01 މާޗް 2022
މިދިޔަ މަހުގެ ފަހެއްގައި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދިޔަ ވަރާއި ބިރު ދެއްކި މަންޒަރު މިހާރު އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނަށް ނުފެނުން ކަމަށް ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ ފަހެއްގައި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދިޔަ ވަރާއި ބިރު ދެއްކި މަންޒަރު މިހާރު އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނަށް ނުފެނުން ކަމަށް ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފި އެވެ.
އިދިކޮޅު ކޯލިޝަންގެ އިސް މެމްބަރުން އެހެން ވިދާޅުވީ، ރ. ދުވާފަރު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އެމްޑީޕީގެ މެމްބަރެއް ކަމަށްވާ އަހުމަދު އާމިރު ވަޒީފާ އިން ވަކިކުރި މައްސަލައިގައި އެމްޑީޕީގެ ދެ ފެކްޝަންގެ މެމްބަރުން މިއަދުގެ ޖަލްސާގައި ކުރި ބަހުސާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.
މަޑުއްވަރި ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ، ކޮަމަންޑޫ ދާއިރާގެ މީހުންނަށް ވަޒީފާގެ ބިރު އޮތް ކަަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ކަމަށާއި ކޮމަންޑު އަށް އެކަނި ވެސް 60 އެއްހާ ވަޒީފާ ދިން ކަމަށެވެ.
"އެ ދުވަހަކު މި ވާހަކަ ބައެއް ބޭފުޅުންނަށް އަޑު އައްސަވާކަށް ފަސޭހައެއް ނުވި. މިއަދު މަޖިލީހުގައި ރެކޯޑް ކުރެވިގެން މި ދަނީ ހަގީގަތުގައި ވެސް މީހުންނަށް ވަޒީފާގެ ބިރު އެބައޮތް ކަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ވަޒީފާ އިން ވަކި ކުރުމާއި ބިރު ދެއްކުމުގެ އަމަލުތައް ހިނގާކަން މިހާރު އެންމެން ވެސް ގަބޫލުކުރާ ކަމަށާއި އިންސާފެއް، ހަމައެއް ނެތި އެ ކަންކަން ދާން ފެށުމުން ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވިގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މިފަދަ ގޮތަކަށް އެމްޑީޕީގެ މެމްބަރަކު އެއްބާރުލުން ނުދީގެން އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން، އެ މައްސަލަ ހިފައިގެން އެ މަނިކުފާނު ގެ އަރިހަށް ވަޑައިގަތެވެ. އަދި އޭނާ ވަޒީފާ އިން ވަކިކުރުމުގެ ބަދަލުގައި ޔާމީން އެދިވަޑައިގަތީ އެ މެމްބަރާ މެދު ވެސް އިންސާފުވެރިކަމާއެކު އަމަލު ކުރުމަށް ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
"އެއީ އިންސާފަކީ. އެ ކަން ކުރައްވަން ނުކެރުނީމާ މިއަދު އަމިއްލަ ޕާޓީގެ ފަރާތުން ސަރުކާރަށް ފަލީހަތް މި އަންނަނީ. މިއީ ކޮރަޕްޓް ސަރުކާރަކަށް ވީމާ މިކަން މި ވަނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާ، ގާނޫނުއަސާސީއާ ހިލާފަށް ބޭނުންކުރާ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި މިއަދު ދައްކާއިރު، އޭގެ ކުރިން ކޮމަންޑޫ ދާއިރާ އަށް ނުފޫޒު ފޯރުވި މައްސަލަ ގެންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ހިތާމަކުރަން އެ ދުވަހު މަޖިލީހުގެ ރައީސް އަޅުގަނޑުގެ މައިކު ކަނޑާލެއްވީމާ. ރެކޯޑިންއެއް އިއްވީ ފެނަކައިގެ ސީނިއާ ބޭފުޅަކު ފެނަކައިގެ އާދައިގެ މުވައްޒަފަކަށް ދިން އިންޒާރުތައް. ނުފޫޒުގެ ވާހަކަތައް،" ޝިޔާމް ވިދާޅުވި އެވެ.
އަންނަ މަހުގެ 16 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލަ ހޫނުވެފައިވާއިރު، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ދުވަސްވަރު، އިދިކޮޅު ފަރާތްތަކުން ވެސް އެ ތުހުމަތުތައް ސަރުކާރަށް ކުރި އެވެ. އަދި ފެނަކަ ކުންފުނީގެ އިސް ބޭފުޅަކު މުވައްޒަފަކަށް ބިރު ދައްކާ އޯޑިއޯއެއް ލީކުވި އެވެ. ނަމަވެސް އެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުން އޭރު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވެސް މަޖިލީހުގައި ޝިޔާމަށް ރައްދު ދެއްވައި ދިފާއު ކުރެއްވީ އެ އޯޑިއޯގައި ދެއްކި ވާހަކަ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންނަށް ކެންޑިޑޭޓުން ބެހިފައިވާތީ އެވެ.
ޔާމީން ދެން ޖަލަކަށް ނުލެވޭނެ: އަބްދުއްރަހީމް
ކަމެއް ނުކޮށްދީ، ގޮނޑި ނަގަން އުޅޭލެއް ހުތުރު:ފަތުހީ
ނަޝީދަށް ދައުވާ ކޮށްދިނުމަށް އިދިކޮޅުން އެދިއްޖެ
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެއްޗެއް ނޫން: އިދިކޮޅު
ކޮމިޓީތަކުގައި އިދިކޮޅުގެ އަޑު އިއްވެން ޖެހޭނެ: ޝިޔާމް
އިދިކޮޅުގެ ޖަވާބު ބަދަލު ނުވާނެ "ކެންޑިޑޭޓަކީ ޔާމީން"
ޝާހިދުގެ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންގޮސްފި
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ޝިޔާމް ހައްޔަރުކުރީ ޒިންމާއިން ރެކެން: ޕީޕީއެމް
ޕީޕީއެމުން ކޯލިޝަނަށް ތައްޔާރު، އެކަމަކު ޝަރުތުތަކެއް