23 ނޮވެމްބަރ 2019
އުތުރުގެ ތިން ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
އުތުރުގެ ތިން ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ހއ. މޮޅަދު އާއި އެ އަތޮޅު ދިއްދޫގެ އިތުރުން ހދ. ކުޅުދުއްފުއްޓަށް ނައިބު ރައީސް ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގައި ހއ. އަތޮޅުގެ މަޖިލިސް މެމްބަރުންނާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ބައިވެެރިވެވަޑައިގަންނަވަ އެވެ.
މިއަދު ހެނދުނު މޮޅަދުއަށް ވަޑައިގެން އެ ރަށު ފުޓްސަލް ދަނޑު ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއަށްފަހު އެ ރަށުގައި ކުޑަކުދިންގެ ޕާކެއްގެ ބިންގާ އަޅުއްވައި ދެއްވައި އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވާނެ އެވެ.
މިއަދު މެންދުރު އެ އަތޮޅު ދިއްދު އަށް ވަޑައިގެން ހއ. އަތޮޅު ކައުންސިލާއި ދިއްދޫ ކައުންސިލާ ބައްދަލު ކުކުރައްވާނެ އެވެ. އަދި ދިއްދޫގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިރޭ ދިއްދޫގައި ބާއްވާ ތިލައުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފް ވެރިކޮށްދެއްވާނީ ވެސް ނައިބު ރައީސެވެ.
މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށު ކައުންސިލާ ބައްދަލު ކުރައްވާނެ އެވެ. އަދި އެ ރަށު ހޮސްޕިޓަލަށް ވެސް ނައިބު ރައީސް ޒިޔާރަތް ކުރައްވާނެ އެވެ.
މި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ނައިބު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާ ހަވީރެވެ.
އަތޮޅު ތެރޭ ހާލަތު ބައްލަވާލެއްވުމަށް ދޭތެރެ ދޭތެރެއިން ނައިބު ރައީސް ރަށްތަކަށް ދަތުރު ކުރައްވަ އެވެ. އެ ދަތުރުތަކުގައި ރައްޔިތުން އެދޭ ކަންކަން ބައްލަވައި ބަޖެޓުގައި އެކަންކަން އަންނަނީ ހިމަނުއްވަމުންނެވެ.
މޮޅަދޫ ބަނދަރުގެ މަސައްކަތް ފައްޓަވައި ދެއްވައިފި
މަޝްރޫއުތައް ފެށުމަށް ފަހު ނުހުއްޓޭނެ: ނައިބު ރައީސް
"ރައީސަކީ ރާއްޖެ ނުދެކޭ ފަދަ އޯގާތެރި ވެރިއެއް"
ކުޑަކުޑަ މާހިންއާ އެކު، މޮޅަދޫ ހެއްވާލައިފި
ބަހަނާތަކަށް ޖާގައެއް ނެތް: ނައިބު ރައީސް
"ހުވަފެންތައް ބޮޑު، ހާސިލްވާނީ ހެޔޮ ނިޔަތެއް އޮތީމާ"
މާހިންގެ އެދުން ނައިބު ރައީސަށް: ބަނދަރު ހަދައިދީ!
ނައިބު ރައީސް ހދ. އަތޮޅަށް ފުރާވަޑައިގެންފި
ރައީސް ޔާމީން ކުޅުދުއްފުއްޓާއި ނޮޅިވަރަމްފަރަށް
ކުޅުދުއްފުށި ސިޓީއަކަށް ހަދަން ބޭނުމީ 180 މީހުން