15 މާޗް 2023
ޖުމްހޫރީ ޕާޓީ (ޖޭޕީ) ނުވަތަ އެހެން ޕާޓީއާއެކު ވިޔަސް ޕީޕީއެމުން ގަބޫލުކުރާ އަސާސްތަކުގެ މައްޗަށް ކޯލިޝަން ހެދުމަށް އެ ޕާޓީގެ ދޮރުތައް ހުޅުވާލައިފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ނުވަތަ އެހެން ޕާޓީއާއެކު ވިޔަސް ޕީޕީއެމުން ގަބޫލުކުރާ އަސާސްތަކުގެ މައްޗަށް ކޯލިޝަން ހެދުމަށް އެ ޕާޓީގެ ދޮރުތައް ހުޅުވާލައިފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓަކު ނެރެ، އެ ޕާޓީން އިސްވެ އޮވެ ޕާޓީތަކާއެކު ކޯލިޝަނަކުން ވާދަކުރަން ޖޭޕީގެ ކައުންސިލްގެ އިއްތިފާގުން ރޭ ވަނީ ފާސްކޮށްފަ އެވެ. ބައިބައި ވެފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ޖޭޕީގެ މަޖިލިސް މެމްބަރުން ގުޅިގެން ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕެއް އުފެއްދުމުގެ ވާހަކަތައް ވެސް ޖޭޕީގެ އެ ނިންމުމާއެކު މިހާރު ދެއްކެވެން ފަށައިފަ އެވެ.
މި ސަރުކާރުގެ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ ޖޭޕީގެ ރޭގެ ނިންމުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައި ވަނިކޮށް، އިދިކޮޅު ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ ވިސްނުން ގެންގުޅުއްވަންތޯ "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް އެ ޕާޓީން ގަބޫލުކުރާ އުސޫލުތަކަކާއި އަސާސްތަކެއް ހުންނަ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީގެ ކެންޑިޑޭޓަކު ނެރެން ނުވަތަ އެ ޕާޓީ އިސްވެ ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެ ކަން ކުރަން ފާސްކުރުމުން އެނގެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިކަމެތިވަމުންދާ ކަން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެބަހުރި އުސޫލުތަކެއް، އަސާސްތަކެއް، ރައީސް ޔާމީން އެބަ ޕްރޮމޯޓް ކުރައްވާ ކަންތައްތަކެއް، ގައުމީ/ ވަތަނީ ކަންތައްތަކެއް. އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވަންޏާ އެ ކަންތަކުގައި ހިފަން ޖެހޭނެ. އެއީ ކޮންމެ ބޭފުޅަކަށް ވިޔަސް ކޮންމެ ޕާޓީއަކަށް ވިޔަސް،" މި ސަރުކާރަށް ޕީޕީއެމްގެ ތެރެއިން އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތި ކުރައްވާ އެއް ބޭފުޅާ ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ރާއްޖޭގެ މިނިވަންކަމާއި އިސްލާމް ދީނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކޮރަޕްޝަނާއި އިންޑިއާގެ ނުފޫޒު އޮތް ވަރާއި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި ވާހަކަ އެ ޕާޓީއަކާއެކު ޕީޕީއެމަށް ދެއްކެން ޖެހޭނެ އެވެ.
"އެހެން ނޫނީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް ވެސް ވަރަށް އުނދަގޫވާނެ ގަބޫލުކުރަން. އަޅުގަނޑުމެންގެ، ރައީސް ޔާމީންގެ ޕާޓީގެ ދޮރުތައް ވަނީ ހުޅުވާލެވިފައި،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރާއްޖޭގެ ގިނަ ބަޔަކު ސަޕޯޓު ކުރަނީ ވެސް ޕީޕީއެމް ގަބޫލުކުރާ ކަންތައްތަކެއްގެ މަތީގަ ތިބޭތީ ކަމަށެވެ.
ޕީޕީއެމުން މިހާރު ނިންމާފައި ވަނީ އެ ޕާޓީން ވަކިން އިންތިހާބަށް ނިުކުތުމަަށެވެ. ނަމަވެސް އެ ޕާޓީގެ ކެނޑިޑޭޓް، ޔާމީން ޖަލަށް ލާފައި ވާތީ އެ ޕާޓިން ގަބޫލު ކުރަނީ މި މަސް ތެރޭގައި އެ މަނިކުފާނު މިނިވަން ވާނެ ކަމަށެވެ. އެއާއެކު ރިޔާސީ އިންތިހާބުން ޖާގަ ހޯއްދަވާނެ ކަމަށް ޕީޕީއެމުން ދެކެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް، ކޯލިޝަން ހަދަން ދައުވަތު ދެއްވި ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ނިންމުން އިއުލާންކޮށްފައި ވިޔަސް ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން އަދި ގޮތެއް ނުނިންމަ އެވެ.
އިދިކޮޅުގެ ޖަވާބު ބަދަލު ނުވާނެ "ކެންޑިޑޭޓަކީ ޔާމީން"
ޔާމީން ދެން ނުހިފެހެއްޓޭނެ، 2023 ނޫން ގޮތެއް ނެތް
ސަރުކާރުގެ އަނިޔާވެރިކަން ނޫން އެއްޗެއް ނުފެނޭ: ޝިޔާމް
މުއިއްޒަށް ކާމިޔާބުވާން އެންމެ ބޭނުންވަނީ ޔާމީން:ޝިޔާމް
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
މުއިއްޒުގެ އެޖެންޑާގެ ކުރީގައި ޔާމީން މިނިވަންކުރުން!
ޔާމީން މި ފަހަރު ވެސް ނަމެއް ނުދެއްވި، ސެނެޓް މާދަމާ
ޔާމީން ދައްކާ ކެންޑިޑޭޓާ މެދު ގޮތެއް ނިންމުން ސެނެޓަށް
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!