30 މެއި 2022
ސަރުކާރުގެ ވައުދާ އެއްގޮތަށް ޓީޗަރުންނާއި ޕްރިންސިޕަލުންނަށް މި މަހު ބޮޑު މުސާރަ ދީފި އެވެ.
ސަރުކާރުގެ ވައުދާ އެއްގޮތަށް ޓީޗަރުންނާއި ޕްރިންސިޕަލުންނަށް މި މަހު ބޮޑު މުސާރަ ދީފި އެވެ.
ތައުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ދިވެހިން ނުލިބޭ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ މި މަހުން ފެށިގެން ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކޮށްފަ އެވެ. އާ އޮނިގަނޑުގެ ދަށުން މިއަދު ވަނީ ޓީޗަރުންނާއި ޕްރިންސިޕަލުންނަށް މުސާރަ ދީފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އާ އޮނިގަނޑަށް ހިޖުރަކުރި މީހުންނަށް މުސާރަ ޖަމާވުމުން އެ މުވައްޒަފުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަން ކަމަށެވެ.
"ޝުކުރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު" ހެޔޮވެރިކަމުގެ ހޭޝްޓެގާއެކު ކުރެއްވި ޓްވީޓުގައި މިނިސްޓަރު ވިދާޅުވި އެވެ.
އެ މުވައްޒަފުންގެ މުސާރައަށް އިތުރު 488 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އާ އޮނިގަނޑުގެ ދަށުން ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266ރ. ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467ރ. އަދި މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895ރ. ލިބޭނެ އެވެ. ޕްރިންސިޕަލުންގެ ތެރެއިން ވެސް ރޭންކް 1 ގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610ރ. އަދި ރޭންކް 2 ގައި ހިމެނޭ ޕްރިންސިޕަލަކަށް 33،075ރ. ލިބޭނެ އެވެ.
ٱلْحَمْدُ لِلَّٰهِ
— Aishath Ali (@aisthly) May 30, 2022
މޭ މަސް ނިމި އާ އޮނިގަނޑަށް ހިޖުރަކުރި ފަރާތްތަކުގެ މުސާރަ ޖަމާވެއްޖެ. މުވައްޒަފުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަން. ޝުކުރިއްޔާ ރައީސް @ibusolih#Heyoverikan
އެޓެންޑެންސް އެލެވެންސްގެ ގޮތުގައި ޓީޗަރުންނާއި ޕްރިންސިޕަލުން ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް ވެސް އެލަވަންސް ލިބެ އެވެ. އެކަމަކު، މި މަހު ބަންދު ދުވަސްތައް ގިނަވުމުން މުސާރައިގެ އަސްލު ބަދަލު ފެންނާނީ އަންނަ މަހު އެވެ.
އެކަށީގެންވާ އުޖޫރައެއް ނުލިބޭ ކަމުގެ ޝަކުވާތަކާއެކު ބައެއް ޓީޗަރުންނާއި ޕްރިންސިޕަލުން މީގެ ކުރިން ވަނީ އެ ދާއިރާއިން ދޫކޮށް، އެހެން ދާއިރާއާ ގުޅިފަ އެވެ. އެކަމަކު، މުސާރައިގެ ބަދަލުތައް އާއްމުކުރި ފަހުން ތައުލީމީ ދާއިރާއަށް އަލުން ގުޅުމަށް ބައެއް މީހުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ މުސާރައަށް ގެނައި ހެޔޮ ބަދަލުތަކުގެ ސަބަބުން އެ ދާއިރާއާ ދެވަނަ ފަހަރަށް ގުޅެން ބޭނުންވެގެން މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
"ސެކްޓާ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުން ނުވަތަ އެހެން ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ވެސް [އަލުން ތައުލީމީ ދާއިރާއަށް ވަނުމަށް] ޝައުގުވެރިކަން ފާޅުކޮށްފައި އެބަހުރި. މިނިސްޓްރީއަށް ސިޓީ ވެސް ފޮނުވާފައި އެބަހުރި،" މުޖާހިދު ވިދާޅުވި އެވެ.
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
މުސާރަ ބޮޑުކުރީމަ ބައެއް ޕްރިންސިޕަލުންނަށް ގެއްލުން
ކުދި ރަށްރަށަށް ދާ ޓީޗަރުންނަށް ހާއްސަ އެލަވަންސެއް ދެނީ
ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ތާށިވެފައި!
ޓީޗަރުންގެ މުސާރައަށް ހެޔޮ ގޮތްތަކެއް ވާނެ: މިނިސްޓަރު
މުސާރަ ބޮޑުކޮށް، އިނާޔަތް ދޭން ޕްރިންސިޕަލުން އެދެފި
ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރަން ބުނިތާ ދެ އަހަރު
ޓީޗަރުންގެ މުސާރައަށް އިސްލާހު ގެންނަން ޖެހޭތޯ ބަލަނީ
އުސޫލެއް ނެތި ވެހި އެވޯޑު ދިނުމުން ޖަލްސާ "ބޮއިކޮޓް" ކޮށްފި