16 ފެބުރުއަރީ 2020
ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ޖަމާލުއްދީން ސްކޫލު ދައްކާފައިވަނީ މުޅި ގައުމު ވެސް ފަހުރުވެރިވާ ފަދަ ނަމޫނާތަކެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ޖަމާލުއްދީން ސްކޫލު ދައްކާފައިވަނީ މުޅި ގައުމު ވެސް ފަހުރުވެރިވާ ފަދަ ނަމޫނާތަކެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެ ސްކޫލުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން އެންމެ ފުރަތަމަ މަސައްކަތްކުރި ތަނަކީ ޖަމާލުއްދީން ސްކޫލް ކަމަށެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ވަރަށް ކުރިއްސުރެ ޖަމާލުއްދީން ސްކޫލުން ނަމޫނާ ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް އަގުވަޒަންކޮށް ޖަމާލުއްދީން ސްކޫލުން ވަނީ 1997 ވަނަ އަހަރު ތިމާވެށި ހިމާޔަތްކުރަން ކުރާ މަސައްކަތް އަގުވަޒަން ކޮށް އޭރުގެ ރައީސްގެ ފެހިފަތް ހާސިލްކޮށްފައިވެ އެވެ.
ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"އެ ސްކޫލުގައި މީގެ 35 އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށް މަސައްކަތްކުރި ފަރާތްތަކުގެ މައްޗަށް ފަހުރުވެރިވާންޖެހޭ ކަމެއް،" ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ސްކޫލު ދައުރުގެ ހަނދާންތައް އާ ކުރައްވަމުން ފައިސަލް ވަނީ މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ނަސޭހަތް ދެއްވައިފަ އެވެ. ކުދިކުދި ކަންކަން ވެސް ރަނގަޅަށް ކުރަން އާދަކުރުމާ އެކުގައި މަސައްކަތްކުރުމާއި ޓީޗަރުންނާއި މައިންބަފައިން އަދި ބޮޑެތި މީހުންނަށް އިހުތިރާމު އަދާކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގަތެވެ.
ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް (މ)، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެ ސްކޫލުގެ ޕްރިންސިޕަލް ހަސަން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ސްކޫލުގެ އަހަރީ ދުވަހެއްގައި އަޒުމް ކަނޑައަޅަންވީ އެއްކަމަކީ ޓީޗަރުންނާއި އުނގަންނައިދޭ މީހުންނަށް އިހުތިރާމު އަދާކުރުމާއެކު އެ ފަރާތްތަކާ ގާތްގުޅުމެއް ބާއްވައި ޓީޗަރުން ދޭ ފިލާވަޅުތައް ރަނގަޅަށް ދަސްކުރުންކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަަށް ހާއްސަ ޕްރޮގްރާމެއް
ޕްރިންސިޕަލުން ތަމްރީނުކުރަން 20 ސްކޮލަޝިޕް ދީފި
ޖޭއެސް ޕްރިންސިޕަލަށް ތައުލީމީ ރޮނގުން ގައުމީ އިނާމު
ޖަމާލުއްދީނަށް 35 އަހަރު، ކާމިޔާބީތައް ގިނަ
ދެ ސްކޫލަކުން ޖާގަހޯދަން އޮޅުވާލައިގެން ލިޔުން ހުށަހަޅާ
ދަރިވަރުންނަށް ހާއްސަކޮށް ރޯޑް ސޭފްޓީ ކެމްޕޭނެއް
ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭން ފަށައިފި
ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިލޭ ނާސްތާ ދޭން ފަށައިފި
ގްރޭޑް 8 ގެ ޓެސްޓު ޑިސެމްބަރާއި ފެބްރުއަރީގައި
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!