20 ޖޫން 2019
ނައިބު ރައީސް ފައިސަލް ނަސީމް ހއ. މޮޅަދު އަށް މިއަދު ވަޑައިގެންނެވުމުން އެ ރަށު ޖެޓީ މައްޗަށް ނުކުމެ ތިބި މީހުންގެ ތެރެއިން އެންމެ ބޮޑު ސަމާލު ކަމެއް ހުއްޓުނު އެއް ކުއްޖަކީ އުމުރުން ތިން އަހަރުގެ މާހިން މުހައްމަދަށެވެ. ސަފުގެ މެދަކަށްހާ ހިސާބުގައި މާހިން ހުއްޓަސް، އެ ކުއްޖާގެ ހިތުގައި އޮތް ކަމެއް އޭރަކު އެ ތަނަށް އެއްވެފައި ތިބި އެއްވެސް މީހަކަށް އެނގުނުހެން ހީއެއް ނުވެ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ހއ. މޮޅަދު އަށް މިއަދު ވަޑައިގެންނެވުމުން އެ ރަށު ޖެޓީ މައްޗަށް ނުކުމެ ތިބި މީހުންގެ ތެރެއިން އެންމެ ބޮޑު ސަމާލު ކަމެއް ހުއްޓުނު އެއް ކުއްޖަކީ އުމުރުން ތިން އަހަރުގެ މާހިން މުހައްމަދަށެވެ. ސަފުގެ މެދަކަށްހާ ހިސާބުގައި މާހިން ހުއްޓަސް، އެ ކުއްޖާގެ ހިތުގައި އޮތް ކަމެއް އޭރަކު އެ ތަނަށް އެއްވެފައި ތިބި އެއްވެސް މީހަކަށް އެނގުނުހެން ހީއެއް ނުވެ އެވެ.
މާހިން އަށް އެ ޚިޔާލު އަންނާނެ ކަމަށް އެ ކުއްޖާ އުރައިގެން ހުރި މަންމަ އަށް ވެސް ވިސްނިފައެއް ނެތެވެ.
ނައިބު ރައީސް ފައިސަލް، މާހިންއާ އަރާ ހަމަވުމާ އެކު، އެ ރަށު ރައްޔިތުން އެންމެ ދެކެން ބޭނުންވާ ހުވަފެން އެ ކުއްޖާ ހާމަކޮށް ދިނީ އެއްވެސް ޖެހިލުމެއް ނެތި ހިނިތުންވުމުގަ އެވެ. މޮޅަދޫ ބަނދަރު ހަދައި ދިނުމަށް މާހިން އެދުނީ ހަމައެކަނި އެ ކުއްޖާގެ ބޭނުމެއް އޮވެގެނެއް ނޫނެވެ. އެއީ ރަށުގައި ދިރިއުޅޭ މަދު އަދަދެއްގެ ބަޔަކާއި ރަށަށް އަރައި ފައިބާ ހަދާ މީހުންގެ ފަސޭހަ އަކަށެވެ.
މޮޅަދޫގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖެންޑަ މިނިސްޓަރު ފެނަކައިގެ ޓީޝާޓް ދެއްވަނީ. އެ ކުއްޖާ އަށް މޮޅަދޫގައި ހުންނަ އިންޖީނުގެއިން ވަނީ ވަޒީފާ ދީފައި. --- ފޮޓޯ: ރައީސް އޮފީސް
މޮޅަދޫގައި އޮގަސްޓް 9، 2015 އިން ފެށިގެން ބޭނުން ކުރަމުން އަންނަނީ ލަކުޑި ޖެޓީ އެކެވެ. މޫސުން ގޯސްވެ، ފަޅުތެރޭގައި އޮއިވަރު ގަދަވާ އިރު ޖެޓީ އަށް އުޅަނދުފަހަރު ކައިރި ކުރުމަކީ ދަތި ކަމެކެވެ.
އެކަމަށް ހައްލެއް ހޯދައި ދޭން އެ ރަށުގެ އެހެން މީހުންނަށް ވުރެ ކުރިން ނައިބު ރައީސް ފައިސަލް އަރިހުން އެދުނީ ކުޑަކުޑަ މާހިން އެވެ. އެއީ ކަމުގެ ސީރިއަސް ކަން ބޮޑު ކަމުންނެވެ. މޮޅަދޫގައި ދިރިއުޅޭ މީހުންނާ ބައްދަލު ކުރައްވައި މާހިންގެ ވާހަކަ ފައިސަލް ފާހަގަ ކުރެއްވީ ހައިރާންވެވަޑައިގެން ހުންނަވަ އެވެ.
މޮޅަދޫގައި ދިރިއުޅޭ މީހުންނާ ބައްދަލު ކުރައްވައި ނައިބު ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އެކަމާ ގުޅިގެން ސަރުކާރުން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވެސް އެކަން ވަރަށް ގާތުން ބައްލަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މޮޅަދޫގެ ކައުންސިލަރުންނާ ބައްދަލު ކުރައްވައި ފައިސަލް ވެސް ވިދާޅުވީ، އެ ރަށުގެ ރައްޔިތުންނަށް ބަނދަރުގެ މުހިންމު ކަން އިހްސާސް ކުރެއްވިފައިވާ ކަމަށެވެ. ރައްޔިތުންނާ ގުޅޭ ކަންކަމުގައި މޮޅަދޫ ކައުންސިލަރުން ވެސް ފަރުވާ ކުޑަ ނުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމާއި އެމަނިކުފާނުގެ ދަތުރުފުޅުގެ ބައިވެރިން މިއަދު ފޮޓޯއަކަށް ހުއްޓިގެން. --- ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑުމެންނާ ގުޅަންވީ ހަމަ. އަޅުގަނޑުމެންނަށް އުނދަގުލެއް ނުވާނެ ގުޅުމަކުން. ހަނދާން ކޮށްދިނުމަކީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ގަބޫލު ކުރަނީ. ތިޔަބޭފުޅުން ގަބޫލު ކުރައްވާ. މި ކަންކަމުގައި ދެމި ތިބޭނަން،" ތަރައްގީގެ މަޝްރޫއުތައް ހިންގަވާނެ ކަމުގެ ޔަގީންކަން ދެއްވައި ނައިބު ރައީސް ވިދާޅުވި އެވެ.
ފައިސަލްގެ މި ދަތުރުފުޅުގައި ވަނީ، މޮޅދޫގައި ދިރިއުޅޭ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ފެނަކަ އިން ވަޒީފާ ދޭން ނިންމައި އެކަމުގެ ލިޔުން ހަވާލު ކޮށްދެއްވައިފަ އެވެ. ވަޒީފާގެ ލިޔުމާއި ފެނަކަ ކޯޕަރޭޝަންގެ ޓީޝާޓް ހަވާލުކޮށް ދެއްވީ ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފެވެ.
ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ނައިބު ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި، އެމަނިކުފާނު މޮޅަދު އަށް ފަހު ވަޑައިގަތީ އުލިގަމަށާއި ތުރާކުނަށާއި ހޯރަފުއްޓަށެވެ. އެމަނިކުފާނު ވަނީ މި ރަށް ރަށުގައި ހުންނަ މުހިންމު އިދާރާތަކަށް ވަޑައިގެން ޝަކުވާތައް އަޑު އައްސަވައިފަ އެވެ. އަދި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާ އެންމެ މުހިންމު ކަންކަމަށް އިސްކަން ދީގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަޝްރޫއުތައް ފެށުމަށް ފަހު ނުހުއްޓޭނެ: ނައިބު ރައީސް
ކުޑަކުޑަ މާހިންއާ އެކު، މޮޅަދޫ ހެއްވާލައިފި
މޮޅަދޫ ބަނދަރުގެ މަސައްކަތް ފައްޓަވައި ދެއްވައިފި
ނައިބު ރައީސް އުތުރުގެ ތިން ރަށަކަށް ފުރާވަޑައިގެންފި
ނުކުޅެދޭ މީހަކަށް ނައިބު ރައީސްގެ ހަދިޔާ އަކީ ވަޒީފާ!
ރައްޔިތުންގެ ފައިސާ އިސްރާފެއް ނުކުރާނަން: ނައިބުރައީސް
ހޯރަފުށީގައި އެއާޕޯޓު އަޅަން ބޮޑު ބައެއް ހިއްކައިފި
ކުރިނބީ ރައްޔިތުން ނިކުމެ ޖެޓީ ސަރަހައްދު ކޮނެފި
މަޖިލީހުން މަޝްރޫއުތަކަށް ހުރަސްއަޅާ: ރައީސް
ހއ. އަތޮޅަށް ގިނަ މަޝްރޫއުތަކެއް