Roadha Mihaaru
ދެވަނަ ބުރަކަށް އިންތިޒާރު ނުކުރަން: އަބްދުއްރަހީމް

މުއިއްޒަށް އިތުބާރު އެބައޮތް، ދެވަނަ ބުރަކަށް އިންތިޒާރު ނުކުރަން: އަބްދުއްރަހީމް

10 އޯގަސްޓް 2023

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އިތުބާރު އެބައޮތް ކަމަށާއި މުއިއްޒު އިންތިހާބު ކުރައްވާނީ އެއްބުރުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އިތުބާރު އެބައޮތް ކަމަށާއި މުއިއްޒު އިންތިހާބު ކުރައްވާނީ އެއްބުރުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ކެމްޕެއިން ރަސްމީކޮށް ފެށުމާއި ޕީޕީއެމް/ޕީއެންސީގެ މައި ޖަގަހައެއް މާލޭގައި ހުޅުވަން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ މުއިއްޒުގެ ސަރުކާރުގައި ހިންގާނީ ޔާމީން މިނިވަންކޮށް، އެ މަނިކުފާނުގެ ލަފާއާއެކު ކަމަށެވެ. މުއިއްޒުގެ ސަރުކާރެއްގައި ވެސް ޔާމީންގެ ސިޔާސަތުތަކާއި މިނިވަންކަން ދަމަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް ހިންގަމުންދާނީ ރައީސް ޔާމީންގެ ފުރިހަމަ ލަފާފުޅާއި އިރުޝާދާ އެކީގައި. ޑރ. މުއިއްޒު އެ އިތުބާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަން އެބައޮތް. އަޅުގަނޑުމެން މި ތިބީ ވަރުގަދަ ލީޑަރެއްގެ ފަހަތުގައި،" މުއިއްޒަކީ ޔާމީންގެ ދަރިވަރެއް ކަން ފާހަގަ ކުރައްވައި، އަބްދުއްރަހީމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި މުއިއްޒާއި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން --- މިހާރު ފޮޓޯ/ނިޝާން އަލީ

މިރޭގެ ޖަލްސާގައި މުއިއްޒާއި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން --- މިހާރު ފޮޓޯ/ނިޝާން އަލީ

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީނަށް ރިޔާސީ އިންތިހާބުގެ ފުރުސަތު ބަންދުވުމުން ޕީޕީއެމާއި ޕީއެންސީ ބައިބައިވީ ކަމަށާއި އިދިކޮޅު ކެންޑިޑޭޓަކު ނުހުންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރި އެވެ. ނަމަވެސް އެކަން އެގޮތަށް ވިޔަ ނުދީ އެހެން ކެންޑިޑޭޓަކު ނެރެން ޔާމީން ނިންމެވީ ގައުމުގެ ހައްގުގައި ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން ވިދާޅުވަނީ ހަމަ ހިލާ އެހެނަކުން ނުވާނެއޭ. ތިމަންނަގެ ލީޑަރުކަމުގައި ޕީޕީއެމް/ޕީއެންސީ މަގުމަތިވިޔަ ނުދޭނަމޭ. އެ ހިތްވަރު އެބަހުއްޓޭ ތިމަން މަނިކުފާނުގެ ކިބައިގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް ހިންގަމުންދާނީ ރައީސް ޔާމީންގެ ފުރިހަމަ ލަފާފުޅާއި އިރުޝާދާ އެކީގައި. ޑރ. މުއިއްޒު އެ އިތުބާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަން އެބައޮތް. އަޅުގަނޑުމެން މި ތިބީ ވަރުގަދަ ލީޑަރެއްގެ ފަހަތުގައި،"--- އަބްދުއްރަހީމް

އޭނާ ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ދެން ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ފެއިލްވެފައި ތިބި ބޭފުޅުންތަކެއް ކަމަށެވެ. މި އިންތިހާބު މުއިއްޒު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށާއި އެކަމާ މެދު ޝައްކެއް ނެތް ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމުގައި އިސްކޮށް ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

"ދެވަނަ ބުރަކަށް އަޅުގަނޑުމެން އިންތިޒާރެއް ނުކުރަން."

ރިޔާސީ އިންތިހާބަށް އޮތީ މަދު ދުވަސްކޮޅެއް ކަން ފާހަގަ ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ ވާހަކަ ގިނަކުރަން ތިބެވެން ނެތް ކަމަށެވެ. މާލެ އާއި ރަށްރަށުގައި މިހާރު ކުރަންވީ ކަމަކީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ދިވެހިންގެ ވެރިކަމެއް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.