13 އޯގަސްޓް 2023
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް، ޕީޕީއެމްގެ މެމްބަރުން މަގުމަތިވެފައިވާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކުރީގެ ސީނިއާ އެޑްވައިޒަރު އަދި އިއްޔެ ރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ވަހީދު ދެއްކެވި ވާހަކަފުޅަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް، ޕީޕީއެމްގެ މެމްބަރުން މަގުމަތިވެފައިވާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކުރީގެ ސީނިއާ އެޑްވައިޒަރު އަދި އިއްޔެ ރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ވަހީދު ދެއްކެވި ވާހަކަފުޅަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
އަދުރޭ އެ ގޮތަށް ވާހަކަ ދެއްކެވީ ރިޔާސީ އިންތިހާބަށް ޕީއެންސީން ވާދަކުރައްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ހއ. އިހަވަންދޫގައި ވާހަކަ ދައްކަވަމުންނެވެ.
ޕީޕީއެމުން އިންތިހާބަށް ކެންޑިޑޭޓަކު ނުނެރުމުން އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ޕާޓީން ވަކިވެވަޑައިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ވަހީދު ވަނީ ޕީޕީއެމްގެ ބައެއް މެމްބަރުން މަގުމަތިވެފައިވާ ކަމަށް ވިދާޅުވެ، އެ މެމްބަރުން ޖުމްހޫރީ ޕާޓީއާ ގުޅުމަށް ދައުވަތު ދެއްވައިފަ އެވެ.
"...އޭގެ ސަބަބުން މިއަދު، ޕީޕީއެމްގެ ކެންޑިޑޭޓެއް މިއަަހަރުގެ ރިޔާސީ އިންތިހާބުގެ ބެލެޓް ކަރުދާހަކު ނެތް. ޕިންކް ކުލަ ވެސް ނެތް. ޕީޕީއެމްގެ ކުލައެއް ވެސް ނިޝާނެއް ވެސް ނެތް. ކޮބައިތޯ ޕީޕީއެމްގެ ސާޅީހަކަށް ހާސްް މެމްބަރުން، އަޅުގަނޑު ދަންނަވާނީ އަޅުގަނޑު މަގުމަތިވިއްޔާ އެ ބޭފުޅުން ވެސް ތިބީ މަގުމަތީގައޭ،" ވަހީދު ވިދާޅުވި އެެވެ.
ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނެއް ނޫޅޭ ވޯޓު ދޭނެ މީހަކު އޮޅިގެންނެެއް. ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް އެބަ އެނގޭ ވޯޓު ދޭން ޖެހެނީ ކޮން ބޭފުޅަކަށް ކަން. ރައީސް ޔާމީން ދެއްކެވި ކެންޑިޑޭޓަށް ވޯޓު ދޭނީ. ޑރ. މުއިއްޒަށް ވޯޓު ދޭނީ. ކެންޑިޑޭޓް ނަމްބަރު 4 އަށް ވޯޓު ދޭނީ،"--- މުއިއްޒު
ނަމަވެސް ވަހީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ، ވަކި ކަމެއް ހާސިލް ނުވުމުން ނުވަތަ ވަކި މަގާމެއް ނުލިބިގެން ނުވަތަ ވަކި ކަމެއް ނުކުރެވިގެން ޕާޓީ ދޫކުރާނެ އެއްވެސް މީހަކު ޕީޕީއެމް/ޕީއެންސީގައި ނުހުންނާނެ ކަމަށެވެ.
"އެ ކަން ވާނީ މި ވޭތުވެގެން ދިޔަ ފަސް އަހަރު އަޅުގަނޑުމެން ސާބިތު ކޮށްދީފައި. ވަރަށް ބަދަހި ލީޑަޝިޕެއް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަކީ. އެއީ މި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގައި ޕީޕީއެމް/ޕީއެންސީ ވަރުގެ ވަރުގަދަ، އެކުވެރި، އެއްބައިވަންތަ ޓީމެއް ނޯންނާނެ. އަދި ލީޑަރަކަށް އިހުލާސްތެރި، ލީޑަރަކަށް ވަފާތެރި، ލީޑަރެއްގެ ފަހަތުގައި ފައިތިލަ ސާބިތުވެ އޮތް އެ ވަރުގެ ބަދަހި އެ ވަރުގެ ޓީމެއް ދިވެހިރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ނުދެއްކޭނެ،" ޕީއެންސީގެ ރައީސް އަދުރޭ ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު މިރޭ އިހަވަންދު އަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ.---ފޮޓޯ: ޕީޕީއެމް
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީ ރޫޅާލުމުގެ މަސައްކަތް މި ސަރުކާރު ވެރިކަމަށް އައުމާ އެކު ފެށި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "އަނިޔާ" ކުރުމުގައި އޮތީ ހައްދު ފަހަނައަޅައިފަ އެެވެ.
އަދުރޭ ވިދާޅުވީ، 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ވެސް ޔާމީން "ވާނުވާ" ބަންދުގައި ބެހެއްޓި ކަމަށާއި އެކަމަކު އޭރު ވެސް ޕީޕީއެމް/ޕީއެންސީން ދެއްކީ ޔާމީނާއި ޕާޓީ އަށް ވަފާތެރިކަން ކަމަށެވެ.
އޭނާ ވިދާޅުވީ، ޔާމީން ޖަލަށް ލާފައިވާތާ މިއަދަށް 1001 ދުވަސް ވެފައިވާ ކަމަށާއި އެކަކު ވެސް ޕާޓީ ދޫނުކުރާ ކަމަށެވެ.
"އަމިއްލަ އެދުން އިސްކުރި މީހުން ދޫކޮށްފައި ދިޔައީ. ތިމާ ބޭނުންވާ ކަމެއް ހާސިލް ނުވީމާ ޕީޕީއެމް/ޕީއެންސީން ނުވަތަ ޕީޕީއެމުން ހިޔާނާތްތެރިވިއޭ ވިދާޅުވެފައި ދާނީ ލަދުހަޔާތުގެ ކަންފުޅެއް ނެތީމާ،" ވަހީދަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ފަސް އަހަރު ވެސް ޕީޕީއެމް/ޕީއެންސީން އިސްކުރީ ގައުމާއި ރައްޔިތުންނެވެ. އަމިއްލަ މަންފާއެއް ކުރިއަކަށް ނުނެރެ އެވެ. އަދި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން އަބަދުވެސް ކަންކަން ކުރަނީ ޔާމީންގެ އިރުޝާދުގެ މަތިން އެ މަނިކުފާނުގެ ލަފާފުޅާ އެކު ކަމަށެވެ.
"ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނެއް ނޫޅޭ ވޯޓު ދޭނެ މީހަކު އޮޅިގެންނެެއް. ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް އެބަ އެނގޭ ވޯޓު ދޭން ޖެހެނީ ކޮން ބޭފުޅަކަށް ކަން. ރައީސް ޔާމީން ދެއްކެވި ކެންޑިޑޭޓަށް ވޯޓު ދޭނީ. ޑރ. މުއިއްޒަށް ވޯޓު ދޭނީ. ކެންޑިޑޭޓް ނަމްބަރު 4 އަށް ވޯޓު ދޭނީ،" މުއިއްޒަށް ކެމްޕެއިން ކުރައްވަމުން އަދުރޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނެއް ނޫޅެން ކުދިކުދި ޕާޓީތަކުގެ ލީޑަރުންނަށް ވޯޓު ދޭން ވެގެންނެއް."
ވަހީދު ކުއްލި ގޮތަކަށް ޕީޕީއެމް ދޫކުރެއްވީ، އެ ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން ކަމަށް އަޑު ފެތުރިފައިވެ އެވެ. ނަމަވެސް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ވަގުތު އޮވެމެ، ޕީޕީއެމުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރުމަކީ ލީޑަޝިޕުން ވި ހިޔާނާތެކެވެ.
ދެވަނަ ބުރަކަށް އިންތިޒާރު ނުކުރަން: އަބްދުއްރަހީމް
ޑރ. މުއިއްޒުގެ ރިޔާސީ ދަތުރު: ހިތްވަރާއި ކެރުން!
ކާމިޔާބީގެ އަސްލަކީ ލީޑަޝިޕްގެ މަޝްވަރާ: އަބްދުއްރަހީމް
އަބްދުއްރަހީމްގެ ސިޔާސީ ހަޔާތް ކަފުން ވެދާނެ ވަގުތުކޮޅު
ޕީޕީއެމް/ޕީއެންސީ ކުރިއަށް ދާނީ އެކުގައި: އަދުރޭ
ވިސްނުމަކީ މުއިއްޒަށް ދެވަނަ ދައުރެއް ދިނުން: އަދުރޭ
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ