Roadha Mihaaru
ކޮންފަރެންސް ސަރުކާރަށް ހަޖަމެއް ނުވި: އަދުރޭ

ކޮންފަރެންސް ސަރުކާރަށް ހަޖަމެއް ނުވި، ދެން ނުހުއްޓުވޭނެ: އަބްދުއްރަހީމް

05 ފެބުރުއަރީ 2023

"ހޯޕް ކޮންފަރެންސް" ސަރުކާރަށް ހަޖަމް ނުވި ކަމަށާއި އިދިކޮޅު ހަރަކާތް ދެން ހުއްޓާނުލެވޭނެ ކަމަށް، އިދިކޮޅު ކޯލިޝަން ހިންގުމުގައި މި ވަގުތު އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

"ހޯޕް ކޮންފަރެންސް" ސަރުކާރަށް ހަޖަމް ނުވި ކަމަށާއި އިދިކޮޅު ހަރަކާތް ދެން ހުއްޓާނުލެވޭނެ ކަމަށް، އިދިކޮޅު ކޯލިޝަން ހިންގުމުގައި މި ވަގުތު އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

އެ ކޯލިޝަނުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި "ދުއްޕާން" ޖަލްސާގައި އޭނާ ވިދާޅުވީ 1،000 އަށް ވުރެ ގިނަ މީހުންނާއެކު މިިދިޔަ ބުރާސްފަތި ދުވަހު ފެށި "ހޯޕް ކޮންފަރެންސް" މި ސަރުކާރަށް ހަޖަމު ނުވި ކަމަށެވެ. ހަޖަމު ނުވިޔަސް އިދިކޮޅު ކޯލިޝަންގެ މަސައްކަތް ހުއްޓާލާނީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ވެރިކަމުގެ ގޮނޑީގައި އެ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން ބައިންދުމަށް ފަހުގަ އެވެ.

ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި އަބްރުއްރަހީމް ވަނީ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ޓްވީޓަކަށް ވެސް ރައްދު ދެއްވައިފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ އެ ކޯލިޝަނުން މަސައްކަތް ކުރާނީ ޕީޕީއެމްގެ އަސްލު ދައްކަން ކަމަށެވެ. އެ އަސްލު ސައިޒު ފެންނައިރު އިމްރާން އޮންނަވާނީ ޖަލު ގޮޅީގައި ކަމަށް ވިދާޅުވި އެވެ.

"ގައުމަށް ޣައްދާރުވީމާ، ގައުމަށް ހިޔާނާތްތެރިވީމާ މި ގައުމުގެ ރައްޔިތުންނަށް ހަރާންކޯރުވީމާ، ގާނޫނުތައް ފުނޑާލީމާ." އިމްރާން ޖަލަށް ލާން ޖެހޭ ސަބަބު އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އިހުލާސްތެރިކަމާއެކު ޔާމީން ސަލާމަތް ކުރުމަށް ވުރެ އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގައި ގިނައީ އެހެން މަގުސަދެއް ހާސިލްކުރަން އުޅުއްވާ ބޭފުޅުން ކަމަށެވެ. އެއް ދުވަހުން އަނެއް ދުވަހަށް އެކަން ހާމަވާ ވަރު ބޮޑުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަނަމަ ރައީސް ޔާމީން ކުޅެން ނުހައްދަވާތި. ނަހަދާތި. ރައީސް ޔާމީނާ ކުޅުމަކީ މި ގައުމުގެ މިނިވަންކަމާ ކުޅުން. ރައީސް ޔާމީން ކުޅުމަކީ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ލެއާ ކުޅުން. ރައީސް ޔާމީނާ ކުޅުމަކީ މި ގައުމުގެ މާދަމާގެ މުސްތަގުބަލާ ކުޅުން. ރައީސް ޔާމީނާ ކުޅުމަކީ އިސްލާމީ ވަންތަކަމާ ކުޅުން،" --- އަދުރޭ

އިމްރާން އެ އިޝާރާތް ކުރައްވަނީ ބެލެވޭ ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ މެދުގައި ވާދަވެރިކަން އޮތް ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަށެވެ. ނަމަވެސް ހޯޕް ކޮންފަރެންސް ނިންމާލީ މިހާރު ޖަލަށް ލާފައިވާ ޔާމީން ނޫން މީހަކު ޕީޕީއެމުން ރިޔާސީ އިންތިހާބަށް ބޭނުން ނުވާ ކަމުގެ އަޑުތަކާއެކު އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ އަސްލު މަންޒަރު ފެންނަން ފެށުމުން މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން މާލޭގައި ފައި ހަރެއް ނުލާނެ އެވެ.

"ނަމަނަމަ ރައީސް ޔާމީން ކުޅެން ނުހައްދަވާތި. ނަހަދާތި. ރައީސް ޔާމީނާ ކުޅުމަކީ މި ގައުމުގެ މިނިވަންކަމާ ކުޅުން. ރައީސް ޔާމީން ކުޅުމަކީ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ލެއާ ކުޅުން. ރައީސް ޔާމީނާ ކުޅުމަކީ މި ގައުމުގެ މާދަމާގެ މުސްތަގުބަލާ ކުޅުން. ރައީސް ޔާމީނާ ކުޅުމަކީ އިސްލާމީ ވަންތަކަމާ ކުޅުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިކަންކަން ކުރާއިރު އަޅުގަނޑުމެން ބަލާކަށް ނުތިބޭނަން. "އިރާދަކުރެއްވިއްޔާ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު މި އަހަރުގެ ރިޔާސީ އިންތިހާބުގައި އޮންނާނެ."

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފާޑުވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ، އިންސާފުވެރި އިންތިހާބެއް ކާމިޔާބުކުރުމުގެ ފޯމިއުލާ އޮތީ ވެސް ޕީޕީއެމް ކޯލިޝަންގައި ކަމަށެވެ. މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާކުރާނީ ޔާމީން ކަމަށް ވިދާޅުވާ ވިދާޅުވުން އަބްދުއްރަހީމް ރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

މި ސަރުކާރުން ރައްޔިތުންނަށް އެކި ގޮތްގޮތަށް "ދުއްޕާން" ކުރަމުންދާ ކަމަށާއި އެކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ ވެސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުން ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި ޔާމީންގެ ނަމާއި އަޑު ކަނޑުވައެއް ނުލެވޭނެ އެވެ. އަދި އެ މަނިކުފާނުގެ ވިސްނުންފުޅަށް ބަދަލެއް ނުގެނެވޭނެ ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވިދާޅުވީ، ކޯލިޝަންގެ ބަދަހި ލަޝްކަރު ވެސް ބައްޔެއް ނުކުރެވޭނެ ކަމަށެވެ.