ފަހިދިރިއުޅުން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ ޓަވަރުތަކުގެ ތެރެއިން ހަތަރު ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
25 ފެބުރުއަރީ 2024
ފަހިދިރިއުޅުން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ ޓަވަރުތަކުގެ ތެރެއިން ހަތަރު ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ކުންފުނިން ބުނީ، އެއީ އެންމެ ފުރަތަމަ ނިންމާ ތަންތަން ކަމަށެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، އެ އިމާރާތްތަކުގައި ޓަވަރު ހަރުކުރުމުގެ މަސައްކަތް ނިމުމުން، އެ އިމާރާތްތަކުގެ ވަށައިގެންވާ ސަރަހައްދު ސާފުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މި މަސް ނިމޭ އިރު އެ ހަތަރު ޓަވަރުގެ 512 އެޕާޓްމެންޓްގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ.
ހުޅުމާލެ 2 ގައި އެފްޑީސީން ހަދާ ފްލެޓްތަކުގެ ތެރެއިން 10 ޓަވަރުގެ ސްޓްރަކްޗާ އެއްކޮށް ވަނީ ނިމިފަ އެވެ. އެއީ ގާތްގަނޑަކަށް 1،200 އެޕާޓްމެންޓެވެ. އެ ތަނުގައި މިހާރު ކުރަމުން އަންނަނީ ފިނިޝިން މަސައްކަތެވެ.
އެފްޑީސީން އަންނަނީ ހުޅުމާލެ 2 ގައި 4،000 ފްލެޓް އިމާރާތްކުރަމުންނެވެ. އެއީ 17-18 ބުރީގެ 32 ޓަވަރެވެ. ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ. އެފްޑީސީން ކުރިން ބުނެފައިވަނީ މި އަހަރު ނިމެންވާ އިރު ހުރިހާ ޓަވަރެއް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެފްޑީސީން އެ ފްލެޓްތައް އިމާރާތްކުރަން ހަވާލުކޮށްފައި ވަނީ ދެ ކޮންޓްރެކްޓަރުންނާ އެވެ. "އަމާން އުދަރެސް"ގެ 16 ޓަވަރު ހަވާލުކުރީ ޖޭއެމްސީއާ އެވެ. "އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ.
އެ ފްލެޓުތައް އިމާރަތްކުރަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދާފައިވެ އެވެ. އެ ދެ ލޯނަށް ވެސް ސަރުކާރުން ވަނީ ސޮވެރިން ގެރެންޓީ ދީފަ އެވެ.
ފަހި ދިރިއުޅުން "އަމާން ދޯދި" މޮކް-އަޕް ދައްކާލައިފި
588 މީހަކު ފްލެޓަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފި
ފްލެޓުތަކުގައި މިހާރު ކުރަނީ ކުރިން އުނިކުރި ކަންކަން
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ
ފްލެޓް އެއްބަސްވުމުގައި 2،000 މީހުން ސޮއިކޮށްފި
ހާހަކަށް ވުރެ ގިނަ މީހުންނާ އެކު ފްލެޓު ސޮއިކޮށްފި
އުނިކުރި ކަމަށް ބުނަނީ އެއްބަސްވުމުގައި ނެތް ކަންކަން
ފްލެޓް އެއްބަސްވުންތަކުގައި އަލުން ސޮއިކުރަން ފަށައިފި
ފްލެޓު ލިސްޓުގައި ސޮއިކުރަން 2،665 މީހުންގެ ނަން