02 ޖޫން 2023
ޕީޕީއެމްގެ ސެނެޓުން ފާސްކޮށް ޕީޕީއެމް/ޕީއެންސީން ކަންކަން ނުނިންމާ ކަމަށް ބުނެ އާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިނުލެވޭނެ ހާލަތުގައި ދެން އަމަލު ކުރާނެ ގޮތެއް ކަނޑަނާޅައި ލަސްކުރާ މައްސަލާގައި އެ ޕާޓީގެ ސެނެޓްގެ ބައެއް މެމްބަރުންގެ މެދުގައި އިއްޔެ ހޫނު ޒުވާބެއް ހިންގައިފި އެވެ.
ޕީޕީއެމްގެ ސެނެޓުން ފާސްކޮށް ޕީޕީއެމް/ޕީއެންސީން ކަންކަން ނުނިންމާ ކަމަށް ބުނެ އާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިނުލެވޭނެ ހާލަތުގައި ދެން އަމަލު ކުރާނެ ގޮތެއް ކަނޑަނާޅައި ލަސްކުރާ މައްސަލާގައި އެ ޕާޓީގެ ސެނެޓްގެ ބައެއް މެމްބަރުންގެ މެދުގައި އިއްޔެ ހޫނު ޒުވާބެއް ހިންގައިފި އެވެ.
ޔާމީންގެ ކެންޑިޑެސީއާ މެދު އެ ޒުވާބުގެ ތެރޭގައި ސުވާލު އުފެއްދުމުން ސެނެޓްގެ ހަތަރު މެމްބަރަކު "ހާއްސަ ކޮމިޓީ" އަކަށް ރޭ ހާޒިރުކޮށް ސުވާލު ކުރި ކަމަށް މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ބުންޏެވެ. ކޮމިޓީގައި ތިއްބެވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ތިން ބޭފުޅެކެވެ.
"މައިގަނޑު ސުވާލަކީ ރައީސް ޔާމީނަކީ ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ އަށް ހުރަސް އެޅޭ ގޮތަށް ވާހަކަ ދެއްކުން. އޭގެ ސަބަބުން އެހެން ޕާޓީތަކަށް ކުރިއެރުން ލިބި ޕީޕީއެމްގެ އެތެރެ ހަލާކުވާން މަގުފަހިވެދާނެ ކަމަށް ބުނެ ސުވާލު ކުރީ،" އިއްޔެގެ އެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
ޕީޕީއެމްގެ ސެނެޓްގެ ވަޓްސްއެޕް ގުރޫޕްގައި އެ ޒުވާބު ހޫނުވީ، އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލް ކުރެއްވި ޓުވީޓަކަށް ފަހު އެވެ. އިއްޔެގެ މެންދުރުފަހު އޭނާ ކުރެއްވި ޓުވީޓެއްގައި އުފެއްދެވީ ސުވާލެކެވެ.
"ރައީސް ސޯލިހު ފަދަ މަކަރުވެރި ހީލަތްތެރި އަނިޔާވެރިއެއް އޭނާގެ އަނިޔާވެރިކަން ދޫކޮށް ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށް ނުވަތަ ރިޔާސީ ރޭހުގައި ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ދޭނެ ކަމަށް ގަބޫލު ކޮށްގެން ސަރުކާރުން ޝަރުއީ ކޯޓުތައް މެދުވެރިކޮށް ކުޅޭ ޗަރުކޭސް ހަމަ ބަލަން ތިބެންވީތޯ؟،" ޝަކީލްގެ ޓުވީޓުގައި ސުވާލު ކުރެއްވި އެވެ.
އެކަމަކު، ކަންކަން މާ ބޮޑަށް ގޯސްވުމުން، ކުރިމަތިވި ފިއްތުންތަކާ ހެދި އޭނާ ވަނީ ރޭ އެ ޓްވީޓް ޑިލީޓް ކުރައްވައިފަ އެވެ.
ޝަކީލްގެ އެ ޓްވީޓާ އެކު، ޕީޕީއެމްގެ ސެނެޓްގެ ވަޓްސްއެޕް ގުރޫޕްގެ ބައެއް މެމްބަރުން އެއާ ދެކޮޅަށް އަދި އަނެއްބައި ބޭފުޅުން ލީޑަޝިޕުން ކަންތައް ކުރާ ގޮތް ދިފާއު ކުރައްވައި ވާހަކަ ދައްކަވަން ފެއްޓެވި އެވެ. މައްސަލައަކީ ޔާމީނަށް ކުރިމަތިނުވޭ ހާލަތުގައި ކެންޑިޑޭޓަކު ނުދައްކައި ޕީޕީއެމްގެ ލީޑަޝިޕުން ކުރިއަށް ދާތީ އެވެ.
ކަންބޮޑުވުމާ އެކު، ކުރެއްވި ޓުވީޓަކަށް ފަހު ސެނެޓްގެ ވަޓްސްއެޕް ގުރޫޕްގައި ޝަކީލް ވިދާޅުވީ، ޕީޕީއެމްގެ މިސްރާބު ހުރީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާ ދިމާލަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ޔާމީންގެ ކެންޑިޑެސީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުރަސްއަޅުއްވާ މައްސަލާގެ ވާހަކަ ދެއްކުމަކީ ޔާމީނާ ދެކޮޅަށް އޭނާ ދަންނަވާ ވާހަކައެއް ނޫން ކަަމަށެވެ.
މި ޕާޓީ މިހާރު ފެންނަނީ އަމާޒެއް ނެތި އޮޔާދާ ކަނދުފައްޗެއްގެ ސިފައިގައި،"--- މުއާޒް
"ނަމަވެސް އެ ހާލަތަށް ޕީޕީއެމް ތައްޔާރު ވެގެން ނޫނީ އަނިޔާވެރިކަމުން ރައީސް ޔާމީން މިނިވަން ކުރެވޭނެ މަގެއް ނޯންނާނެ،" ޝަކީލް ވިދާޅުވި އެވެ.
ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭ މައްސަލާގައި އެންމެ ބޮޑަށް ވާހަކަ ދެއްކެވި އެއްބޭފުޅަކީ ސެނެޓް މެމްބަރު މުއާޒް ހަލީމެވެ.
އޭނާ ވިދާޅުވީ، ޕީޕީއެމްގެ ޒަމާންވީ އަސާސްތައް ފުނޑުފުނޑުވެ، އެހެން ޕާޓީތަކުގެ ފަލްސަފާތައް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ. ވިދާޅުވީ، އެ ވާހަކަތައް ސެނެޓް ގުރޫޕްގައި ލިޔުއްވީ ޕާޓީގެ އެތެރޭގައި އެ މައްސަލަތައް ބާއްވަން ކަމަށެވެ.
ރައީސް ޔާމީނެއް މި ޕާޓީ ހަލާކުގެ ތެރެއަށް ވައްޓާލަފާނެ ކަމަށް އަޅުގަނޑު ނުދެކެން. އަޅުގަނޑުމެން އެންމެންނަށް ވުރެ ބޮޑަށް ޕާޓީގެ ހުރިހާ އާންމު މެމްބަރުންގެ މަސްލަހަތާ މެދު އެ މަނިކުފާނު ވިސްނަވާނެ،"--- ޝުޖާއު
"މި ޕާޓީ މިހާރު ފެންނަނީ އަމާޒެއް ނެތި އޮޔާދާ ކަނދުފައްޗެއްގެ ސިފައިގައި،" މި ވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވި މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވިގޮތުގައި، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަމަށް ވާއިރު، ރިޔާސީ އިންތިހާބަށް ކެންޑިޑެސީ ހުށަހަޅަން ދެ މަހަށް ވުރެ ކުރު މުއްދަތެއް އޮވެމެ، ހަގީގަތަކީ ރިޔާސީ ކެމްޕެއިން ނުފެށޭ ކަމެވެ.
"ރީތިކޮށްލަން އެއްވެސް ބޭފުޅަކު ވާހަކައެއް ވިދާޅުވާނެ ކަމެއް ނެތް. އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮވެ އިބޫ ސޯލިހު ހިތް އެދޭ ގޮތަކަށް ނުވަތަ އޭނާ ރާވާހާ ގޮތަކަށް ދީލާލައިގެން ތިބުމަށް ވުރެ އަޅުގަނޑުމެންގެ ޕާޓީ އާއި އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރު އަދި ޕީޕީއެމްގެ ސަޕޯޓަރުންނަށް އެންމެ ފައިދާ ހުންނާނެ ގޮތަށް ކަންކަން ކުރަން ޖެހޭ. ޕްލޭން އޭ ފެއިލް ވެގެން ދާއިރު ޕްލޭން ބީ އިން ޒެޑަށް ވެސް ޕްލޭންތައް ހުންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ގޮތުން މި އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅުމުގެ މުއްދަތަކީ އަންނަ ޖުލައި މަހުގެ 23 އިން އޮގަސްޓް 3 އެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، އިއުލާން ކުރާނީ އޮގަސްޓް 9 ގަ އެވެ.
އިއްޔެގެ ޒުވާބުގައި މުއާޒްގެ އެއް ކަންބޮޑުވުމަކީ ޕީޕީއެމްގެ ޕްލޭންތަކާއި ކުރިމަގަށް ރާވާ ކަންކަން ސެނެޓަށް ސިއްރު ކުރާ މައްސަލަ އެވެ. އޭނާ ވިދާޅުވީ، އެ ގޮތަށް ޕީޕީއެމުން ކަންކަން ކުރާ ނަމަ "އިބޫ ސިއްރުން ކަންކަން ކުރާ ވާހަކަ ދައްކާނެ ކަމެއް ނެތް" ކަމަށެވެ.
ޗާގޮސް އިޝޫގައި މަލްޓި ޕާޓީ ޑިސްކަޝަން ދަނީ ސެނެޓްގައި މަޝްވަރާ ކުރެވިގެންތޯ،"--- ޝަކީލް
"ރިޔާސީ އިންތިހާބުން އެއްވެސް ގޮތަކުން ޕީޕީއެމް ބަލިވެދާނެ ހާލަތަކީ ރައީސް ޔާމީނަށް އަދި މި ޕާޓީ އަށް ވެވޭ ބޭއިންސާފެއް،" މުއާޒް ވިދާޅުވި އެވެ.
ޔާމީންގެ މައްސަލައިގެ އިތުރުން ދެން އެ ބޭފުޅުން ނެންގެވީ ޔާމީންގެ ކެމްޕެއިން މެނޭޖަރަކަށް މުހައްމަދު އަމީން (ކެޕްޓަން އަމީން) އާއި އޭނާގެ ނައިބު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އައްޔަން ކުރި ގޮތާއި ޗާގޮސް މައްސަލާގައި ޕީޕީއެމްގެ ސްޓޭންޑެވެ.
އެ މައްސަލާގައި ޝަކީލްގެ ސުވާލަކަށް ވީ، ތަހުޒީބު މުޖުތަމައުގައި ކަންކަން ކުރާ ގޮތަށް ޕީޕީއެމްގެ ސެނެޓުން ނިންމީ ކޮން ކަމެއްތޯ އެވެ. އެއާ ވިއްދައިގެން ކުރެއްވި ސުވާލަކީ ޔާމީންގެ ކެމްޕެއިން މެނޭޖަރާއި އޭނާގެ ނައިބު އައްޔަން ކުރީ ސެނެޓުގެ ބަހެއް ނުވަތަ ސެނެޓުން ފާސްކޮށްގެންތޯ އެވެ.
"ޗާގޮސް އިޝޫގައި މަލްޓި ޕާޓީ ޑިސްކަޝަން ދަނީ ސެނެޓްގައި މަޝްވަރާ ކުރެވިގެންތޯ،" ސެނެޓުން ކަންކަން ފާސްނުކޮށް، ޕީޕީއެމުން ތަންފީޒު ކުރާ މައްސަލާގައި ޝަކީލް ސުވާލު ކުރެއްވި އެވެ.
އެ ހޫނު ޒުވާބުގައި ޕީޕީއެމްގެ ލީޑަޝިޕާ އެއްކޮޅަށް ވާހަކަ ދެއްކެވީ ފެނިފައިވާ ސްކްރީންޝޮޓްތަކުން އެނގޭ ގޮތުގައި މާލެ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ސެނެޓް ގުރޫޕްގައި ފާޅުކުރައްވާ ހިޔާލުތަކާ ދެކޮޅު ނުހައްދަވާ ކަމަށެވެ. ދެން އުފެއްދެވި ސުވާލަކީ ސެނެޓަށް ސިއްރުން މިހާތަނަށް ކުރީ ކޮން ކަމެއްތޯ އެވެ؟
ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭ ހާލަތުގައި ދެވަނަ ޕްލޭނެއް ނެތް ކަމަށް ބުނެ ސެނެޓްގެ ބައެއް މެމްބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުން.---ފޮޓޯ: ޕީޕީއެމް
އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ޖަލަށް ލުމާ އެކު، ސެނެޓުގެ އިއްތިފާގުން ނިންމާފައި ވަނީ ޔާމީން ނޫނީ ދެވަނަ ގޮތެއް ނޯންނާނެ ކަން ކަމަށާއި އެންމެން ތިބީ އެ މަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށެވެ.
"އެ މަނިކުފާނުގެ އިރުޝާދާ ނުލައި މިހާތަނަކަށް އެއްވެސް ކަމެއް ޕާޓީއަކުން ނުކުރޭ. ރައީސް ޔާމީން ޖަލުގައި އޮންނަވަނިކޮށް، މިހާ ހިސާބަށް އަޅުގަނޑުމެން ދާން ވާނެ ކަމަށް އަޅުގަނޑު ނުދެކެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، ޔާމީންގެ ކެންޑިޑެސީ އަށް އަސަރު ކުރާ ގޮތަށް ކަންކަން ނުކުރަން އެ މަނިކުފާނު އެންމެ ފަހުން ވެސް އެދިވަޑައިގެންނެވި ކަމަށާއި ޔާމީން ޖައްސަވާ ހިސާބުތަކެއް ހުންނާނެ ކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"ރައީސް ޔާމީނެއް މި ޕާޓީ ހަލާކުގެ ތެރެއަށް ވައްޓާލަފާނެ ކަމަށް އަޅުގަނޑު ނުދެކެން. އަޅުގަނޑުމެން އެންމެންނަށް ވުރެ ބޮޑަށް ޕާޓީގެ ހުރިހާ އާންމު މެމްބަރުންގެ މަސްލަހަތާ މެދު އެ މަނިކުފާނު ވިސްނަވާނެ،" ޝުޖާއު ވިދާޅުވި އެވެ
ޔާމީންގެ ކެންޑިޑެސީ އަށް ހުރަސް އެޅޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ބުނެ، ޕީޕީއެމްގެ އޭރުގެ މެމްބަރު އަދި މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒުގެ ސުލޫކީ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބެލިތާ އަދި ވާނީ މަހެއްހާ ދުވަހެވެ. އޭރު ވެސް މައްސަލައަކަށް ވީ ޔާމީންގެ ކެންޑިޑެސީއާ ދެކޮޅަށް ރަމީޒް ވާހަކަ ދެއްކެވުމެވެ. އެކަމަކު، ސުލޫކީ ކޮމިޓީ އަށް ހާޒިރުވެ ދެއްވި ބަޔާނުގައި ރަމީޒު އެ ތުހުމަތުތައް ދޮގުކުރެއްވި އެވެ.
ދެން ފެނުނީ ކޮންމެވެސް ސަބަބަކާ ހެދި ނަމަވެސް، މައްސަލަ ބަލައި ނުނިމެނީ ރަމީޒު ޕީޕީއެމުން ވަކިވެވަޑައިގެންނެވި ތަނެވެ. އޭގެ ފަހުން ދެން ޕީޕީއެމްގެ ލީޑަޝިޕުން އިއުލާން ކުރި ގޮތުން ނަމަ ރަމީޒުގެ މައްސަލަ ބަލަން އެންގެވީ ސީދާ ޔާމީނެވެ. އެ މަނިކުފާނު ލީޑަޝިޕަށް އެންގެވީ ރަމީޒުގެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ނިންމާށެވެ.
އޭގެ ފަހުން އަނެއްކާ ވެސް ޔާމީން ނޫން ނުވަތަ އެހެން ޕްލޭނެއްގެ ވާހަކަ އިއްޔެ ދެއްކި ހިސާބުން މިހާރު ވަނީ ގޯސްވެފަ އެވެ. އެކަމަކު، މި ފަހަރު ފެނުނީ ލީޑަޝިޕްގެ "ހާއްސަ ކޮމިޓީ" އެކެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ތެރޭގައި އޮންނަ ސުލޫކު ކޮމިޓީއެއް ނޫނެވެ.
ޕީޕީއެމްގެ އެތެރޭގެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ، ސެނެޓްގެ ވަޓްސްއެޕް ގުރޫޕްގައި އިއްޔެ ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނާއި ޝަކީލް ކުރެއްވި ޓުވީޓުގެ މައްސަލަ "ހާއްސަ ކޮމިޓީ" އަކުން ބަލަން ފަށައި ޝަކީލް އާއި ސެނެޓްގެ ހަތަރު މެމްބަރަކު އެ ކޮމިޓީ އަށް ހާޒިރުކުރި ކަމަށެވެ.
"ޝަކީލްގެ އިތުރުން ރޭނިސް ސަލީމް ވެސް ހާޒިރުކުރި. މުއާޒް ހަލީމް ހާޒިރު ނުކުރެވުނީ ރާއްޖޭގައި ނެތީމާ. މި ކޮމިޓީ އައީ ލީޑަޝިޕްގެ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންގެ ރިކުއެސްޓަކަށް ކަމަށް ވަނީ،" އޭނާ ވިދާޅުވި އެވެ.
ވ. އާރަށް މައްސަލާގައި މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމާ އެކު ޔާމީނަށް ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލިފަ އެވެ. ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކްރިމިނަލް ކޯޓުން އައީ މަނީ އާރަށް މައްސަލާގައި މަނީލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ.
ޖިނާއީ ހުކުމެއް ސާބިތުވުމުން އިންތިހާބުގައި ވާދަކުރައްވަން އޮތް ހުރަހަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ ޅ. އެވެ.
އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުތައް ކަނޑައަޅާފައިވާ އެ މާއްދާގައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން އެއް އަހަރަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެ އެވެ.
އާރަށް މައްސަލައިގެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތަސް އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ. އަދި ޔާމީންގެ އެހެން ބައެއް މައްސަލަތައް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ވަނީ ފަށައިފަ އެވެ.
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ޔާމީން މި ފަހަރު ވެސް ނަމެއް ނުދެއްވި، ސެނެޓް މާދަމާ
ޔާމީން ދައްކާ ކެންޑިޑޭޓާ މެދު ގޮތެއް ނިންމުން ސެނެޓަށް
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!
ކޮންފަރެންސް ސަރުކާރަށް ހަޖަމެއް ނުވި: އަދުރޭ
ހޯޕް ކޮންފަރެންސް: ޔާމީން ނޫނީ ބޭނުމެއް ނޫން
ރިޔާސީ ޓިކެޓާ ހެދި ޕާޓީތެރޭ ފެކްޝަނެއް ނެތް: އަދުރޭ
ޔާމީން ދެން ނުހިފެހެއްޓޭނެ، 2023 ނޫން ގޮތެއް ނެތް
ޔާމީނަށް ރިޔާސީ ޓިކެޓް ދޭން އިދިކޮޅު ފާސްކޮށްފި
ޔާމީން ބޭނުންވީ ރިވިއު އަށް ފުރުސަތު ހޯދަން