ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓުގައި ހިމެނޭ މީހަކު ޝަރުތު ހަމަނުވާ ކަމަށް ހައުސިން މިނިސްޓްރީން ފަހުން ކަނޑައެޅުމުން މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
18 އޯގަސްޓް 2025
ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓުގައި ހިމެނޭ މީހަކު ޝަރުތު ހަމަނުވާ ކަމަށް ހައުސިން މިނިސްޓްރީން ފަހުން ކަނޑައެޅުމުން މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ކުރީގެ ސަރުކާރުގެ ލިސްޓަށް ފްލެޓް ދޭން ނިންމައި އެއްބަސްވުންތަކުގައި ސޮއިކުރަން ފެށިއިރު، ހައުސިން މިނިސްޓްރީން ބުނެފައި ވަނީ، އެހެން ސްކީމްތަކެކޭ އެއްގޮތަށް ސޮއިކުރުމުގެ މަރުހަލާގައި ބަލަން ޖެހޭ ކަންކަމަށް ބަލާއިރު ޝަރުތު ހަމަނުވާކަން ކަށަވަރުވާ މީހުން ލިސްޓުން އުނިކުރެވޭނެ ކަމަށެވެ.
ފްލެޓު ލިސްޓުން ނަން އުނިކުރި މީހާގެ ދިފާއުގައި ކޯޓަށް މައްސަލަ ހުށަހެޅި ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ނޫސްވެރިންނަށް ވިދާޅުވީ އެ މައްސަލަ ހުށަހެޅީ ފްލެޓް ލިސްޓު މިހާރު އޮތް ގޮތުން އެތައް ބައެއްގެ ހައްގުތައް ގެއްލޭތީ ކަމަށެވެ.
ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި އޭނާ އެދުނީ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އެ އަމުރުގައި އެދިފައި އޮތީ އޭނާގެ މުވައްކިލަށް ލިބޭނެ ކަމަށް ލިސްޓުގައި ކަނޑައެޅި ފްލެޓު އެހެން މީހަކާ ހަވާލު ކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށެވެ.
މި މައްސަލާގައި ނިޝާންއާ އެކު ވާހަކަ ދައްކަވަމުން، މާލޭ ސިޓީ ކައުންސިލުގެ މެމްބަރު ސައިފް ފާތިހު ވިދާޅުވީ އެގޮތަށް ދިމާވެފައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ކޯޓަށް ވައްދައި ހައްގު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާނުކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމު ކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ލިސްޓު އޮއްވައި ދެވަނަ ލިސްޓަކަށް ނުދެވޭނެ ކަމަށް ބުނެ ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން މި ސަރުކާރުން ނިންމީ ނޮވެމްބަރު 2023 ގެ ލިސްޓަށް ފްލެޓް ދިނުމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4،000 ފްލެޓު ލިބޭ މީހުންނާ އެކު ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އަންނަނީ އެގްރިމެންޓުގައި ސޮއިކުރަމުންނެވެ. މިދިޔަ ހަފުތާގެ ނިޔަލަށް 1،200 މީހުންނާ އެކު ސޮއިކޮށްފައިވާ ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.
588 މީހަކު ފްލެޓަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފި
ހާހަކަށް ވުރެ ގިނަ މީހުންނާ އެކު ފްލެޓު ސޮއިކޮށްފި
އުނިކުރި ކަމަށް ބުނަނީ އެއްބަސްވުމުގައި ނެތް ކަންކަން
ފްލެޓުތަކުގައި މިހާރު ކުރަނީ ކުރިން އުނިކުރި ކަންކަން
ފްލެޓް އެއްބަސްވުންތަކުގައި އަލުން ސޮއިކުރަން ފަށައިފި
ގެދޮރުވެރިޔާ ސްކީމްގެ މައްސަލާގައި ވަގުތީ އަމުރެއްނުދިން
އެފްޑީސީން 13،000 ހައުސިން ޔުނިޓް އަޅަން ފަށަނީ
"ފްލެޓް ގަތީ ފަސް އަހަރު ކުރިން ލޯނެއް ނަގައިގެން"
އެންމެ އަވަަހަށް ނިންމާ 4 ޓަވަރުގައި ލިފްޓު ހަރުކުރަނީ
3،000 ހައުސިން ޔުނިޓްގެ ފްރޭމްވޯކެއްގައި ސޮއިކޮށްފި