސިން މިނިސްޓްރީންނެވެ. ސޮއި ކުރުމަށް އެފްޑީސީއަށް ހައުސިން މިނިސްޓްރީން މިހާތަނަށް ފޮނުވާފައި ވަނީ 2،665 މީހެއްގެ މައުލޫމާތެވެ.
ނަމަވެސް ބައެއް މީސްމީހުންގެ މައުލޫމާތު ފުރިހަ ނުވުން ފަދަ ކަންކަމާ ހެދި އަދިވެސް ސޮއިކުރުން ކުރިއަށް ގެންދިއުމުގައި ލަސްތަކެއް އުޅޭ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް މީގެ ކުރިން ވަނީ ވިދާޅުވެފައި އެވެ. އެ މައްސަލަ ބޮޑުވެފައިވާތީ ފްލެޓަށް ޝަރުތު ހަމަވެފައިވާ މީހުން ހޭލުންތެރި ކުރުމުގެ އިތުރު މަސައްކަތްތަކެއް ފަށަން އެފްޑީސީން މިހާރު ވަނީ ނިންމައިފަ އެވެ.
އެންމެ ގިނައިން ދިމާވާ މައްސަލަ ކަމަށް އެފްޑީސީން ބުނީ ސޮއިކުރަން ދާއިރު ޕޯޓަލަށް ފޮނުވާފައި ހުންނަ މައުލޫމާތު ފުރިހަމަނުވުމެވެ. އޭގެ ތެރޭގައި އައިޑީކާޑުފަދަ ލިޔުންތައް ސާފު ނުވުމުގެ މައްސަލަ ހިމެނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ
ފްލެޓްތައް ހަވާލުކުރަން ޑިޕޮސިޓް ދައްކަން ހުޅުވާލައިފި
ހާހަކަށް ވުރެ ގިނަ މީހުންނާ އެކު ފްލެޓު ސޮއިކޮށްފި
76 ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ހަމަޖައްސައިދެނީ
ފްލެޓުތަކުގައި މިހާރު ކުރަނީ ކުރިން އުނިކުރި ކަންކަން
ފްލެޓް އެއްބަސްވުންތަކުގައި އަލުން ސޮއިކުރަން ފަށައިފި
ފްލެޓުތަކަށް ކުރިން ކަނޑައެޅި ކުއްޔަށް ބަދަލުކުރަން ގޮވާލައިފި
ފްލެޓަށް ލިޔެކިޔުންތައް ފުރިހަމަނުވާ މައްސަލަ ބޮޑު
ފްލެޓް ނުލިބޭ ކަމަށް ފޮނުވާ ސިޓީތަކާ މެދު ކަންބޮޑުވުން
ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ހަވާލުކުރަނީ