18 ޖުލައި 2018
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅިޔަސް އެމަނިކުފާނަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ހއ. ކެލާގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅިޔަސް އެމަނިކުފާނަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ހއ. ކެލާގައި މިއަދު ވިދާޅުވެއްޖެ އެވެ.
ކެލާގެ ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އީޔޫ އިން ފިޔަވަޅު އަޅާ ނަމަ، އެންމެ ބޮޑަށް ގެއްލުން ލިބޭނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ކަމަށެވެ. އެހެން ވެއްޖެ ނަމަ ވިޔަފާރިވެރިންނަށް، ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަމަ ޔަގީނުން ވެސް އެ މީހުން ނާންނާނެ ރައީސް ޔާމީން ހައްޔަރު ކުރާކަށް. އެހެންވީމަ ޝަހްސީ ގޮތުން، ޒާތީ ގޮތުން އަޅުގަނޑަށް ލިބޭ ގެއްލުމެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެކަމަކު، ރާއްޖޭގެ ވިޔަފާރިވެރިންނަށް ތަންތަނަށް ނުދެވޭ ގޮތްވުމާއި ގައުމުތަކުގެ ރައްޔިތުންނަށް ރާއްޖެ އަށް ޒިޔާރަތް ނުކުރެވޭ ގޮތަށާއި ޓޫރިޒަމް ނުހިންގޭ ގޮތަށް ކަންކަން ކޮށްފިނަމަ، އޭގެ ގެއްލުން ލިބޭނީ ގައުމު ހިންގަން ދެން ތިބޭ ބަޔަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެތަނެއް ދެން ހިންގަން ތިބި ބައެއް އައުމުގެ ކުރިން އަމިއްލަ އަތުން އެ މީހުން ތަނެއް ޗިސްކޮށް، ހަލާކުކޮށްލަނީ. އެއީ ރައީސް ޔާމީނަށް ދެވޭ ގެއްލުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ރައްޔިތުންނަކީ ހަމައެކަނި ތިނެއް ނުވަތަ ހަތަރު ސިޔާސީ ލީޑަރުން ވަށައިގެން "ކަސްތޮޅު" އެޅިގެން ތިބޭ ބަޔަކަށް ވެގެން ނުވާނެ އެވެ. ސިޔާސީ ލީޑަރުން ވާން ޖެހޭނީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި ގާބިލް ބޭފުޅުންތަކަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ހަމައެކަނި، ވަކި މީހަކު ޕާޓީއެއް އުފެއްދީމަ އޭނާގެ ފަހަތުން އެނބުރޭ ޕާޓީއަކަށް ވެގެން ނުވާނެ. އެއީކީ ޑިމޮކްރަސީއެއް ނޫން. އެއީ ހަގީގަތުގައި ހުދުމުހުތާރު ކަމަކީ،" ރައީސް ވިދާޅުވި އެވެ.
އީޔޫ އިން ފިޔަވަޅު އަޅައިގެން އެމަނިކުފާނަށް ގެއްލުމެއް ނުވާނެ ކަމަށް ރައީސް ވިދާޅުވީ ސަރުކާރުގެ އިސްވެރިންނާ ދޭތެރޭގައި އީޔޫ އިން ފިޔަވަޅު އަޅަން ނިންމައި މިދިޔަ ހޯމަ ދުވަހު އޮނިގަނޑެއް ފާސްކޮށްފައި ވަނިކޮށެވެ. އެކި ގައުމުތަކުގައި ހުރި، ރާއްޖޭގެ ވެރިންގެ މުދާތައް ހިފަހައްޓައި، ޔޫރަޕްގެ އެކި ގައުމުތަކަށް ދަތުރުކުރުން މަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް އޭގައި ވެ އެވެ.
އީޔޫ އިން މިދިޔަ ހޯމަ ދުވަހު ހެދި އޮނިގަނޑުގައި އޮތީ ރާއްޖޭގެ އިންސާނީ އަދި ސިޔާސީ ހައްގުތަކަށް އަރައިގަންނަ މީހުންނާއި މުއައްސަސާތަކުގެ އިތުރުން އެކަމުގައި ބައިވެރިވާ އެހެން މީހުންނާ މެދު މެންބަރު ގައުމުތަކުން އަޅަން ނިންމި ފިޔަވަޅުތަކެވެ. އެ ފަރާތްތަކަށް އީޔޫގެ މެންބަރު ގައުމުތަކަށް އެތެރެވުން މަނާކުރުމާއި އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ދަތިކުރުމުގެ ފިޔަވަޅު އަޅާ ވަކި ބައެއްގެ ނަން ނުހިމަނައި، އެ އޮނިގަނޑުގައި ބުނެފައި ވަނީ ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް ގާނޫނާ ޚިލާފަށް ހުރަސް އަޅައި ބާރުގެ ބޭނުންކުރާ މީހުންނާއި މުއައްސަސާތަކާއި އެ ފަރާތްތަކާ ގުޅުން ހުރި މީހުންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު މެންބަރު ގައުމުތަކަށް އެޅިދާނެ ކަމަށެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބާ ދިމާކޮށް އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކަށް އަމާޒުކުރަން ވެސް ބުނެފައިވެ އެވެ. ނަމަވެސް މީގައި ބުނާ ފިޔަވަޅުތައް އެޅުމަށް އީޔޫގެ އިތުރު ނިންމުމެއް ބޭނުންވާނެ އެވެ.
ވޯޓު ހޯދާނީ އަޅުގަނޑުގެ މިނިމަސް ކައިގެން ނޫން:ރައީސް
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
އެކްސްޕޯޓް ކުރުން މަނާކޮށްފާނެ ކަމުގެ އިންޒާރު އެބަދޭ
"ބޭރުގެ ނުފޫޒާއެކު ވަކި ކަންތައްތަކަކަށް މަޖުބޫރުކުރޭ"
ޔާމީން ޖަލަށްލާފައިވާ މައްސަލަ އީޔޫއާ ހިއްސާކޮށްފި
ދަތި ނޭޅުވިނަމަ މާ ފޮނި ނަތީޖާތަކެއް ނިކުތީސް: ރައީސް
ފިޔަވަޅު އަޅާ ލިސްޓުގެ ވާހަކަ ނޫހުން އުނިކޮށްފި
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން
އީޔޫ އިން ފިޔަވަޅު އަޅާ ލިސްޓުގައި 41 ނަމެއް ހިމެނޭ
އީޔޫގެ ނިންމުމަށް ޔޫކޭ އިން އަމަލުކުރަން ފަށައިފި