Roadha Mihaaru
ޔާމީނަށް ރިޔާސީ ޓިކެޓް ދޭން އިދިކޮޅު ފާސްކޮށްފި

ޔާމީނަށް 2023 ގެ ރިޔާސީ ޓިކެޓްދޭން އިދިކޮޅުން ނިންމައިފި

30 ނޮވެމްބަރ 2019

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2023 ވަނަ އަހަރުގެ ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޑޭޓް ކަަމަށް އެ ދެ ޕާޓީގެ ކައުންސިލުން މިރޭ ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2023 ވަނަ އަހަރުގެ ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޑޭޓް ކަަމަށް އެ ދެ ޕާޓީގެ ކައުންސިލުން މިރޭ ފާސްކޮށްފި އެވެ.

ޕީޕީއެމް/ޕީއެންސީން މިރޭ ބޭއްވި ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި އެގޮތަށް ކަނޑައެޅީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށަހަޅުއްވައިގެންނެވެ. މުހައްމަދު އިސްމާއީލްގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.

އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން މިރޭ ފާސްކުރި ގަރާރުގައި ހިމެނޭ އެހެން ކަންކަމުގެ ތެރޭގައި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީނަށް ކްރިމިނަލް ކޯޓުުން އިއްވާފައިވާ ހުކުމް ބަލައި ނުގަތުމަށާއި އެކަމާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖްކުރުމަށް ނިންމި ނިންމުން ވެސް ހިމެނެ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.

ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލް ބައްދަލުވުން

ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލް ބައްދަލުވުން

އެ މައްސަލައިގައި ޔާމީން ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާ ކުރުމާ އެކު ފަސް އަހަރު ދުވަހަށް ޖަލަށް ލާން އިއްޔެ ހުކުމް ކުރި އެވެ.

ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ޔާމީނަށް ހުކުމް ކޮށްފައި ވަނީ ނާއިންސާފުން ކަމަށާއި އެމަނިކުފާނުގެ މައްޗަށް ހިންގި ޝަރީއަތުގައި ޒާތީ ތައައްސުބުން ފުރިފައިވާ އެތައް ކަމެއް އެކުލެވިފައިވާ ކަމަށެވެ. އެގޮތުން ޔާމީންގެ ވަކީލުން ހުށަހެޅުއްވި އެއްވެސް ކަމަކަށް ގާޒީންގެ ބެންޗުން ރިއާޔަތްކޮށްފައި ނުވާ ކަމަށް ވެސް އެގަރާރުގައި ވެ އެވެ.

ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ޓިކެޓް ޔާމީނަށް ދޭން އިދިކޮޅުން ނިންމި އިރު، އެމަނިކުފާނަށް އިއްވާފައިވާ ހުކުމް ބާތިލު ނުކޮށް އޮވެ، އެ އިންތިހާބާ ހަމައަށް ހިނގައްޖެ ނަމަ ވާދަ ކުރެއްްވުމުގެ ފުރުސަތެއް ލިބިވަޑައެއް ނުގަންނަވާނެ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި 2015 ވަނަ އަހަރު، ޖަލުތަކާ ޕެރޯލްގެ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން، އިއްޔެގެ ހުކުމާ އެކު ޕާޓީގެ ލީޑަރުކަން ވެސް ޔާމީނަށް ވަނީ ގެއްލިފަ އެވެ.