06 ފެބުރުއަރީ 2022
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން ހޯދަން ބޭނުންވި ނަތީޖާ ލިބިފައިވާ ކަމަށާއި އެއީ މި ސަރުކާރަށް ތާއިދު ނެތްކަން ދެއްކުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން ހޯދަން ބޭނުންވި ނަތީޖާ ލިބިފައިވާ ކަމަށާއި އެއީ މި ސަރުކާރަށް ތާއިދު ނެތްކަން ދެއްކުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގެ އޮފީހުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ބޮޑު ކޯލިޝަނަކާ ވާދަކޮށް، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުން ޕީޕީއެމަށް ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދެވެ. އޭނާއަށް 48 ޕަސެންޓް ވޯޓު ލިބުނުއިރު، ރާޝިދާ އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް 38 ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮޮތުގައި އިންތިހާބުން ބަލިވީ ޕީޕީއެމް ނޫން ކަމަށާއި އިންތިހާބުން ބޮޑު ތަނުން ބަލިވީ ވެރިކަން ކުރާ ކޯލިޝަނެވެ.
މީގެ ކުރިން ބޭއްވި މަޖިލިސް އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރީ 58 ޕަސެންޓު ވޯޓާއެކުގަ އެވެ.
"މި އިންތިހާބުން ބޮޑު ތަނުން ބަލިވީ މި ވެރިކަން ކުރާ ކޯލިޝަނޭ، ގާސިމް އިބްރާހިމޭ، މައުމޫނޭ، ރައީސް ނަޝީދޭ، ރައީސް ސޯލިހޭ. އަޅުގަނޑުމެންނަށް އެނގެއޭ މި އިންތިހާބަށް ވީ ގޮތް،" އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގެންނެނެވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި އިންތިހާބަކީ އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީއެކޭ. މިއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފެށުން. އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ. އަޅުގަނޑުމެން ވަރުބައްޔެއް ވެސް ނުވާނެ. އަޅުގަނޑުމެން ގައިގައި ހިތްވަރު ހުންނާނެ."
އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މަސައްކަތް ނިންމާލާނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީން ވެރިކަމަށް ގެނައުމަށް ފަހު ކަމަށެވެ. ބައި-އިލެކްޝަނުން ވެސް އެނގުނީ ޔާމީނަށް އޮތް ތާއިދުކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
މި އިންތިހާބުން ބޮޑު ތަނުން ބަލިވީ މި ވެރިކަން ކުރާ ކޯލިޝަނޭ، ގާސިމް އިބްރާހިމޭ، މައުމޫނޭ، ރައީސް ނަޝީދޭ، ރައީސް ސޯލިހޭ. އަޅުގަނޑުމެންނަށް އެނގެއޭ މި އިންތިހާބަށް ވީ ގޮތް.- އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި ފަހަރު 48 ޕަސެންޓަށް ވެއްޓުނީމަ އެއީ އަޅުގަނޑުމެންގެ ހިސާބު ދިމާވާ ކަމަކީ. އެ އޮތީ ހިސާބު ދިމާވެފައި. ބޮޑު ތަނުން އެމްޑީޕީ ފެއިލްވީ. ރައްޔިތުން، މި ސަރުކާރު ހިންގާ ކޮރަޕްޝަންގެ އަމަލުތަކަށް ނޫނެކޭ ބުނީ. މި ސަރުކާރުން ދީނަށް ފުރައްސާރަކުރާ ކުރުމަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ނޫނެކޭ ބުނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެއްގޮތަކަށް އަޅުގަނޑުމެން ބައްޔެއް ނުވޭ. އަޅުގަނޑުމެންނަށް ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް. ހަމަ ހަގީގަތުގައި ވެސް އަޅުގަނޑުމެންނަށް ވަޒަންކުރެވުނީ އަޅުގަނޑުމެން ތިބީ ކިހާ ހިސާބެއްގައިކަން. މިއަށް ފުޅާ ކޯލިޝަނާ ވާދަކޮށްލެވުނީމަ މި އެނގުނީ މިހާރު މި ގައުމުގައި ރިޔާސީ އިންތިހާބެއް އެކަނި ކާމިޔާބުކޮށްލެވޭ ބޭފުޅަކަށް ހުންނެވީ ރައީސް ޔާމީން އަބްދުލް ގައްޔޫމްކަން،"
ޔާމީން ދެން ޖަލަކަށް ނުލެވޭނެ: އަބްދުއްރަހީމް
ކަމެއް ނުކޮށްދީ، ގޮނޑި ނަގަން އުޅޭލެއް ހުތުރު:ފަތުހީ
ކޮންފަރެންސް ސަރުކާރަށް ހަޖަމެއް ނުވި: އަދުރޭ
ރިޔާސީ ޓިކެޓާ ހެދި ޕާޓީތެރޭ ފެކްޝަނެއް ނެތް: އަދުރޭ
އިންތިހާބަށް ފާރަވެރިވާން އޭސީސީ ނެތުމުން ކަންބޮޑުވެއްޖެ
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ރައްޔިތުން ބޭނުންވަނީ މިވެރިކަން ބަދަލުކުރަން: އަދުރޭ
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
އަލީ ވަހީދުގެ ހެކިބަސް ނަގަން ޖެހޭ: އިދިކޮޅު
ރައީސަށް ކުރާ ތުހުމަތު ބަލަން އިދިކޮޅުން އެދިއްޖެ