22 އޯގަސްޓް 2018
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި 41 މީހަކު ހިމެނޭ ކަމަށް ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރަކު ވިދާޅުވިޔަސް، އީޔޫ ކައުންސިލުން އެފަދަ ލިސްޓެއް ހަދާފައި ނުވާ ކަމަށް ރާއްޖެ އިން އީޔޫ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ވިދާޅުވެއްޖެ އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި 41 މީހަކު ހިމެނޭ ކަމަށް ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރަކު ވިދާޅުވިޔަސް، އީޔޫ ކައުންސިލުން އެފަދަ ލިސްޓެއް ހަދާފައި ނުވާ ކަމަށް ރާއްޖެ އިން އީޔޫ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ވިދާޅުވެއްޖެ އެވެ.
"އީޕީޓުޑޭ" އަށް ދެއްވި އިންޓަވިއުއެއްގައި އީޔޫ ޕާލަމެންޓުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ރެޕަޓުއާ އަދި އެ ޕާލަމެންޓްގެ މެމްބަރު ތޯމަސް ޒެކޮވޯސްކީ ވިދާޅުވީ ފިޔަވަޅު އަޅާ މީހުންގެ ލިސްޓު އޭނާ ދެކިވަޑައިގެންނެވި ކަމަށެވެ. އެކަމަކު، ލިސްޓުގައި ހިމެނެނީ ކޮން ބައެއް ކަން ވިދާޅެއް ނުވެ އެވެ.
މެމްބަރުގެ ވާހަކަތައް ދޮގު ކުރައްވައި، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ޝިއާން ވިދާޅުވީ ސިޔާސީ މަގްސަދެއްގައި ދޮގު ވާހަކަތައް ފަތުރަމުން ދަނީ އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ ރިޔާސީ އިންތިޚާބާ ދިމާކޮށް ވިޔަފާރިވެރިންނަށް ބިރުދެއްކުމަށާއި އިންތިޚާބަށް ނުފޫޒް ފޯރުވުމަށް ކަމަށެވެ.
"ކޮންމެ އިންތިޚާބަކާ ދިމާކޮށް ވަރަށް ފޯރިގަދަކޮށް މިކަހަލަ ކަންކަން ދޭ. މިއީ އޭގެ ބޮޅެއް. އިތުރު ބޮޅު އަންނާނެ. އަޅުގަނޑު ޔަގީންކަމާއެކު ދަންނަވަން ކެރިދާނެ ލިސްޓު ނެތް ކަން،" ޝިއާން ވިދާޅުވި އެވެ.
ޝިއާން ވިދާޅުވީ އީޕީޓުޑޭ އަށް މެމްބަރުން ދެއްކެވި ވާހަކަތަކަކީ ސައްހަ ވާހަކަތަކެއްތޯ ޔަގީން ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ދޮގު މައުލޫމާތު ފަތުރަމުން ދާ މައްސަލައިގައި އީޔޫގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށް ވެސް ޝިއާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީޔޫގެ ޕާލިމަންޓް މެންބަރަކު އަމިއްލައަށް އެކުލަވާލައިގެން އުޅޭ ލިސްޓަކީ އީޔޫގެ ރަސްމީ އެއްޗަކަށް ނުވާނެ ކަމަށެވެ. އަދި އެއްވެސް ކަހަލަ ލިސްޓެއް އީޔޫ އިން އެކުލަވާލައިފިނަމަ، އެކަން ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް އޮޅުންފިލުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއްވެސް ގައުމަކާ މެދު ނުވަތަ ވަކިވަކި ފަރުދުންތަކަކާ މެދު ވެސް ފިޔަވަޅު އަޅާ ނަމަ އެކަން ނިންމާނީ އީޔޫގެ ކައުންސިލުން ކަން ޝިއާން ފާހަގަ ކުރެއްވިއެވެ. އަދި އީޔޫ ޕާލަމެންޓް މެމްބަރަކު ވިދާޅުވާ އެއްޗަކީ އެއްވެސް ބާރެއް އޮތް އެއްޗެއް ނޫން ކަމަށާއި އެ ތަންފީޒު ކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ ލިސްޓެއް އީޔޫ އިން އެކުލަވާލައިފިނަމަ، ކޮންމެ ދިވެއްސަކަށް ވެސް އޮޅުން ފިލުވޭނެ. މިޒަމާނަކީ ކަންކަން ނުބެލޭނެ ޒަމާނެއް ނޫން. އޭރުން އެކަން އޮތް ސްރީލަންކާގައި ހުންނަ އީޔޫ އެމްބަސީގެ ސަފީރު މެދުވެރިކޮށް މިކަން ކަށަވަރު ކުރެވޭނެ،" ޝިއާން ވިދާޅުވި އެވެ.
ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލުން މިދިޔަ މަހުގެ ތެރޭގައި ފާސް ކުރިއިރު، އީޔޫ އިން ހެދި އޮނިގަނޑުގައި އޮތީ ރާއްޖޭގެ އިންސާނީ އަދި ސިޔާސީ ހައްގުތަކަށް އަރައިގަންނަ މީހުންނާއި މުއައްސަސާތަކުގެ އިތުރުން އެކަމުގައި ބައިވެރިވާ އެހެން މީހުންނާ މެދު ފިޔަވަޅު އެޅުމަށެވެ.
އީޔޫ އަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރުމާއި އެ ގައުމުތަކުގައި ހުރި ބައެއް ދިވެހިންގެ މުދާ ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ހިމެނުނަސް، އެ ކަންކަން ތަންފީޒުކުރަން ފަށާނީ، ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓެއް އީޔޫ އިން ގެޒެޓްކުރުމުންނެވެ.
ރިޝްވަތު ދިން ކަމަށް ބުނާ ވާހަކަ ޖަމީލް ދޮގުކޮށްފި
އީޔޫ ޕާލަމެންޓް މެމްބަރުންތަކެއްގެ ޝަކުވާ އީޔޫ އަށް
އީޔޫގެ ނިންމުމަށް ޔޫކޭ އިން އަމަލުކުރަން ފަށައިފި
ވެރިންނާ ދެކޮޅަށް އީޔޫގެ ނިންމުން އަންނަ ދުވަސް!
އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!
ޔާމީން ޖަލަށްލާފައިވާ މައްސަލަ އީޔޫއާ ހިއްސާކޮށްފި
އިބޫގެ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުން: އީޔޫ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
އދ. އާއި އީޔޫ ނާންނަނީ ސުވާލު އުފެދޭތީއެއް ނޫން!
ފިޔަވަޅު އަޅާ ލިސްޓުގެ ވާހަކަ ނޫހުން އުނިކޮށްފި