ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖަލަށް ލާފައިވާ މައްސަލަ އިދިކޮޅު ފަރާތްތަކުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ މިއަދު ހިއްސާކޮށްފި އެވެ.
09 ފެބުރުއަރީ 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖަލަށް ލާފައިވާ މައްސަލަ އިދިކޮޅު ފަރާތްތަކުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ މިއަދު ހިއްސާކޮށްފި އެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، މިހާރު ރާއްޖެ އައިސް އުޅޭ އީޔޫގެ ވަފްދާ އެކަން ހިއްސާކުރެއްވީ އެ ވަފްދުގެ ބޭފުޅުންނާ އެކު، މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
އީޔޫގެ ވަފްދެއް ރާއްޖެ އައިސް އުޅެނީ އެ ޖަމާއަތުން ދިވެހި ސަރުކާރާ އެކު ބާއްވާ ބައްދަލުވުމަކަށެވެ. އެ ބައްދަލުވުމުގެ ތަފްސީލެއް އަދިއެއް ނުލިބެ އެވެ.
ޔާމީން ޖަލަށް ލާފައިވާ މައްސަލަ، އާދަމް ޝަރީފް ހިއްސާ ކުރެއްވީ އީޔޫގެ ވަފްދުގެ އިސްވެރިއަކަށް ވަޑައިގެން އުޅުއްވާ، އެކްސްޓާނަލް އެކްޝަން ސާވިސް ފޯ އޭޝިއާ އެންޑް ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޕައުލާ ޕަންޕަލޯނީއާ އެވެ.
ޔާމީނަށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 28 ގައި ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މަނީލޯންޑަރިންގެ މައްސަލަ ސާބިތުވުމުންނެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އޭނާ އެއްސެވި. އަދި އީޔޫ ހެޑް އޮފީހާ އެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި،" އާދަމް ޝަރީފް
އީޔޫގެ ވަފްދާ ބައްދަލުކުރެއްވުމަށް ފަހު، އާދަމް ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ މައިގަނޑު ދެ ކަންބޮވުމެއް އެ ޖަމާއަތުގެ އިސް މަންދޫބު ޕައޮލާއާ ހިއްސާ ކުރެއްވި ކަމަށެވެ. އެއް ކަމަކީ، ޔާމީން ޖަލަށް ލާފައި ވަނީ އިންސާފުވެރި ނޫން ޝަރީއަތަކުން ކަމެވެ. ދެވަނަ ކަންބޮޑުވުމަކީ އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކަށް މިހާރު ކުރިމަތިވަމުން އަންނަ ދައްޗާއި އުނދަގުލެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އޭނާ އެއްސެވި. އަދި އީޔޫ ހެޑް އޮފީހާ އެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި،" މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
ޔާމީނަށް ހުކުމް އިއްވި ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އިންސާފުން ނޫން ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އެ ހުުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލައިގެ ޝަރީއަތް އެ ކޯޓުގައި މިހާރު ވަނީ ފަށައިފަ އެވެ.
ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ: އެމަނިކުފާނު ޖަލަށްލާފައިވާ މައްސަލަ އިދިކޮޅުން މިއަދު ވަނީ އީޔޫއާ ހިއްސާ ކޮށްފައި.---ފޮޓޯ: މިހާރު
ޔާމީން، ކަފާލާތުގެ ދަށުން މިނިވަން ކުރަން ވެސް އެމަނިކުފާނުގެ ވަކީލުން ހައި ކޯޓުގައި އެދުނެވެ. އެކަމަކު، އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ހައި ކޯޓުން ނިންމީ ޔާމީނަށް ކަފާލާތު ދެވެން ނެތް ކަމަށެވެ.
އެކަނިކުފާނު ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް ނިންމެވީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ނަމަވެސް، ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރު ނުނެރެވޭނެ ކަމަށް ނިންމެވީ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
ޔާމީން ދެން ޖަލަކަށް ނުލެވޭނެ: އަބްދުއްރަހީމް
އާދަމް ޝަރީފުގެ ތުހުމަތު: އިދިކޮޅު ބައިކޮށްލަން ރާވާ
ޔާމީން މިިނިވަންކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިިފި
އިދިކޮޅުގެ ޝަރުތަކީ ޔާމީން މިނިވަންކުރުން
މިނިމަމް ވޭޖަކީ 6،000ރ. ކަމަށް ބުނެ ފާޑުކިއުން!
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ޔާމީން މި ފަހަރު ވެސް ނަމެއް ނުދެއްވި، ސެނެޓް މާދަމާ
ޔާމީން ދައްކާ ކެންޑިޑޭޓާ މެދު ގޮތެއް ނިންމުން ސެނެޓަށް
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!
ޕީޕީއެމްގައި ކެމްޕެއިނެއް ނުކުރެވޭ، އޮތީ ބިރުދެއްކުން!