ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަށިކޮޅުގައި ދެން "އަތެއް ނުލެވޭނެ" ކަމަށާާއި އެ މަނިކުފާނު ޖަލަށް ވެސް ނުގެންދެވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
29 ޖެނުއަރީ 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަށިކޮޅުގައި ދެން "އަތެއް ނުލެވޭނެ" ކަމަށާާއި އެ މަނިކުފާނު ޖަލަށް ވެސް ނުގެންދެވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޭބުމަށް ގޮވާލައި "އިންޑިއާ އައުޓް" ގެ ނަމުގައި ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ހަރަކާތާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ޔާމީން އަނބުރާ ދެން ވަޑައިގަންނަވަން ޖެހޭނީ ޖަލަށް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެފައި ވަނިކޮށް، އަބްދުއްރަހީމް ވިދާޅުވީ، ޔާމީންގެ ހަށިކޮޅުގައި އިނގިލި ކުރި ވެސް ޖައްސައި ނުލެވޭނެ ކަމަށެވެ.
އޭނާ އެހެން ވިދާޅުވިއިރު، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އަންނަ ނޮވެމްބަރު މަހު އިއްވަން ކްރިމިނަލް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ ފަތުހީގެ ކެމްޕެއިން ޓީމުން ކޮމަންޑޫގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ދިވެހިން ބޭނުންވަނީ އެމްޑީޕީގެ ވެރިކަން ނިންމައި ޔާމީން ވެރިކަމަށް ގެންނަން ކަމަށެވެ.
"ޔާމީންއާ ކުޅުއްވަން ނޫޅުއްވާށޭ. ހަސަން ލަތީފެއް [އެމްޑީޕީގެ ޗެއާޕާސަން] ކަމަކު، އެކަމެއް ނުކުރެވޭނެއޭ. ޔާމީންގެ ގައިގައި އަތެއް ނުލެވޭނެ. ދެން ޔާމީން ޖަލަކަށް ނުލެވޭނެ. ޝިފާޒު ކައިރީ އަޅުގަނޑު ބުނެލަން ބޭނުންވަނީ އެކަމެއް ނުކުރެވޭނެއޭ،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާ އަށް ޕީޕީއެމުން ކޮށްދިން ކަންތައްތަކާ ގުޅޭ ގޮތުން އެމްޑީޕީގެ ބައެއް އިސްވެރިން ސުވާލު އުފައްދަވާތީ އެ އަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، "ކަމެއް ކޮށްދިނިއްޔާ ކޮށްދީފައި އޮތީ" ޕީޕީއެމްގެ ވެރިކަމެއްގައި ކަމަށެވެ. އެކަމަކު، އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ވެސް އެ ދާއިރާ ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކޮމަންޑޫ މި ތާނގައި އޮތީ ކުރިން ވެސް. ކޮން ކަމެއްތޯ ކޮށްދިނީ. މި ތިބީ ކޮމަންޑޫ ރައްޔިތުން. މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާފޮއްޗެއް ވެސް ބޭއްވިތޯ މި ރަށުގައި ތަރައްގީގައި. ނުބާއްވާ. މި ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައި އޮތީ ބިން ހިއްކުން. އެކަން ކޮށްދެއްވީ ރައީސް ޔާމީން،" ކޮމަންޑޫގެ ބިން ނުހިއްކާއިރު، ގޮނޑުދޮށް ސަރަހައްދުގައި ހުންނަ ގެތަކުގެ މީހުން ރާޅުގެ ބިރުވެރިކަމާ ހެދީ ހަމަ ނިދި ނުލިބޭ ހަނދާން އާ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީންއާ ކުޅުއްވަން ނޫޅުއްވާށޭ. ހަސަން ލަތީފެއް [އެމްޑީޕީގެ ޗެއާޕާސަން] ކަމަކު، އެކަމެއް ނުކުރެވޭނެއޭ. ޔާމީންގެ ގައިގައި އަތެއް ނުލެވޭނެ. ދެން ޔާމީން ޖަލަކަށް ނުލެވޭނެ.--- އަބްދުއްރަހީމް
އޭނާ ވިދާޅުވިގޮތުގައި، 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކޮމަންޑު އަށް ވަޑައިގަތުމުން ވެސް އެ ރަށުގެ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ ބިން ނުހިއްކާ މައްސަލަ އެވެ. އެކަމަކު، އެ ދުވަހު ވެސް ޔާމީން ވަނީ އެ ކަމަށް ހައްލެއް ހޯދައިދެއްވާނެ ކަމުގެ ވައުދު ވެފައި ކަމަށާއި ވެރިކަން ނިމުނުއިރު އެކަން ފުއްދައި ދެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރު ހިންގާ ކޯލިޝަން އެކީ 2023 ގެ ރިޔާސީ އިންތިހާބަށް ނުކުތް ނަމަވެސް ރިޔާސީ އިންތިހާބުން ބޮޑުތަނުން ބަލިކުރާނެ ކަމަށެވެ. ދިވެހިން ބޭނުންވަނީ ތަރައްގީ ކަމަށާއި އެ ތަރައްގީ ވެސް ގެނެވޭނީ ޔާމީނަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ކަމެއް ނުކޮށްދީ، ގޮނޑި ނަގަން އުޅޭލެއް ހުތުރު:ފަތުހީ
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
ބޭނުންވީ ސަރުކާރަށް ތާއީދު ނެތްކަން ދެއްކުން: އަދުރޭ
ސަރުކާރާ ދެކޮޅަށް ބޮޑު ކެމްޕެއިނެއް ފަށަނީ
އިދިކޮޅުން ސީދާ ހަރަކާތަށް ދާން ނިންމައިފި
އާދަމް ޝަރީފުގެ ތުހުމަތު: އިދިކޮޅު ބައިކޮށްލަން ރާވާ
ޔާމީން މިިނިވަންކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިިފި
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
ނަޝީދު މާފަށް އެދެންޖެހޭ: އާދަމް ޝަރީފް
ނަޝީދުގެ ވާހަކަފުޅާ އެކު ޔާމީން ދޫކޮށްލާ: އިދިކޮޅު