ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން ރިޔާސަތުން އިއްވައި، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި ހިންގި މާރާމާރީތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން ރިޔާސަތުން އިއްވައި، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި ހިންގި މާރާމާރީތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ނެތަސް އެކަން ފާހަގަނުވާ ކަމަށް މިއަދުގެ ޖަލްސާގެ ރިޔާސަތުން ނަޝީދު ވިދާޅުވުމުން ކުރެއްވި ޓުވީޓެއްގަ އެވެ.
މަޖިލީހުގެ ތަޅުމުގައި ހިންގި މާރާމާރީއާ ގުޅިގެން އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ނެތް ކަމަަށް ނިންމައި، މަޖިލީހުގެ ޖަލްސާތައް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ. އެހެންވެ އިއްޔެ އާއި މިއަދުގެ ޖަލްސާ އަށް ވެސް އެ ކޯލިޝަންގެ މެމްބަރުން ވަޑައެއް ނުގަންނަވަ އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން މަޖިލީހަށް ވަޑައިނުގަތަސް އެކަން ފާހަގަ ނުވަނީ އެއީ ކުރިން ވެސް އެހާ ގިނައިން މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުންނަށް ނުވާތީ ކަމަށް ވެދާނެ ކަމަށެވެ.
ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން، އާދަމް ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މިދިޔަ ދެ ދުވަހު ވެސް ޖަލްސާ ބޮއިކޮޓް ކުރެއްވީ، މަޖިލީހުގެ ރައީސް ގަވައިދާ ޚިލާފުވެ، މާރާމާރީ ހިންގުވާފައިވާތީ އެކަމާ އިހުތިޖާޖު ކުރައްވަން ކަމަށެވެ.
"މަޖިލީހުގެ ރައީސް މާފަށް އެދެންޖެހޭ. މަޖިލިސް އަކީ ޖަންގަލީގައި ސިންގާ ވެރިކަން ކުރާ ހެން ހިންގަން ހުރި ތަނެއް ނޫން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.
މިހާރު ތިއްބެވި ކައުންސިލަރުންގެ މަގާމުގެ މުއްދަތު ދެންމުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ބޭއްވި ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްގެ ނަން ނަޝީދު އިއްވެވި ނަމަވެސް އޭނާ ނުކުމެވަޑައިނުގަތުމުން އެކަން ކުރައްވަން ނަޝީދު އެންގެވީ އެމްޑީޕީގެ މެމްބަރުންނަށެވެ. އެހެންވެ، ޝިޔާމްގެ ގަޔަށް އަތްލައި، މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި އޭނާ އަށް އަނިޔާވި އެވެ. މީގެ އިތުރުން އެމްޑީޕީގެ މެމްބަރުންނަށް ވެސް އަނިޔާވި އެވެ.
ރިޔާސަތުން ނަން އިއްވާ މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށް އެހެން މެމްބަރުން އުޅުއްވަމަކީ މަޖިލީހުގެ ގަވައިދާ ވެސް ޚިލާފު ކަމަކަށް ވާއިރު، އެ ރޭގެ ޖަލްސާގައި އެކަން ހުއްޓުވަން މަޖިލީހުގެ ރައީސް ނަޝީދު އުޅުއްވި ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި، ހާމަވި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މަނިކުފާނު ގެންދެވީ އެކަމަށް ހިތްވަރު ދެއްވަމުންނެވެ.
"މަޖިލީހުގެ ރައީސް މާފަށް އެދެންޖެހޭ. މަޖިލިސް އަކީ ޖަންގަލީގައި ސިންގާ ވެރިކަން ކުރާ ހެން ހިންގަން ހުރި ތަނެއް ނޫން،" -- އާދަމް ޝަރީފް
އެ ޖަލްސާގައި ޝިޔާމްގެ ނަން އިއްވެމުން، އޭނާ ތަޅުމުން ނުކުމެވަޑައިގަތުމަށް އިންކާރު ކުރެއްވުމުން، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ފުރިހަމަ ކުރަންޖެހޭ އެހެން އިޖުރާއަތްތަކެއް ވެ އެވެ. އެކަމަކު، އެމްޑީޕީގެ މެމްބަރުން ލައްވައި ޝިޔާމް މަޖިލީހުން ނެރުނީ އެ އިޖުރާއަތުތަކަށް ބެއްލެވުމެއް ނެތި އެވެ.
މަޖިލީހުގެ ގަވައިދުގެ 65 ވަނަ މާއްދާގައިވާ ގޮތުން، ނަން އިއްވާ މެމްބަރަކު މަޖިލީހުން ނުކުމެވަޑައިގަތުމަށް އިންކާރު ކުރައްވައިފި ނަމަ، އެ މެމްބަރު ޖަލްސާގައި ވަޑައިގެން ނެތް ކަމަށް ބައްލަވައި ޖަލްސާ ކުރިއަށް ގެންދެވުމުގެ ބާރު މަޖިލީހުގެ ރައީސަށް އޮވެ އެވެ. ނަން އިއްވާ މެމްބަރާ ހެދި، ޖަލްސާ ކުރިއަށް ނުގެންދެވޭ ވަރަށް ނިޒާމު ގެއްލިއްޖެ ނަމަ އެ ޖަލްސާ އެހެން ވަގުތަކަށް ފަސްކުރުމުގެ ބާރު ވެސް މަޖިލީހުގެ ރައީސަށް ގަވައިދުގައި ދީފައި ވެ އެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ރިޔާސަތުން އެ ރޭ ނުކުރައްވަ އެވެ.
އެއާ އެކު، މެމްބަރެއްގެ ނަން ރިޔާސަތުން އިއްވައިފި ނަމަ އެ ޖަލްސާއެއްގެ ބާކީ ބައިގައި ބައިވެރިވުމުގެ ހައްގު އެ މެމްބަރަކަށް ނޯންނާނެ ކަމަށާއި ވަގުތުން ތަޅުމުން ނުކުމެވަޑައިގަންނަވަންޖެހޭ ކަމަށް ވެސް ގަވައިދުގައި ބަޔާންކުރެ އެވެ.
މަޖިލީހުގެ އެ ޖަލްސާގައި ހިންގި މާރާމާރީގެ ކަންކަން ޕީޕީއެމުން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު، ފުލުހުން އެ މައްސަލަ ބަލާތީ ވެސް އެމްޑީޕީގެ ލީޑަޝިޕުން ވަނީ އެކަމާ ދެކޮޅަށް ތެދުވެފަ އެވެ.
ނަޝީދަށް ދައުވާ ކޮށްދިނުމަށް އިދިކޮޅުން އެދިއްޖެ
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
އެމްޑީޕީގެ އިންތިހާބުގައި ވޯޓުލާން ގުޅި: އާދަމް ޝަރީފް
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
މައިނޯރިޓީގެ އަޑު ނެތި މަޖިލިސް ހިންގާތީ ކަންބޮޑުވެއްޖެ
ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅުން ޖަލްސާ ބޮއިކޮޓް!
ނަޝީދުގެ ވާހަކަފުޅާ އެކު ޔާމީން ދޫކޮށްލާ: އިދިކޮޅު
"ދީނާ ދެކޮޅު ޖަމިއްޔާއާ ގުޅުވީ ނަފްރަތު އުފައްދަން"