01 މެއި 2022
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާންކުރެއްވި މުސާރައިގެ އާ އޮނިގަނޑަކީ ތައުލީމީ ދާއިރާގެ ދިގު އިންތިޒާރެއްގެ ނިމުމެވެ؛ ބުރަ މަސައްކަތާ އެކަށީގެން ނުވާ އުޖޫރައެއްގައި ޓީޗަރުން ދެމިތިބޭތާ އެތައް އަހަރެއް ވެއްޖެ އެވެ. މި ޝަކުވާއަށް ނިމުން މިއައީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވި ގޮތުގައި، އުޖޫރައިގެ ގޮތުގައި އެ ދާއިރާއަށް ހައްގުވާ މިންވަރު ދޭން ފެށިގެންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާންކުރެއްވި މުސާރައިގެ އާ އޮނިގަނޑަކީ ތައުލީމީ ދާއިރާގެ ދިގު އިންތިޒާރެއްގެ ނިމުމެވެ؛ ބުރަ މަސައްކަތާ އެކަށީގެން ނުވާ އުޖޫރައެއްގައި ޓީޗަރުން ދެމިތިބޭތާ އެތައް އަހަރެއް ވެއްޖެ އެވެ. މި ޝަކުވާއަށް ނިމުން މިއައީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވި ގޮތުގައި، އުޖޫރައިގެ ގޮތުގައި އެ ދާއިރާއަށް ހައްގުވާ މިންވަރު ދޭން ފެށިގެންނެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވަނީ އާ އޮނިގަނޑަށް އައި ބަދަލުން ބައެއް މިސާލުތައް ދައްކަވައިފަ އެވެ.
ރ. ފައިނުގެ ޕްރިންސިޕަލަށް މިދިޔަ މަހުގެ މުސާރައިގެ ގޮތުގައި ގެއަށް ގެންދަން ލިބުނީ 14،800ރ. އެވެ. އެކަމަކު މުސާރައަށް ގެނައި ބަދަލާ އެކު 30،000ރ. މި މަހުން ފެށިގެން ލިބޭނެ އެވެ.
މިއީ، ނިސްބަތުން ވަރަށް ބޮޑު ކުރިއެރުމެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ސ. ހިތަދޫ ސްކޫލުގެ ޕްރިންސިޕަލަށް މިދިޔަ މަހުގެ މުސާރައިގެ ގޮތުގައި 27،800ރ. ލިބުނަސް މި ބަދަލާ އެކު 37،000ރ. އަށް ވުރެން މަތިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހުރަވީ ސްކޫލުގެ ޕްރިންސިޕަލަށް މިހާތަނަށް ލިބެމުން އައީ 27،600ރ. އެވެ. އެކަމަކު 37 ޕަސެންޓަށް މުސާރަ ބޮޑުވެ ގެއަށް ގެންދަން 38،000ރ. ލިބޭނެ އެވެ.
މިނިސްޓަރު ވިދާޅުވީ 14،000ރ. ލިބެމުން އައި ލީޑިން ޓީޗަރުންނަށް އަންނަ މަހު 28،000ރ. އަށް ބޮޑުވާނެ އެވެ. މިއީ 63 ޕަސެންޓަށް ވުރެން ބޮޑު ކުރިއެރުމެކެވެ.
އިމާދުއްދީން ސްކޫލުގައި 14،000ރ. ލިބޭ ޓީޗަރެއްގެ މުސާރަ 19،400ރ. އޯޓީއާ ނުލައި ބޮޑުވާނެ އެވެ.
ޑިގްރީ ފެންވަރުގެ 12،000ރ. ލިބޭ ޓީޗަރުންނަށް 19،400ރ. ގެ ކުރިއެރުމެއް ލިބޭނެ އެވެ. މާސްޓާސް ލެވެލްގެ 15،000ރ. ލިބެމުން އައި ޓީޗަރުންގެ މުސާރަ ވަނީ 20،000ރ. އަށް ވުރެން ބޮޑުވެފަ އެވެ.
އެޑިއުކޭޝަން ޕްރޮފެޝަނަލުންގެ މުސާރަ ވެސް ބޮޑުކޮށްފައިވާ އިރު 17،000ރ. އިން 25،000ރ. އަށް ވަނީ ބޮޑުވެފަ އެވެ.
މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި ގޮތުގައި އާ އޮނިގަނޑާ އެކު ތައުލީމީ ދާއިރާގެ 8،800 އަށް ވުރެން ގިނަ މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުވެފަ އެވެ. ޖުމްލަކޮށް 37 ޕަސެންޓުން ފެށިގެން 87 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް މުސާރަތަކަށް ވަނީ އައިސްފަ އެވެ.
މި އިތުރުވި މުސާރަ އަށް ދައުލަތުގެ ބަޖެޓުން 488 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.
"މިއީ ތައުލީމީ ދާއިރާއަށް ލިބުނު އީދު ހަދިޔާއެއް. އަޅުގަނޑުމެން އުފަލުން މިތިބީ،" މިނިސްޓަރު ވިދާޅުވި އެވެ.
މުސާރާއިގެ އޮނިގަނޑު ހަދާފައި ވަނީ މައިގަނޑު ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އަސާސީ މުސާރަ އާއި މަގާމުގެ އެލަވަންސް އަދި ހަޒިރީގެ އިނާޔަތް ހިމެނޭ ގޮތަށެވެ. އަދި އަސާސީ ޕެންޝަނަށް ވާ ފައިސާ ވެސް އޭގައި ހިމެނެ އެވެ.
- ރޭންކް 1 (ޑިޕްލޮމާ ލެވެލް)ގެ ޓީޗަރަކަށް 13،266ރ. (22 ޕަސެންޓް ކުރިއެރުމެއް)
- ރޭންކް 2 (ޑިގްރީ ލެވެލް)ގެ ޓީޗަރަކަށް 19،467ރ. (50 ޕަސެންޓްގެ ކުރިއެރުމެއް)
- ރޭންކް 3 (މާސްޓާސް ލެވެލް)ގެ ޓީޗަރަކަށް 20،895ރ. (38 ޕަސެންޓް ކުރިއެރުމެއް)
މަސައްކަތް ކުރާ މުއްދަތަށް ބަލައިގެން މުސާރަ ބޮޑުކުރެވޭނެ އިތުރު ދެ ރޭންކެއް ވެސް އެ އޮނިގަނޑު ހިމަނާފައިވެ އެވެ.
އެކުލާވަލި އާ އޮނިގަނޑުގެ ތެރެއިން ބޮޑު މުސާރާއެއް ލިބޭނީ ސްކޫލްތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަންޏެވެ. އަދި މި އޮނިގަނޑުގެ ތެރޭގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މޮނީޓާކުރާ ކޮލެޖާއި ޔުނިވާސިޓީތަކާއި އެހެން އިދާރާތަކުގެ މުވައްޒަފުން ނުހިމެނޭނެ އެވެ.
އެކަމަކު ގުރުއާނާ ބެހޭ މަރުކަޒުގެ 13 ޓީޗަރުންނަށް ވެސް މި މަހުން ފެށިގެން މުސާރަ ދޭނީ މި އޮނިގަނޑުގެ ދަށުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރި ކަން ރައީސް އިއުލާންކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
Starting from today 8,889 staff members across the education sector will receive a salary increase.
— Ministry of Education (@MoEdumv) May 1, 2022
The government has allocated an extra MVR 488 million from the State budget every year. pic.twitter.com/FX5gsLbOzL
ޓީޗަރުން މި ކުރާ މަސައްކަތަކީ ހަގީގަތުގައި އަޅުގަނޑުމެންނަށް އަގު ކުރެވޭނެ މަސައްކަތެއް ނޫން. މިހާރު ވެސް ދެވޭ އުޖޫރައަކީ ޒިންމާތަކާ ނުބައްދަލު އުޖޫރައެއް. އެހެންވެ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެ ކުރާ މަސައްކަތުގެ ހައްގު އަގު ދެވޭތޯ. -- އެޑިއުކޭޝަން މިނިސްޓަރު
މުސާރަ އަށް އައި މި ބޮޑު ކުރިއެރުމާ އެކު، ޓީޗަރުންގެ މަސްއޫލިއްޔަތުތަކަށް އެއްވެސް ކަހަލަ ބަދަލެއް އަންނާނެތޯ "މިހާރު"ން ސުވާލުކުރުމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، މުސާރަ ބޮޑުކުރީ އެ ވިސްނުމުގައި ނޫން ކަމަށެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރި ކަން ރައީސް އިއުލާންކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
"ޓީޗަރުން މި ކުރާ މަސައްކަތަކީ ހަގީގަތުގައި އަޅުގަނޑުމެންނަށް އަގުކުރެވޭނެ މަސައްކަތެއް ނޫން. މިހާރު ވެސް ދެވޭ އުޖޫރައަކީ ޒިންމާތަކާ ނުބައްދަލު އުޖޫރައެއް. އެހެންވެ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެ ކުރާ މަސައްކަތުގެ ހައްގު އަގު ދެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު މި އައި ބަދަލާ އެކު ރަނގަޅު އެއްޗެއް މުދައްރިސުންނަށް، އަބުރުވެރިކަމާ އެކު ދިރިއުޅެވޭނެ ވަރުގެ އެއްޗެއް ލިބޭނެ."
ސްކޫލްތަކަށް ދިވެހި ޓީޗަރުން ނުލިބޭ މައްސަލަ ބޮޑުވެ، އެކަމާ ގުޅޭ ގޮތުން މިފަހުން ހެދި ދިރާސާގައި ވެސް އެހެން އެކަން ދިމާވާ އެންމެ ބޮޑު ސަބަބަކީ މުސާރަ ކުޑަވުން ކަމަށް ބުނެފައިވެ އެވެ. އެހެންވެ، މިއަދު މި ގެނެވުނު ބަދަލަކީ އެ މައްސަލަ ހައްލުކުރުމަށް ވެސް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އެކަމަށް މީގެން ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު މި އައި ބަދަލާ އެކު ރަނގަޅު އެއްޗެއް މުދައްރިސުންނަށް، އަބުރުވެރިކަމާ އެކު ދިރިއުޅެވޭނެ ވަރުގެ އެއްޗެއް ލިބޭނެ -- އެޑިއުކޭޝަން މިނިސްޓަރު
ތައުލީމީ ދާއިރާގެ މުސާރަތަކަށް ގެނައި ބަދަލު މިއަދު އިއުލާންކުރުމާ އެކު، ޓީޗަރުންގެ މުސާރައާ އަޅާބަލާއިރު، ޕްރިންސިޕަލުންގެ މުސާރަ ބޮޑުވުމުން ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ. ޓީޗަރަކު ކުރާ މަސައްކަތް، ޕްރިންސިޕަލަށް ވުރެ ބުރަވާނެ ކަމަށް ބުނެ އެވެ.
ތިން ފަންތީގެ ސްކޫލެއްގެ ތިން ޕްރިންސިޕަލުންގެ މުސާރަ އަށް އަންނާނެ ބަދަލު -- ފޮޓޯ: ނިޝާން އަލީ | މިހާރު
ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެކަމާ ގުޅޭ ގޮތުން "މިހާރު"ން އެޑިއުކޭޝަން މިނިސްޓަރާ ސުވާލުކުރުމުން ވިދާޅުވީ، ޕްރިންސިޕަލުންނަކީ މުޅި ސްކޫލްގެ ހުރިހާ ކަމަކަށް ޒިންމާ ނަންގަވާ ބޭފުޅުންނަށް ވާތީ، އެ ބޭފުޅުންގެ މަސްއޫލިއްޔަތު ބޮޑުވުމުން ލިބޭ މުސާރަ ވެސް ބޮޑުވާނެ ކަމަށެވެ. މުސާރައިގެ އޮނިގަނޑު ހެދިއިރުގައި އެ ދެ މުސާރަ ފަރަގުކޮށްފައި ވަނީ އެގޮތަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.
- ރޭންކް 1 ގެ ޕްރިންސިޕަލަކަށް 30،610ރ. (82 ޕަސެންޓްގެ ކުރިއެރުމެއް)
- ރޭންކް 2 ގެ ޕްރިންސިޕަލަކަށް 33،075ރ. (59 ޕަސެންޓްގެ ކުރިއެރުމެއް)
މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ވެސް މި މަހު، މި އާ އޮނިގަނޑުގެ ތެރެއިން ބޮޑުވާނެ ކަމަށެވެ. ސްކޫލްތަކުގައި މަސައްކަތް ކުރާ 1،749 އިދާރީ މުވައްޒަފުން ތިބޭއިރު، އެ މީހުންނަށް މިހާރު ލިބޭ މުސާރައިގެ 35 ޕަސެންޓް އިތުރަށް ލިބޭނެ އެވެ. އެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގެ ތަފުސީލު ފަހުން އާންމުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މުސާރަ ބޮޑުވި ކަމުގެ އުފާވެރިކަން ތައުލީމީ ދާއިރާއާ ހިއްސާކުރައްވަން ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖުގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި އެހެން މުވައްޒަފުން ހިމެނޭއިރު އޮނިގަނޑަށް ސަރުކާރުން ގެނައީ ހެޔޮ ބަދަލެއް ކަމަށް ގަބޫލުކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މިއީ ތައުލީމީ ދާއިރާގެ ކަންބޮޑުވުންތަކަށް ލުޔެއް ލިބި ދާއިރާ އިތުރަށް ކުރިއަރުވައި ރަނގަޅު ޖީލެއް ބިނާކުރަން އެޅުނު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރަން ބުނިތާ ދެ އަހަރު
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ޓީޗަރުންނަށް ބޮޑު މުސާރަ ލިބި އުފާވެރިކަން
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
"ޖީލެއް ބިނާކުރަން އޭ ގްރޭޑު ޓީމެއް އުފައްދަންޖެހޭ"
ދަރިވަރުން ހަވާލުކުރާ މީހަކު ޔަގީންކުރަން އަންގައިފި
އިމާދުއްދީނުން ވަކިކުރި ވެރިން އެހެން ތަންތަނަށް
މުސާރަ ބޮޑުކޮށް، އިނާޔަތް ދޭން ޕްރިންސިޕަލުން އެދެފި
ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާއެއް ބާއްވަނީ
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ