13 ޖެނުއަރީ 2022
ކޮމަންޑޫ ދާއިރާގެ ގޮނޑި 15 އަހަރު [ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު] އެމްޑީޕީން ނަގައި އެއްވެސް ކަމެއް ނުކޮށްދީ، މި ފަހަރުގެ ބައި-އިލެކްޝަނާ ދިމާކޮށް ވަޒީރުންނާއި މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ކޮމަންޑޫ ދާއިރާ އަށް ވަޑައިގެން ބާރާއި ނުފޫޒު ދައްކައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިން ކުރައްވަން ލަދުގަންނަން ޖެހޭ ކަމަށް އެ ދާއިރާ އަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި 15 އަހަރު [ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު] އެމްޑީޕީން ނަގައި އެއްވެސް ކަމެއް ނުކޮށްދީ، މި ފަހަރުގެ ބައި-އިލެކްޝަނާ ދިމާކޮށް ވަޒީރުންނާއި މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ކޮމަންޑޫ ދާއިރާ އަށް ވަޑައިގެން ބާރާއި ނުފޫޒު ދައްކައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިން ކުރައްވަން ލަދުގަންނަން ޖެހޭ ކަމަށް އެ ދާއިރާ އަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑު އާއި ފޯކައިދޫގެ އިތުރުން މަރޮށީގެ ބައި-އިލެކްޝަނަށް ވާދަވެރި ކެމްޕެއިނެއް ކުރިއަށް އެބަދެ އެވެ. މި ކެމްޕޭންގައި، އިދިކޮޅު ޕީޕީއެމާއި އެ ދާއިރާ އަށް ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ދަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.
އަންނަ މަހުގެ ފަހެއްގައި ބާއްވާ އެ އިންތިހާބަށް ނުފޫޒު ފޯރުވަން ކުއްލިއަކަށް މަޝްރޫއުތައް އޮއްސައިލުމުގެ އިތުރުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދަމުންދާ ކަމުގެ ޝަކުވާ ބޮޑުވެ، އިލެކްޝަންސް ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު އީސީއަށް އެކަން ބަލައި ފިޔަވަޅު އެޅޭނެ ގޮތެއް ނެތްއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގާނޫނީ ހުސްކަމެއްގައި އޮތުމުގެ މައްސަލައިގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޕީޕީއެމުން ކޮމަންޑުއަށް ދިއުމުން ސަޕޯޓަރުން މަރުހަބާ ކިޔަނީ. -- ފޮޓޯ/ ޕީޕީއެމް
ގާނޫނީ ގޮތުން ހުރި މި މައްސަލަތަކާ ގުޅިގެން ފަތުހީ "މިހާރު" އަށް ވިދާޅުވީ ސަރުކާރުން މި އިންތިހާބުގައި އަމަލުކުރަމުންދާ ގޮތް ވަރަށް ހުތުރު ކަމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓް ބަހައްޓައިގެން އެކި ކަންކަމަށް ވައުދުވެ، މަޝްރޫއުތައް ފެށުމަކީ އިންތިހާބުގެ މިނިވަންކަން ނަގައިލުން ކަމަށް ފަތުހީ ވިދާޅުވި އެވެ.
އެ އަމަލުތަކަކީ އޭނާގެ އިންތިހާބީ ހައްގުތަކެއް ވެސް ނިގުޅައިގަތުން ކަމަށް ފަތުހީ ދެކެވަޑައިގަންނަވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކިތަންމެ ނުފޫޒެއް ފޯރުވައި، މިނިވަންކަން ނަގައިލިޔަސް ވޭތުވެދިޔަ 15 އަހަރު ކޮމަންޑޫ ދާއިރާ އަށް އެމްޑީޕީން ހެދި ގޮތް ރައްޔިތުންނަށް ވަރަށް ސާފެވެ. އެކި އިންތިހާބުތަކާ ދިމާކޮށް ކޮމަންޑު އަށް ވީ ވައުދުތައް ވީ ތަނެއް ނޭނގި އޮތް އިރު ކުއްލިއަކަށް އާ ވައުދުތަކެއް ވަމުން ދިޔަސް ރައްޔިތުން އެ ދަޅަ އަށް ފަރިތަ ކަމަށް ފަތުހީ ވިދާޅުވި އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ނުހިމެނިޔަސް، ބިން ފުރިފައި އޮތް ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅައިލުން ކުރިއަށް ގެންދަން އަވަސް އަރުވާލައިގެން އެމްޓީސީސީއާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ. މިއީ ސީދާ ނުފޫޒާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރުން ކަން ފާހަގަކުރައްވައި ފަތުހީ ވަނީ އެ މަޝްރޫއުގެ ވާހަކަ ވޭތުވެދިޔަ ދިގު މުއްދަތުގައި މަޖިލީހުގައި ވެސް އެމްޑީޕީން ނުދެއްކީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ.
ފަތުހީ ވިދާޅުވި ގޮތުގައި ކޮމަންޑޫ ކައިރީގައި އޮންނަ ދިގުވެލިދޫގައި އެއާޕޯޓެއް އެޅުމަކީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. އެކަމަކު އެ ވައުދު ވެސް ވީ ތަނެއް ނޭނގި އޮއްވައި ކެމްޕެއިނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަޑައިގެން އެ ވައުދު އާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
"އިއްޔެ ޝާހިދު ވަޑައިގެން ފޭބީ ދިގުވެލިދޫއަށްތޯ، އިބްރާހިމް މުހައްމަދު ސޯލިހްގެ މި އެއާޕޯޓް ވައުދު އޮތީ ކިހާ ހިސާބެއްގައިތޯ އަޅުގަނޑު ސުވާލު އުފައްދަން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން 2008 ގައި ވެރިކަމާ ހަވާލުވެ ދެ ހައިމާކު ކޮމަންޑު އަށް ގެންގޮސް ދަބަރަށް ވި އިރު ވެސް ކުރެވުނު ކަމެއް ނެތް ކަމަށާއި މި ފަހުން ވެސް ކޮމަންޑޫ ހިއްކާ ކަމަށް ބުނެ ދެއްކީ ދަޅަ ކަމަށް ފަތުހީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމަންޑޫގެ އާ އިންޖީނު ގެ އެޅީ ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިއްކާފައި އޮތް ސަރަހައްދެއްގައި ކަމަށާއި އޭރު އިންޖީނުގެ އޮތީ ޑިޒައިންކޮށް ބީލަން މަރުހަލާގައި ކަަމަށެވެ. އެކަމަކު، ރައީސް އިބްރާހިމް ސޯލިހް، އިހަށް ދުވަހު އެމްޑީޕީގެ ކެންޑިޑޭޓް ބަހައްޓަވައިގެން އިންޖީނުގެ ބަދަލުކުރީ ކަމަށް ވިދާޅުވާން ލަދުވެތި ކަމަށް ފަތުހީ ވިދާޅުވި އެވެ.
ކޮމަންޑޫގެ ކަރަންޓަކީ ރައްޔިތުންގެ ބުރަ މަސައްކަތް ކަމަށާއި އިންޖީނުގޭގައި ހުރި ދެ ޖަނަރޭޓަރާއި ކޭބަލަކީ ދެ ޖަމިއްޔާ އާއި ރައްޔިތުން ހޯދާފައިވާ އެއްޗެއް ކަމަށް ފަތުހީ ވިދާޅުވި އެވެ. ސިއްހީ މަރުކަޒު ތަރައްގީ ކުރަން ވެސް އެމްޑީޕީގެ ސަރުކާރަކުން ކޮށްދިން ކަމެއް ނޯންނާނެ ކަމަށާއި ކުރިއެރުން ހޯދައިދިނީ ޔާމީންގެ ވެރިކަމުގައި ކަމަށް ވިދާޅުވި އެވެ.
"ލަދެއް ހުރި ނަމަ ހަގީގަތުގައި ކޮމަންޑު އަށް ވޯޓު ހޯދަން ސަރުކާރުން ނާންނާނެ،" ފަތުހީ ވިދާޅުވި އެވެ.
ނުފޫޒު އޮތް ވަރުގެ މިސާލެއް ކަމަށް ވިދާޅުވެ، ފަތުހީ ވަނީ ކެމްޕެއިންގައި ވަޑައިގެން އުޅުއްވާ ވަޒީރުން އޭނާގެ ގެ ކައިރިއަށް ވަޑައިގެން ފުރައްސާރައިގެ އަމަލުތަކެއް ހިންގެވި ކަމުގެ ތުހުމަތު ވެސް ކުރައްވައިފަ އެވެ.
ޕީޕީއެމްގެ ޓީމެއް ކޮމަންޑޫގައި: ވާދަވެރި ކެމްޕޭނެއް އެ ދާއިރާގައި ކުރިއަށް އެބަދޭ. -- ފޮޓޯ/ ޕީޕީއެމް
ފަތުހީ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް ސޯލިހް އެންމެ ފަހުން، ކޮމަންޑު އަށް ވަޑައިގެން އިދިކޮޅުގައި ތިބީ ޑްރަގާއި މަނީ ލޯންޑަރިންގެ މީހުން ކަމަށް ވިދާޅުވެ، ހަގީގަތާ ހިލާފު ތުހުމަތަކުން އޭނާގެ އަބުރަަށް ވަނީ އަރައިގެންފަ އެވެ. ސާބިތު ނުހިފޭ ވާހަކަ، ރައީސެއްގެ ގޮތުގައި ހުންނަވައި އިދިކޮޅު ކެންޑިޑޭޓަށް އަމާޒުކުރެއްވި އިރު އޭނާ އަކީ ހަލާލު ގޮތުގައި ފައިސާ ހޯދައި ދިރިއުޅޭ މީހެއް ކަަމަށް ފަތުހީ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ރެކޯޑު އެ އޮތީ ސާފުކޮށް ފެންނަން، އެހެން ވިދާޅެއް ނުވެވޭނެ،" ފަތުހީ ވިދާޅުވި އެވެ.
"އެ ޖަލްސާގައި ބޭނުންކުރީ ތައުލީމީ މަރުކަޒުގެ ގޮނޑިތައް. އެމްޑީޕީގެ ކެންޑިޑޭޓުގެ ޖަލްސާގައި މި ގޮނޑި ބޭނުން ކުރުމަކީ ކޮން ކަމެއްތޯ، މިއީ ދައުލަތުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުމެއްނޫންތޯ."
ފަތުހީ ވިދާޅުވި ގޮތުގައި ކިތަންމެ ގޮންޖެހުމެއް އަމާޒުކޮށް އިންތިހާބު ހިސޯރުކުރިޔަސް ރައްޔިތުންގެ އިތުބާރު އޭނާ އަށް އެބައޮތެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑިއާ މެދު ގޮތް ނިންމާއިރު، ރައްޔިތުން އޭނާގެ ޓްރެކް ރެކޯޑާއި ޔާމީންގެ ވެރިކަމުގައި އެ ދާއިރާ އަށް ކޮށްދިން ކަންކަމާއި ދެން ވެސް ތަރައްގީ ގެނެވޭނީ ޔާމީނާ އެކުގައި ކަން ދަންނާނެ ކަމަށް ފަތުހީ ވިދާޅުވި އެވެ.
"ދޮގު ހެދުން ފިޔަވައި "ލާދީނީ" ފިކުރު ގެނައުން ފިޔަވައި ތައުލީމީ ނިޒާމަށް ގެއްލުން ދިނުން ފިޔަވައި ކޮން ކަމެއްތޯ ކުރެވުނީ؟ މި ހުރިހާ ކަމަކާ އެކު ވޯޓު ހޯދަން އައިސް އެ އުޅޭ ގޮތް ރައްޔިތުން ބަލައެއް ނުގަނޭ،" ފަތުހީ ވިދާޅުވި އެވެ.
ޔާމީން ދެން ޖަލަކަށް ނުލެވޭނެ: އަބްދުއްރަހީމް
ބޭނުންވީ ސަރުކާރަށް ތާއީދު ނެތްކަން ދެއްކުން: އަދުރޭ
އެމްޑީޕީއަށް ތާއީދު ނެތްކަން ސާފުވެއްޖެ: ފަތުހީ
ކޮމަންޑޫ ދާއިރާގެ އިންތިހާބު ރާޝިދަށް
މިވަރުގެ ވާދައެއް، ފޯރިއެއް މި ރަށް ނުދެކޭ!
މި ގޮނޑިން ބޭނުންވަނީ ސިޔާސީ "މޮޅެއް"!
އިންތިހާބަށް ފާރަވެރިވާން އޭސީސީ ނެތުމުން ކަންބޮޑުވެއްޖެ
ކޮމަންޑޫގައި ފޯރުވި ނުފޫޒު އެމްޑީޕީއަށް ނުފެނޭ:އިދިިކޮޅު
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
ހަގީގަތުގައި މޮޅުވީ ކޮން ބައެއް؟