23 ނޮވެމްބަރ 2019
ހއ. މޮޅަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފައްޓަވައި ދެއްވައިފި އެވެ.
ހއ. މޮޅަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފައްޓަވައި ދެއްވައިފި އެވެ.
އާބާދީގައި 390 އެއްހާ މީހުން ހިމެނޭ މި ރަށަށް އަރައިފައިބަނީ ހުޅަނގު ފަރާތުގައި ހަދާފައިވާ ފާލަމަކުންނެވެ. ހުޅަނގު މޫސުމުގަޔާއި ދިޔަވަރު ހިކި ދުވަސްވަރު އެ ފާލަން ބޭނުން ކުރުމަކީ ދަތިކަމެކެވެ. މި ރަށުގައި ބަނދަރެއް ހެދުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ.
Molhadhoogai bandharu hadhan Lanka kunfugnakaa havaalu koffi
The most trusted news source in the Maldives
Mihaaru
މޮޅަދޫ ބަނދަރުގެ މަސައްކަތް ހަވާލު ކުރުން.
ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު ނައިބު ރައީސް ވިދާޅުވީ މި އަހަރުގެ ޖޫން މަހު މިރަށަށް ވަޑައިގަތުމުން ރަށުގެ ކުދި ބޮޑު އެންމެންވެސް އޭރު އެދުނު އެންމެ ބޮޑު ކަމަކީ މިރަށުގައި ބަނދަރެއް ހަދައި ދިނުން ކަމަށެވެ. އެކަމުގެ އަމަލީ މަސައްކަތް މިއަދު ފެށިގެން ދާއިރު މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދަވާ ކަމުގެ ހެއްކެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"މިއީ ރައީސް ދެއްވި ޔަގީންކަމަކީ. މިއީ މިސަރުކާރު ގެނައުމަށް ރައްޔިތުން އެންމެން ބާރުލާފައި މަސައްކަތް ކުރި ސަބަބަކީ،" މޮޅަދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާ އެކު ބެއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވިގޮތުގައި މިސަރުކާރުން އަސާސީ ހިދުމަތްތައް ފޯރުކޮށްދެނީ އެ ރަށެއްގެ ކުޑަ އަދި ބޮޑު މިނަކަށް ބަލާފައި ނޫން ކަމަށެވެ.
މޮޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފައްޓަވައި ދެއްވުމަށްފަހު ނައިބު ރައީސް ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
މޮޅަދޫގައި ބަނދަރު ހެދުމުގެ މަޝްރޫއު، 26 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން އާ އެވެ. އެއީ ސްރީ ލަންކާގެ ކުންފުންޏެކެވެ. އެއް އަހަރު ތެރޭ ނިންމަން ހަވާލުކޮށްފައިވާ މި މަޝްރޫރުގައި 232 މީޓަރު ކަނޑު ތޮއްޓަކާއި 200 މީޓަރުގެ އެއްގަމު ތޮއްޓެއް ލާނެ އެވެ. އަދި 42 މީޓަރު ރިވެޓްމެންޓް ޖަހާނެ އެވެ.
މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް ވިދާޅުވީ ހުޅަނދު މޫސުމުގައި ދަތުރު ނުކުރެވިގެންނާއި ދިޔަވަރު ހިކުމުގެ ސަބަބުން އޮޑި ދޯނި ފަހަރަށް ނުވަދެވިގެން މިރަށު އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ. އަދި އެތައް ބައެއްގެ މުދަލާއި އޮޑި ދޯނި ފަހަރަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަނދަރާ އެކު މިކަންކަމަށް އަވަސް ހައްލެއް ލިބެން ދިއުމަކީ މިރަށު ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ނިޝާން ވިދާޅުވި އެވެ.
މޮޅަދޫ ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ މި ރަށުގެ ރައްޔިތުން އެދޭ ތަރައްގީ މިސަރުކާރުން ގެނެސް ދޭނެ ކަމަށެވެ.
"މޮޅަދޫއަކީ ކުޑަ ރަށެއް ނޫން. މިއީ އުންމީދީ ރަށެއް. މޮޅަދޫއަކީ މުހިންމު ލޮކޭޝަނެއްގައި އޮތް ރަށެއް،" ޝިފާއު ވިދާޅުވި އެވެ.
ބަނދަރުގެ އިތުރުން މި ރަށުގައި ހަދާފައިވާ ފުޓުސަލް ދަނޑު ވެސް ނައިބު ރައީސް ވަނީ ހުޅުއްވައި ދެއްވައިފަ އެވެ. އަދި މި ރަށުގައި ކުޑަ ކުދިންގެ ޕާކެއް ހެދުމަށް ބިންގާ ވެސް އަޅުއްވައި ދެއްވި އެވެ.
ނައިބު ރައީސް އުތުރުގެ ތިން ރަށަކަށް ފުރާވަޑައިގެންފި
މަޝްރޫއުތައް ފެށުމަށް ފަހު ނުހުއްޓޭނެ: ނައިބު ރައީސް
"ރައީސަކީ ރާއްޖެ ނުދެކޭ ފަދަ އޯގާތެރި ވެރިއެއް"
ކުޑަކުޑަ މާހިންއާ އެކު، މޮޅަދޫ ހެއްވާލައިފި
ބަހަނާތަކަށް ޖާގައެއް ނެތް: ނައިބު ރައީސް
"ހުވަފެންތައް ބޮޑު، ހާސިލްވާނީ ހެޔޮ ނިޔަތެއް އޮތީމާ"
މާހިންގެ އެދުން ނައިބު ރައީސަށް: ބަނދަރު ހަދައިދީ!
ރަނގަޅު ކަންކަން ކުރަން ސަރުކާރުން ބިރުގަނޭ: ފައިސަލް
މަޝްރޫއުތަކަށް އެއް ބިލިއަން ހަރަދުކޮށްފިން: ސަރުކާރު
"ހާލަތުން އަރައިގަނެ ތަރައްގީ ވެސް ލަހެއް ނުކުރާނަން"