21 ސެޕްޓެމްބަރ 2021
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިޔަށް ގެންދާ ޝަރީއަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ހެކިބަސް ނަގަން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިޔަށް ގެންދާ ޝަރީއަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ހެކިބަސް ނަގަން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
ޕީޕީއެމް/ޕީއެންސީން މިހެން ބުނީ ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނޭ ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތުގައި "ފިއްލަވައިގެން" އުޅުއްވާ އަލީ ވަހީދު ބޮޑެތި ތުހުމަތުތަކެއް ރޭ ކުރެއްވުމާ ގުޅިގެނެވެ.
ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ އެ ވާހަކަތައް މިއަދު ވެސް ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، އަލީ ދައްކަވަނީ ތޯތޯ ވާހަކަ ކަމަށާއި ހެކި ހުރި ނަމަ އެ އެއްޗެއް އާންމު ކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.
އެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޔާމިންގެ ޝަރީއަތުގައި އެ މަނިކުފާނުގެ މައްޗަށް ހެކިބަސް ދެމުން އަންނަނީ އެމްއެމްޕީއާރްސީގެ ހިޔާނާތް ސާބިތުވެގެން ހުކުމް ތަންފީޒު ކުރަމުން ގެންދާ ދެ މީހަކު ކަމަށެވެ. އެ ހެކިބަސް ޝަރީއަތަށް ސާބިތު ކުރެވޭ ކަމަށް ވާ ނަމަ، ކުށެއްގެ ސާބިތު ނުވެ ހަމައެކަނި ތުހުމަތެއް ކުރެވިފައިވާ އަލީ ދައްކާ ވާހަކަ މާ ބޮޑަށް ގަބޫލު ކުރެވެން ޖެހޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"މިހާރު އެބަޖެހޭ އަލީ ވަހީދުގެ ހެކިބަސް ނަގަން. އަަދީބާއި ޒިޔަތުގެ ހެކިބަސް ނަގާ ކަަމަށް ވަންޏާ، އަލީ ވަހީދު އެ ވިދާޅުވަނީ ތިމަންނަ އަތަށޭ އެންމެ ފުރަތަމަ މި ފޯނުތަކާ އެއްޗެހި [އަދީބުގެ ފޯނާއި ލެޕްޓޮޕް] އެރީ. ތިމަންނައޭ މިވެނި ކަންކަން ކުރީ. ތިމަންނަގެ ބަޔާނަކާ ނުލައި އެމްއެމްޕީއާރްސީގެ މައްސަލައެއް ކުރިޔަށް ނުގެންދެވޭނެއޭ،" އަދުރޭ ވިދާޅުވި އެވެ.
އަލީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު 10 ވަރަކަށް އަހަރު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމާއި އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް ކުރެއްވި ކަން އަދުރޭ ފާހަގަކުރެއްވި އެވެ. އެހެންކަމުން އަލީ ކުރައްވާ ތުހުމަތުތަކަކީ އާދައިގެ ކަމެއް ނޫން ކަމަށާއި ކަމާބެހޭ ފަރާތްތަކުން ބޮޑު ތަހުގީގެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 35 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެންގެވި ކަމަށް އަލީ ވަހީދު ތުހުމަތު ކުރެއްވި މައްސަލައާ ގުޅިގެން އަދުރޭ ވިދާޅުވީ، އެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރަންދެން ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. ނަމަވެސް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ހެއްދެވި ހެން މުސާރަ ލިބިވަޑައިގަންނަވާ ގޮތަށް ސަސްޕެންޝަނެއްގައި ނަމަވެސް އެކަހެރިވެވަޑައިގަންނަވަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"މިހާރު މަނިކުފާނު ތި ހުންނެވީ ދިވެހި ރައްޔިތުން ތަމްސީލު ކުރައްވަން ތަންތަނަށް އަރާވަޑައިގެން ތަގުރީރު ކުރައްވާ ހާލަތެއްގައެއް ނޫން. އެ އަށް ވުރެ މާ ނުބައި ތުހުމަތުތެއް މި ވަނީ މަނިކުފާނު މައްޗަށް ކުރެވިފައި،" އަދުރޭ ވިދާޅުވި އެވެ.
އަލީ ވަހީދު ދެއްކެވި ވާހަކަތަކަށް ވަކި ތަހުގީގެއް ހިންގަން ކަމާބެހޭ ހުރިހާ ފަރާތްތަކަށް ލިޔުމުން ހުށަހަޅާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އަލީގެ ވާހަކަތަކާއި ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތާ ގުޅޭ އޯޑިއޯގެ މައްސަލަތައް ވެސް މި ދަނޑިވަޅަށް ފެންމަތިވުމާ ގުޅިގެން ޔާމީންގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއްކަން އިތުރަށް ކަށަވަރުވެ އެވެ. އެހެންވެ، ޔާމީން މިހާރުން މިހާރަށް މިނިވަން ކުރަން ޖެހޭ ކަމަށާއި ސުޕްރީމް ކޯޓުން ދޫކޮށްލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ކޮންފަރެންސް ސަރުކާރަށް ހަޖަމެއް ނުވި: އަދުރޭ
ރިޔާސީ ޓިކެޓާ ހެދި ޕާޓީތެރޭ ފެކްޝަނެއް ނެތް: އަދުރޭ
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
"ވަޒީރުކަމުގައި ނާޒިމް އުޅުނީ ރިޔާސީ ޓިކެޓް ހޯދަން"
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު
ފެންނަނީ އަދީބުގެ އެހީތެރިކަން ހޯދާތަން: އިދިކޮޅު
ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރަން: އިދިކޮޅު
އަދުރޭ ވިދާޅުވީ، ސަލާމަތް ވާނީ ޔާމީން ނެރެގެން ކަމަށް
ޔާމީން ދޫކުރަން ގޮވައި އިދިކޮޅުން ކަނޑުމައްޗަށް