03 މާޗް 2022
ގައުމައިގެން ކުރިއަށްދާނެ ރަނގަޅު ޖީލެއް ބިނާކުރަން އޭ ގްރޭޑުގެ ޓީމެއް އުފެެއްދުމަށްޓަކައި މަސައްކަތްކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
ގައުމައިގެން ކުރިއަށްދާނެ ރަނގަޅު ޖީލެއް ބިނާކުރަން އޭ ގްރޭޑުގެ ޓީމެއް އުފެެއްދުމަށްޓަކައި މަސައްކަތްކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
ސްކޫލް ހިންގުމުގެ ދާއިރާއިން މާސްޓާސްއަށް ކިޔެވުމުގެ 20 ސްކޮލަޝިޕް ލިބުނު މީހުންނަށް ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ހިތްދަތި އަދި އުނދަގޫ އެތައް ކަމަކާ ދިމާވެއްޖެ ކަމަށެވެ.
ދުނިޔޭގެ މަސްރަހުން ވެސް ފެންނަނީ އެންމެ ހިތްހަމަޖެހޭ ގޮތަށް ނޫން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވިދާޅުވީ ހަރުދަނާ ޖީލެއްގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ޓީޗަރުންނާއި މައިންބަފައިން އަދި މުޅި މުޖުތަމައު ކުރިން ނުވިސްނާ ވަރަށް ވިސްނައި، ގުޅިގެން ކުރިއަށްދާނެ ރަނގަޅު ޖީލެއް ބިނާކުރަން އޭ ގްރޭޑުގެ ޓީމެއް އުފެެއްދުމަށްޓަކައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ރާއްޖެ ފަދަ ކުޑަ ގައުމެއް ކުރިއެރެން އޮތީ، ނައިބު ރައީސް ވިދާޅުވި ގޮތުގައި، އަހަރެމެންނަށް އުފެދޭ ރަނގަޅު ޖީލަކުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހިދުމަތް ދޭން ތިބި މީހުންގެ އަމާނާތްތެރިކަމާއި ކެތްތެރިކަމާއި ހިތްހެޔޮކަމާއެކު ދޭ ހިދުމަތަކުން ކަމަށާއި ކުރީގައި ވިސްނުން ހުރި ގޮތަށް ދިވެހިންގެ ވިސްނުން ބަހައްޓައިފިނަމަ ފަހުން ލިބުނު ގެއްލުންތަކުން އަރައިގަންނަން ފަސޭހައެއް ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސްކޫލް ހިންގުމުގެ ދާއިރާއިން މާސްޓާސްއަށް ކިޔެވުމުގެ 20 ސްކޮލަޝިޕް ލިބުނު މީހުންނަށް ލިޔުން ހަވާލުކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"އަޅުގަނޑުމެންގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަންޖެހޭ. ހަރަދުތައް ކުޑަކުރަންޖެހޭ. ބޭކާރު ކަންތައްތަކުން ދުރުހެލިވާންޖެހޭ. މިއިން ކޮންމެ ކަމަކީ ސްކޫލްތެރޭގައި ދަރިވަރުންނަށް ދައްކުވައިދޭ ކަންތައްތައް،" އިސްކަންދަރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ތައުލީމީ ދާއިރާ ހަރުދަނާކުރަން ސަރުކާރުން ކުރަނީ ސްކޫލްތައް ތަރައްގީކުރުން އެކަނި ނޫން ކަމަށާއި އެ ކަންތައްތަކާއެކު އިންސާނީ ވަސީލަތް ތަރައްގީކުރަމުން އަންނަ ކަމަށެވެ.
އެއާއެކު އެންމެ ޒަމާނީ ވަސީލަތްތަކާއެކު ސްކޫލަށް ވަރުގަދަ ޓީމެއް ބޭނުންވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައުބު ރައީސް ވިދާޅުވީ ސްކޫލަކަށް ރަނގަޅު ޕްރިންސިޕަލުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެ މީހުންގެ ކިބައިގައި ލީޑަޝިޕް އަދި ކެތްތެރިކަމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ކުރާ ކޮންމެ ކަމެއްގައި އަބަދު ވެސް އިންސާފުވެރި ވާން ޖެހޭނެކަން ފާހަގަކުރެއްވި އެވެ.
އަދި ވިދާޅުވީ ހޯދޭ ސަނަދުތަކުން އެކަނި ނުފުދޭ ކަމަށާއި މުހިއްމު ސިފަތަކާއެކު މަސައްކަތްކޮށް، ޓީމެއް ލީޑްކުރެވެން ޖެހޭނެ ކަމަށެވެ. އެކަން ނުވާނަމަ ކިތައްމެ ވަރަކަށް ކިޔެވި ނަމަވެސް އޭގެ ބޭނުމެއް ނެތް ކަމަށެވެ.
މުސާރަ ބޮޑުކޮށް، އިނާޔަތް ދޭން ޕްރިންސިޕަލުން އެދެފި
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ޓީޗަރުންނަށް ބޮޑު މުސާރަ ލިބި އުފާވެރިކަން
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
ބޮޑުކުރި މުސާރަ: ހައްގު މިންވަރުގެ ފެށުމެއް
ދަރިވަރުން ހަވާލުކުރާ މީހަކު ޔަގީންކުރަން އަންގައިފި
ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާއެއް ބާއްވަނީ
ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރަން ބުނިތާ ދެ އަހަރު
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި