Roadha Mihaaru
ނުކުޅެދޭ މީހަކަށް ނައިބު ރައީސްގެ ހަދިޔާ އަކީ ވަޒީފާ!

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ނައިބު ރައީސް ވަޒީފާ ހަމަޖައްސަވައިދެއްވައިފި

23 ޖޫން 2019

ނައިބު ރައީސް ފައިސަލް ނަސީމް މިދިޔަ ބުރާސްފަތި ދުވަހު ހއ. މޮޅަދު އަށް ވަޑައިގެންނެވި އިރު، ސަފުގެ އެންމެ ކުރީގައި ހުރީ ހާއްސަ އެހީ އަށް ބޭނުންވާ ޖާދުﷲ އަރަފާތު، 22، އެވެ. ނައިބު ރައީސަށް އާންމުންގެ ތެރެއިން އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ އެމްއެންޑީއެފްގެ ޔުނިފޯމެއް އަޅައިގެން ހުރި އަރަފާތެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނައިބު ރައީސް ފައިސަލް ނަސީމް މިދިޔަ ބުރާސްފަތި ދުވަހު ހއ. މޮޅަދު އަށް ވަޑައިގެންނެވި އިރު، ސަފުގެ އެންމެ ކުރީގައި ހުރީ ހާއްސަ އެހީ އަށް ބޭނުންވާ ޖާދުﷲ އަރަފާތު، 22، އެވެ. ނައިބު ރައީސަށް އާންމުންގެ ތެރެއިން އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ އެމްއެންޑީއެފްގެ ޔުނިފޯމެއް އަޅައިގެން ހުރި އަރަފާތެވެ.

މޮޅަދު އަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ ވެސް އެ ރަށަށް އުފަން އަރަފާތަށެވެ.

އަރަފާތަކީ އެމްއެންޑީއެފާ ގުޅުމަށް އަބަދުވެސް ލޯބި ކުރަމުން އައި ޒުވާނެކެވެ. އެކަމަކު އޭނާގެ މަންމަ ފާތުމަތު އާދަމްގެ ބޮޑު އެހީތެރިކަމެއް އަރަފާތަށް އަބަދުވެސް ދޭން މަޖުބޫރެވެ. އެހެންވެ، އެމްއެންޑީއެފްގެ ތަމްރީނަށް އަރަފާތު ފޮނުވުމަށް އޭނާގެ މަންމަ ގަބޫލެއް ނޫނެވެ. އޭނާ ދެން އެންމެ ބޮޑަށް ކުރަމުން އައި އުންމީދަކީ ރަށުގައި ފެނަކަ އިން ބަލަހައްޓާ އިންޖީނުގެ އިން ވަޒީފާއެކެވެ.

ބޭނުން ވަނީ ކޮން ކަމެއްތޯ ނައިބު ރައީސް، އަރަފާތު ކައިރީގައި އެ ދަތުރުގެ ތެރެއިން އެއްސެވުމުން ޖަވާބުގައި އަރަފާތު ބުނީ ފެނަކަ އިން ވަޒީފާއެއް ކަމަށެވެ. އަދި ނައިބު ރައީސް ވަނީ އަރަފާތުގެ ހުށަހެޅުން ގަބޫލުފުޅު ކުރައްވައި، އެ ވަޒީފާ ލިބޭނެ ކަމުގެ ޔަގީންކަން އޭނާ އަށް ދެއްވައިފަ އެވެ. އެންމެ ފަހުން ނައިބު ރައީސް ރަށުން ފުރާވަޑައިގަތީ، އެކަމުގެ ލިޔުން އަރަފާތާ ހަވާލު ވެސް ކުރައްވައިފަ އެވެ.

އަރަފާތު ފެނަކައިގެ ވަޒީފާ އަށް ރަސްމީކޮށް ނުކުތީ މިއަދެވެ. ނައިބު ރައީސް ވަނީ އަރަފާތަށް ދޭން ޖެހޭ ތަމްރީންތަކާއި ވަޒީފާގައި ކުރަން ޖެހޭ ކަންކަން ކިޔައިދީ ހެދުމަށް މޮޅަދޫގައި ހުންނަ އިންޖީނުގެ ބަލަހައްޓާ ވެރިންނަށް އިލްތިމާސް ވެސް ކުރައްވައިފަ އެވެ.

"އަޅުގަނޑު ހަމަ އުފަލުން ގޮސް ރޮވުނު. ނައިބު ރައީސް އެއްސެވީ ވަޒީފާ ބޭނުން ވަނީ ކޮންތާކުންތޯ. ފެނަކައިންނޭ ބޭނުމީ ބުނީމަ، އެ ހިނދުން ހިނދަށް ހަމަޖެއްސީ،" ---ފާތުމަތު
އަރަފާތަށް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް ފެނަކައިގެ ޓީޝާޓް ދެއްވަނީ. އޭނާ އަށް މޮޅަދޫގައި ހުންނަ އިންޖީނުގެއިން ވަނީ ވަޒީފާ ދީފައި. --- ފޮޓޯ: ރައީސް އޮފީސް

އަރަފާތަށް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް ފެނަކައިގެ ޓީޝާޓް ދެއްވަނީ. އޭނާ އަށް މޮޅަދޫގައި ހުންނަ އިންޖީނުގެއިން ވަނީ ވަޒީފާ ދީފައި. --- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސާ ބައްދަލު ކުރެއްވުމަށް މޮޅަދޫގައި ބޭއްވި ބައްދަލުވުމުގައި އަރަފާތު ބުނީ ފެނަކަ އިން ވަޒިފާ ލިބުމުން ވަރަށް އުފާވާ ކަމަށެވެ. މިއީ ވަރަށް ބޭނުންވި ވަޒީފާއެއް ކަމަށް އޭނާ ބުންޏެވެ. އަދި ނައިބު ރައީސް ވަޒީފާ ދެއްވުމާ ގުޅިގެން އެމަނިކުފާނަށް އޭނާ ޝުކުރު އަދާކުރި އެވެ.

ނައިބު ރައީސްގެ އެ ނިންމެވުމާ ގުޅިގެން އެކަމުގެ އެންމެ ބޮޑު އުފަލެއް ލިބުނު އަރަފާތުގެ މަންމަ ފާތުމަތު 45، "މިހާރު" އަށް ބުނީ ނައިބު ރައީސްގެ ފަރާތްޕުޅުން އަރަފާތަށް ވަޒީފާ ލިބިދާނެ ކަމަށް އުންމީދު ވެސް ނުކުރާ ކަމަށެވެ. އެއީ ކުރިން އެނގުނު ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު ހަމަ އުފަލުން ގޮސް ރޮވުނު. ނައިބު ރައީސް އެއްސެވީ ވަޒީފާ ބޭނުން ވަނީ ކޮންތާކުންތޯ. ފެނަކައިންނޭ ބޭނުމީ ބުނީމަ، އެ ހިނދުން ހިނދަށް ހަމަޖެއްސީ،" ފާތުމަތު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިދިޔަ އަހަރާ ޖެހެން ދެން އަރަފާތު ގެންގުޅުނީ ހއ. އިހަވަންދޫ ސްކޫލްގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެމުން އަންނަ ޑަޔަމަންޑް ކްލާހުގަ އެވެ. އަދި އަރަފާތަށް ވަޒީފާއެއް ހޯދައިދިނުމުގެ ބޭނުމުގައި މޮޅަދު އަށް ބަދަލުވީ މި އަހަރުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ މައިންބަފައިން ވެސް ވަރަށް ބޮޑަށް މުސްކުޅިވެފައިވާތީ އާއި އެ މީހުން ވެސް ރަަށަށް އަންނަން ކިޔާތީ ރަށަށް ބަދަލުވީ،" ފާތުމަތު ބުންޏެވެ.

ނައިބު ރައީސް ހއ. މޮޅަދޫގައި. އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި. --- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ހއ. މޮޅަދޫގައި. އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި. --- ފޮޓޯ: ރައީސް އޮފީސް

ރަށަށް ބަދަލުވެ، އަރަފާތަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ފެށީ ހާއްސަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަށް ސަރުކާރުގެ މުއައްސަސާތަކުން ވަޒީފާ ލިބޭތީ ކަމަށް ފާތުމަތު ބުންޏެވެ. އެގޮތުން އަރަފާތަށް އަމިއްލަ އަށް ދިރިއުޅެވޭ ފަދަ މަސައްކަތެއް ހޯދައިދޭން އަބަދުވެސް އުންމީދު ކުރި ކަމަށް އޭނާ ބުންޏެވެ.

"އަރަފާތު އިހަވަންދޫގައި އުޅުނު އިރު، އޭނާގެ ގާތް ރަހްމަތްތެރިއަކަށް ފެނަކަ އިން ވަޒީފާ ލިބުނީ. އެއީ ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް. އޭރުން ފެށިގެން އަރަފާތު ބޭނުންވީ ފެނަކަ އިން ވަޒީފާ. އަޅުގަނޑު ހިތުގައި އޮވޭ ފެނަކައިން ވަޒީފާ ލިބިއްޖެއްޔާ ވަރަށް ރަނގަޅު ވާނެއޭ،" ފާތުމަތު ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި އަރަފާތު ކަހަލަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަޒީފާ ލިބުމަކީ އެފަދަ ކުދިންނަށް ސަރުކާރުން ދޭ އަހަންމިއްޔަތު ކަން ހާމަކޮށްދޭ ކަމެކެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި އަރަފާތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަރަފާތަށް މިހާރު ވެސް ބޮޑު ކުރިއެރުމެއް ލިބިފައި ވަނީ. ސްކޫލްގައި އުޅުން އިރު، ދިވެއްސާއި އިނގިރޭސި ދުވަހާއި ގުރުއާން މުބާރާތްތަކުގައި ވެސް ބައިވެރިވެފައި ހުރީ،" ފާތުމަތު ބުންޏެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ހއ. މޮޅަދޫގައި. --- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް ހއ. މޮޅަދޫގައި. --- ފޮޓޯ: ރައީސް އޮފީސް

އަރަފާތަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެމްއެންޑީއެފް އިން އޭނާ އަށް ސިފައިންގެ ޔުނިފޯމެވެ. އެއީ އެމްއެންޑީއެފުން ބޭއްވި މަލްޓި މީޑީއާ ކޯހެއްގައި ބައިވެރިވެގެން ލިބުނު ޔުނިފޯމެކެވެ. އަރަފާތު ބޭނުންވާ އިރެއްގައި އެ ޔުނިފޯމް ލައިގެން އުޅުމަށް އެއްވެސް ހުރަހެއް ނެތެވެ.

އަރަފާތުގެ އަހުލާގާ ގުޅޭ ގޮތުން އޭނާގެ މަންމަ ބުނީ އަރަފާތަކީ އަހުލާގު ރަނގަޅު، ވަރަށް ކިޔަމަންތެރި ޒުވާނެއް ކަމަށެވެ.

އަރަފާތަށް ފެނަކަ މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށް އާއިލާ އިން އުންމީދު ކުރެ އެވެ.