Roadha Mihaaru
ކާމިޔާބީގެ އަސްލަކީ ލީޑަޝިޕްގެ މަޝްވަރާ: އަބްދުއްރަހީމް

ކާމިޔާބީގެ އަސްލަކީ ލީޑަޝިޕްގެ މަޝްވަރާގެ ރިވެތި އުސޫލު: އަބްދުއްރަހީމް

07 ނޮވެމްބަރ 2023

މި އަހަރުގެ ރިޔާސީ އިންތިހާބު ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަޝިޕްގެ ބަދަހިގުޅުމާއި މަޝްވަރާގެ ރީތި އުސޫލުތައް ކަމަށް އެ ކޯލިޝަން ހިންގުމުގެ އިސްކޮށް ހަރަކާތްތެރިވެވައިގެންނެވި އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މި އަހަރުގެ ރިޔާސީ އިންތިހާބު ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަޝިޕްގެ ބަދަހިގުޅުމާއި މަޝްވަރާގެ ރީތި އުސޫލުތައް ކަމަށް އެ ކޯލިޝަން ހިންގުމުގެ އިސްކޮށް ހަރަކާތްތެރިވެވައިގެންނެވި އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް އެހެން ވިދާޅުވީ "މިހާރު" އަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

އޭނާ ވިދާޅުވީ، މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ރިޔާސީ އިންތިހާބަށް ޕީޕީއެމް/ޕީއެންސީން ކެންޑިޑޭޓެެއް ނެރެން ނިންމުމާ ގުޅުމުގެ ކަންތައްތަކާއި އިންތިހާބު ބޮއިކޮޓް ކުރަން އޭރު ޖަލަށް ލާފައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް އެދިވަޑައިގަތުމުން އެ ކޯލިޝަންގެ ސެނެޓުން ގޮތްތައް ނިންމުމުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުނު ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ލީޑަޝިޕްގެ ބައެއް ބައްދަލުވުންތައް މެދުކަނޑާލާފައި އެންމެން އެއްގަލަކަށް އަރުވަން ވަކިވަކިން ވެސް ބައްދަލުކުރަން ޖެހުނު ކަމަށެވެ. އޭގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި ލީޑަޝިޕްގެ ހުރިހާ ބޭފުޅުންގެ ވިސްނުން އެއްގޮތް ކުރުމެވެ.

އަޅުގަނޑު ދޭ ލަފާ، މަޝްވަރާ، ލަފާ ހުރިހާ ބޭފުޅުން ވެސް ގަބޫލު ކުރެއްވި. އަޅުގަނޑު ދަންނަވާނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކީގައި މަސައްކަތް ކުރީމައޭ މި ހިސާބަށް އާދެވުނީ" އަބްދުއްރަހީމް

"އޭގެ ނަތީޖާ މި އިންތިހާބުން މި ފެނުނީ. މުޅި ލީޑަޝިޕް އެކައްޗެއް ކިޔުމުގެ ނަތީޖާ މި ފެނުނީ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ޑރ. މުއިއްޒު ކަމަށް ނިންމުމުން އަޅުގަނޑުމެން ދެ ޕާޓީގެ ލީޑަޝިޕުން އެއްބަސްވީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި ކަންތައްތަގަނޑު ތެރޭގައި ރަނގަޅަށް ނުނިދާ ހައެއްކަ ރޭ ދިޔަ."

ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންނާ އެކު ބޭއްވި މީޑިއާ ބްރީފިންއެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.

ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންނާ އެކު ބޭއްވި މީޑިއާ ބްރީފިންއެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އެންގެވުމުން މުޅި ސެނެޓަށް ގޮތް ހުސްވި އެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ވެސް ގޮސް ހުސްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު، އަޅުގަނޑުމެން ލީޑަޝިޕްގެ މީހުން އިސްކުރީ ދިވެހި ގައުމު. ލީޑަޝިޕުން އަޅުގަނޑަށް ވަރަށް ބޮޑަށް އެއްބާރުލުން ދިން. މަޝްވަރާއާ އެކު ނޫނީ އެއްވެސް ކަމެއް އަޅުގަނޑުމެން ނުނިންމަން،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އޭނާ އަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކިތަންމެ ބޮޑަށް ހިޔާލު ތަފާތުވިޔަސް އޭނާ އަށް ލީޑަޝިޕްގެ އެހެން ބޭފުޅުން ކުރެއްވި އިހުތިރާމެވެ. އޭނާގެ ކުރިމަތީގައި ޖަދަލު ކުރުމުގެ ބަދަލުގައި އެ ބޭފުޅުން ދެއްކެވީ ރީތި ނަމޫނާ ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަބްދުއްރަހީމް އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަޅުގަނޑު ދޭ ލަފާ، މަޝްވަރާ، ލަފާ ހުރިހާ ބޭފުޅުން ވެސް ގަބޫލު ކުރެއްވި. އަޅުގަނޑު ދަންނަވާނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކީގައި މަސައްކަތް ކުރީމައޭ މި ހިސާބަށް އާދެވުނީ،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.