21 މާޗް 2022
ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ "ސްކްރީން-ރީޑިން" ސޮފްޓްވެއާއެއް އެޑިއުކޭޝަން މިނިސްޓްރީން މިިއަދު ލޯންޗުކޮށްފި އެވެ.
ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ "ސްކްރީން-ރީޑިން" ސޮފްޓްވެއާއެއް އެޑިއުކޭޝަން މިނިސްޓްރީން މިިއަދު ލޯންޗުކޮށްފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި "ޝާމިލް އަޑު" ގެ ނަމުގައި ޖަވާބު ގުރޫޕުން ތައްޔާރުކުރި ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެ ޕްލެޓްފޯމްގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭނެ ގިނަ ޕްލެޓްފޯމްތަކަކަށް ސަޕޯޓުކުރާނެ ފަދަ ސޮފްޓްވެއާއެއް ފަރުމާކުރާށެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފުކުރެވުނު ދިވެހި ސްކްރީން-ރީޑިންގ ސޮފްޓްވެއަރ، 'ޝާމިލުއަޑު' ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް އިފްތިތާޙް ކޮށްދެއްވުން. pic.twitter.com/Hf6Bfo8WYA
— Ministry of Education (@MoEdumv) March 21, 2022
ދިވެހި ސްކްރީން ރީޑިން ސޮފްޓްވެއާ، ޝާމިލްއަޑު، އެންޑްރޮއިންޑް އަދި އައިއޯއެސްގައި ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ އެކި ކަންކަން ހާސިލްކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. ހާއްސަކޮށް ސްކޫލްތެރެއާ ސްކޫލުން ބޭރުގައި ހިންގާ ހަރަކާތްތަކުގައި ވެސް އެ ކުދިންގެ ބައިވެރިކުރެވޭ ވެއްޓެއް ގާއިމްކުރުމަށް ކުރާ މަސައްކަތް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ޝާމިލްއަޑު" ސޮފްޓްވެއާއަކީ އޮންލައިންކޮށް އެއްވެސް އިންޓަނެޓް ކަނެކްޝަނެއް ނެތި ބޭނުންކުރެވޭ ސޮފްޓްވެއާއެކެވެ. ކޮޕީ ޕޭސްޓުކޮށް ދިވެހި ލިޔުންތައް ކިޔުމަށް ވެސް އެ ސޮފްޓްވެއާ ބޭނުންކުރުމުގެ އިތުރުން އެންޑްރޮއިް ޕްލެޓްފޯމްގައި ޖޯކްބެކް ސާވިސްއާއެކު ސިސްޓަމް ޓީޓީއެސް ސާވިސްއެއްގެ ގޮތުގައި ވެސް އެ ޕްލެޓްފޯމް ބޭނުންކުރެވޭނެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަަށް ހާއްސަ ޕްރޮގްރާމެއް
"ޖީލެއް ބިނާކުރަން އޭ ގްރޭޑު ޓީމެއް އުފައްދަންޖެހޭ"
ޕްރިންސިޕަލުން ތަމްރީނުކުރަން 20 ސްކޮލަޝިޕް ދީފި
ބޭނުމީ ހިޖުރަކުރި އާއިލާތައް ރަށަށް ދިއުން: މިނިސްޓަރު
އެނދުމަތިވެފައި ތިބި ކުދިންނަށް އެނދު ހަދިޔާކޮށްފި
ހުރިހާ ކުދިންނަށް ކިޔެވޭ ގޮތަށް ސްކޫލުތައް ބަދަލުކުރަނީ
އެހީ ބޭނުންވާ ކުދިންނަށް އަފީފުއްދީނުން ހިތްހަމަޖެހުން
އެންމެ ބޮޑު ގެއްލުމެއްވީ ތައުލީމީ ދާއިރާއަށް: ފައިސަލް
ޚާއްސަ އެހީ ބޭނުންވާ ކުދިންނަށް ފުރުސަތު ފަހިކޮށްދެނީ
ޖަމާލުއްދީނުން ދެއްކީ ފަހުރުވެރިވާ ނަމޫނާއެއް: ފައިސަލް