ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިރާސާ ކުރައްވަމުން އަންނަ ރިޕޯޓުގައި މަސައްކަތްތެރިންނަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 6،000ރ. ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރޭ ފާޑުކިޔައިފި އެެވެ.
09 ޖެނުއަރީ 2020
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިރާސާ ކުރައްވަމުން އަންނަ ރިޕޯޓުގައި މަސައްކަތްތެރިންނަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 6،000ރ. ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރޭ ފާޑުކިޔައިފި އެެވެ.
މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ލަފާ ދީފައި ވަނީ 6،000ރ. ކަމަށް އިދިކޮޅުން ބުނި ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދަދާ ގުޅޭ ގޮތުން މިހާތަނަށް ވާހަކައެއް ނުދައްކަ އެވެ. މިނިމަމް ވޭޖާ ބެހޭ ގޮތުން ލަފާދޭ ބޯޑުން އެކުލަވައިލި ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ އަންގާރަ ދުވަހު ވަނީ އަރުވައިފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، ވަޒީރުންގެ މަޖިލީހުގެ ލަފައަކަށް އަންނަ ހަފުތާގެ ތެރޭގައި އެ ރިޕޯޓް ހުށަހަޅުއްވާނެ އެވެ.
7th January 2020.
— The President's Office (@presidencymv) January 8, 2020
President @ibusolih takes a moment to review the Minimum Wage report. pic.twitter.com/APNWK5OkTW
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިނިމަމްވޭޖާ ގުޅޭ ރިޕޯޓި އިއްޔެ ރައީސް އޮފީހުގައި ވިދާޅުވަނީ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ނައިބު ރައީސް އަހްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ދިގުދެންމުމަށް ފަހު، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައެޅީ ރައްޔިތުން އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ. އެ މިންވަރުން، ރައްޔިތުންނަށް ހިތްހަމެޖެހިގެން ދިރިއުޅެވޭނެ ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެސް ދެ މެމްބަރުން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގޭ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅަން އުޅޭ އަދަދު. އެ އަދަދު، ލަދުން ހާމަކުރަން ނުކުރިގެން އުޅެނީ،" ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވި އެވެ.
މިނިމަމް ވޭޖްގެ ގޮތުގައި އެ ރިޕޯޓުގައި ކަނޑައަޅާފައި އޮތީ، 6،000ރ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި. --ޝިޔާމް
އެ އަދަދު ކުޑަ ކަމަށް ވިދާޅުވެ ޝިޔާމް ފާޑުވިދާޅުވި އެވެ. އޯގާތެރި ސަރުކާރަކުން ރައްޔިތުންނާ ދޭތެރޭ އޯގާތެރިވުމަކީ އެ މިންވަރުތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.
ޝިޔާމް ތުހުމަތު ކުރެއްވި ގޮތުގައި މިނިމަމް ވޭޖްގެ ވާހަކަ މާ އަޑުހަރުކޮށް ސަރުކާރުން ދައްކަން ފެށީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް އޮތުމުންނެވެ. ވެރިކަމަށް އައުމުގެ ކެމްޕޭންގައި، މިނިމަމް ވޭޖް ކަނޑައަޅަން ހަދަން ޖެހޭ ހުރިހާ ދިރާސާއެއް ހަދާފައިވާ ކަން އިއުލާންކުރި މީހުންނަށް މިހާ ދިގު މުއްދަތެއް ހޭދަވީ އެކަން ކުރަން ބޭނުން ނުވާތީ ކަަމަށް ޝިޔާމް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، މިނިމަމް ވޭޖް ކަނޑައެޅުން ހަދާފައި އޮތީ "އިބިލީހުގެ ކައިވެންޏަށެ"ވެ. މިނިމަމް ވޭޖް ކަނޑައަޅަން ހެދި ކޮމިޓީ އަށް ރިޕޯޓެއް އެކުލަވައިލެވުނީ އަށް މަހުން ކަމަށާއި އެ ރިޕޯޓް އަދި ވަޒީރުންގެ މަޖިލީހުގައި ދިގުދެމިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިނިމަމްވޭޖް ކަނޑައަޅަން މިހާ ގިނަ ދުވަސް ހޭދަވާން ޖެހޭ ކަމަކަށް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ. އެކަން ލަސްވީ ބަހަނާ ދައްކަން ހަދައިގެން ކަމަށް ވިދާޅުވި އެވެ.
"މިނިމަމް ވޭޖް ކަނޑައެޅުމުގައި، އަޅުގަނޑުމެން ދެކޭ ގޮތުގައި މިވެނި ވަރަކުން ފުދޭނެއޭ ކިޔައި ވަކި އަދަދެއް ކަނޑައެޅުމަކީ ޒިންމާދާރުގޮތަކަށް ނުވާނެ،" މަޑުއްވަރީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ސަރުކާރުން މި ހަފުތާގައި ބުނެފައިވާ ގޮތުގައި މިނިމަމް ވޭޖާ ގުޅޭ ރިޕޯޓާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ އެވެ. އަދި މި އަހަރުގެ ކުރީކޮޅު މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެކަމާ ގުޅޭގޮތުން އެމްޑީޕީން ކުރިން އެކުލަވާލި ކަރުދާހުގައި އޮތްއޮތުން ދެވޭނެ އެންމެ ދަށް މުސާރައަކީ ދުވާލަކަށް 200ރ. އެވެ. އެކަމަކު ބައެއް ދާއިރާތަކުގައި ދެވޭނެ އެންމެ ދަށް މުސާރައިގެ ގޮތުގައި އެއަށް ވުރެ ބޮޑު އަދަދުތަކެއް ވެސް އެމްޑީޕީން އޭރު ހިމެނި އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ: އިދިކޮޅަށް ވާނީ ފަސޭހަ
ޔާމީން ދެން ޖަލަކަށް ނުލެވޭނެ: އަބްދުއްރަހީމް
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ޔާމީން ދެން ނުހިފެހެއްޓޭނެ، 2023 ނޫން ގޮތެއް ނެތް
ސަޕޯޓަރުންނާއި ލީޑަޝިޕް އުފަލުގެ ކަރުނައިގައި!
"ވަޒީރުކަމުގައި ނާޒިމް އުޅުނީ ރިޔާސީ ޓިކެޓް ހޯދަން"
ފެންނަނީ އަދީބުގެ އެހީތެރިކަން ހޯދާތަން: އިދިކޮޅު
އާދަމް ޝަރީފުގެ ތުހުމަތު: އިދިކޮޅު ބައިކޮށްލަން ރާވާ
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
ޕާޓީތަކުގެ މަޝްވަރާއަށް ތައްޔާރު: އިދިކޮޅު ކޯލިޝަން