Roadha Mihaaru
ކުޅުދުއްފުށި ސިޓީއަކަށް ހަދަން ބޭނުމީ 180 މީހުން

ކުޅުދުއްފުށި ސިޓީއަކަށް ހަދަން އިތުރަށް ބޭނުމީ 180 މީހުން: ނަޝީދު

13 ނޮވެމްބަރ 2017

ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އިތުރަށް ބޭނުންވަނީ 180 މީހުން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އިތުރަށް ބޭނުންވަނީ 180 މީހުން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެ ރަށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ އަދަދު ހަމަވުމުން، ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއުތައް ފުރިހަމަވެ، ކުޅުދުއްފުށީ ސިޓީއަކަށް ބަދަލު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އެހެންވެ، އެކަމުގައި އެއްބާރުލުން ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

ގާނޫނުގައި ވާ ގޮތުން ނަމަ، 10،000 މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދޭން ޖެހެ އެވެ. މިހާރު ސިޓީއެއްގެ ގޮތުގައި ބަލަނީ މާލެ އާއި އައްޑު އާއި ފުވައްމުލައް އެކަންޏެވެ.

ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މި ރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މި ރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ދައްކާ ވާހަކައެއް، ކޮންއިރަކުންހޭ އަޅުގަނޑުމެން ސިޓީއަކަށް [ބަދަލު] ވާނީ؟. ހަމައެކަނި ހުރަހަކީ 180 ރައްޔިތުން ކުޅުދުއްފުށީގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީ ވެގެން ދިއުން. އޭރުން އަޅުގަނޑުމެން ސިޓީއަކަށް ވުމަށް ކުރަންޖެހޭ ކަންތައްތައް ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުރު ނޫން މުސްތަގުބަލެއްގައި ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން ދިއުމަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ދެކޭނެ އުންމީދެކެވެ. އަދި މިކަން ސަރުކާރުގެ ކޮންމެވެސް ހިސާބެއްގައި އެކަން "ނޯޓު" ކޮށްލާފައި ބޭއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ބޮޑެތި ތަރައްގީތަކެއް އަންނަކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، ރާއްޖެ އަށް ލިބެމުންދާ ތަރައްގީ ވިސްނައި ނުގެނެވޭ އެންމެ ބޮޑު ސަބަބަކީ ކުދި ކުދި ޖަޒީރާތަކެއްގެ ގޮތުގައި އޮންނާތީ ކަމަށެވެ. އަދި ތަރައްގީގެ ވާހަކަ އަޑުއިވެނީ ޓީވީ އާއި ނޫސްތައް މެދުވެރިކޮށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާ. - ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާ. - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަކީ އެހެން ގައުމުތައް ފަދައިން އެއް ބައްރަކަށް ހިކިފައި އޮންނަ ގައުމަކަށް ވާނަމަ، ވަރަށް ގިނަ މަޝްރޫއުތައް ހިނގާތަން ހަމަ ލޮލަށް ބަލާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ރައްޔިތުންގެ ޝަކުވާއަކީ އެހެން ރަށްރަށުގައި ހިނގާ މިންވަރަށް ކުޅުދުއްފުށީގައި ޕްރޮޖެކްޓްތައް ނުހިނގާ ވާހަކަ އެވެ. ނަމަވެސް ކުޅުދުއްފުށީގެ މަގުތައް ހެދުމާއި ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއުން މިސާލު ނަންގަވަމުން ނަޝީދު ވަނީ އެ ރަށު ފަސްގަނޑު ވެސް މަޝްރޫއުތައް ހިނގަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.