ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ހާހަކަށް ވުރެ ގިނަ މީހުންނާ އެކު މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެފްޑީސީން މިއަދު ބުނެފި އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ހާހަކަށް ވުރެ ގިނަ މީހުންނާ އެކު މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެފްޑީސީން މިއަދު ބުނެފި އެވެ.
އެއްބަސްވުންތަކުގައި ސޮއިކުރަން އެ ކޯޕަރޭޝަނުން ފެށީ މިދިޔަ މަހުގެ 21 ގަ އެވެ.
އެފްޑީސީން މިއަދު ބުނީ، އެއްބަސްވުމުގައި ސޮއިކުރަން ފެށިތާ މަހެއް ވާން ކައިރި ވެފައިވާއިރު މިހާތަނަށް 1،202 މީހުންނާ އެކު ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް 1،530 މީހުންގެ އެއްބަސްވުމުގައި ސޮއިކުރަން ތާވަލް ކޮށްފައިވާ ކަމަށް ބުންޏެވެ.
"މިއީ މި ކޯޕަރޭޝަނަށް ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއް،" އެފްޑީސީން އެކްސްގައި ބުންޏެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން އެފްޑީސީން ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީން މައުލޫމާތު ސާފުކުރުމަށް ފަހު ފޮނުވާ ލިސްޓަކަށް ބަލައިގެންނެވެ. އެ މިނިސްޓްރީން ފްލެޓް ލިބޭ މީހުންގެ ލިސްޓު އެފްޑީސީ އަށް ފޮނުވަނީ ވެރިފައި ކުރެވޭ ތަރުތީބުން، އެކި މީހުންގެ ނަންތައް ވަކިވަކިން ކަމަށެވެ. ނަމަވެސް، ވެރިފައި ކުރަނީ ފްލެޓް ލިސްޓު އެކުލަވާލާފައި ތަރުތީބަކުން ނޫނެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
އެފްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ޕޯޓަލް އަށް އަޕްލޯޑް ކުރަން އަންގާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެއީ ވެސް ސޮއިކުރަން ތާވަލް ކުރަން ލަސްވާ ސަބަބެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެ އެވެ.
• ފްލެޓް ލިބޭ މީހާގެ / ކޯ-އެޕްލިކަންޓުގެ އައިޑީކާޑު ކޮޕީ.
• ހެކިވެރިޔާގެ އައިޑީކާޑު ކޮޕީ އާއި ފޯމު.
• އެޕްލިކަންޓަށް ދެވެން ނެތް ނަމަ ޕަވާ އޮފް އެޓާނީ ދީފައިވާ މީހާގެ މައުލޫމާތު.
• ދެ ކޮޓަރީގެ އެޕާޓްމަންޓުތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 8،000ރ.
• ތިން ކޮޓަރީގެ އެޕާޓްމަންޓްތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 10،500ރ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ކުރިން ވިދާޅުވެފައި ވަނީ އެއްބަސްވުމުގައި ސޮއިކުރުމާ އެކު، ފެނާއި ކަރަންޓާއި ގޭހާއި ކޭބަލް ކަހަލަ އަސާސީ ހުރިހާ ހިދުމަތަކަށް ވެސް ރަޖިސްޓްރީކޮށްދޭނެ ކަމަށެވެ.
588 މީހަކު ފްލެޓަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފި
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ
ފްލެޓްތައް ހަވާލުކުރަން ޑިޕޮސިޓް ދައްކަން ހުޅުވާލައިފި
ފްލެޓުތަކުގައި މިހާރު ކުރަނީ ކުރިން އުނިކުރި ކަންކަން
ފްލެޓް އެއްބަސްވުންތަކުގައި އަލުން ސޮއިކުރަން ފަށައިފި
ނޮޅިވަރަންފަރު ފްލެޓްތަކުގެ އެއްބަސްވުމަށް ފަހު ފުރުސަތު
ފްލެޓްތަކުގެ ތަޅުދަނޑި މާދަމާ ހަވާލުކުރަން ފަށަނީ
ފްލެޓް އެއްބަސްވުމުގައި 2،000 މީހުން ސޮއިކޮށްފި
75 ޕޮއިންޓަށް 315 ފްލެޓް ދިން މައްސަލަ އޭސީސީއަށް
76 ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ހަމަޖައްސައިދެނީ