ރާއްޖޭގެ ބައެއް އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެމްބަރު ގައުމުތަކުގެ މަންދޫބުންނަށް ފައިސާ ބެއްސެވި ކަމަށް ބުނެ، ސަރުކާރުގެ އޮފިޝަލަކު ދެއްކެވި ވާހަކަތައް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ދޮގުކުރައްވައިފި އެވެ.
15 ޖުލައި 2018
ރާއްޖޭގެ ބައެއް އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެމްބަރު ގައުމުތަކުގެ މަންދޫބުންނަށް ފައިސާ ބެއްސެވި ކަމަށް ބުނެ، ސަރުކާރުގެ އޮފިޝަލަކު ދެއްކެވި ވާހަކަތައް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ދޮގުކުރައްވައިފި އެވެ.
ސަރުކާރުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އީޔޫ އިން ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް އިދިކޮޅު ބައެއް ބޭފުޅުން ޔޫރަޕްގެ ގައުމުތަކުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޖަމީލް ހިމެނިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
Irresponsible allegation by #Maldives officials on me on eve of @EUCouncil sanction. Still tough talk & no sign of amending gross rights violations, torture & abuse. EU isn’t YAG & bribery allegations are delusional & derogatory. People must vote YAG out. https://t.co/CN7IoSZ8m3
— Mohamed Jameel Ahmed (@MJameelAhmed) July 15, 2018
ޖަމީލް މިއަދު ކުރެއްވި ޓުވީޓު.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖެއާ ދެކޮޅަށް ޖަމީލް ވަނީ ކެމްޕެއިން ކުރައްވައި، "ފައިސާ ވެސް" ބައްސަވައިފަ އެވެ. އަދި އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ރާއްޖެއާ ދެކޮޅަށް ކެމްޕެއިން ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޮފިޝަލް އެހެން ވިދާޅުވިއިރު، ޖަމީލް ވަނީ މީގެ ދުވަސްތަކެއް ކުރިން އީޔޫގެ ބައެއް ގައުމުތަކަށް ވަޑައިގެން މަންދޫބުންތަކަކާ ބައްދަލު ކުރައްވައިފަ އެވެ.
ސަރުކާރުގެ އޮފިޝަލް ދެއްކެވި ވާހަކަތައް ދޮގު ކުރައްވައި، ޖަމީލް ވިދާޅުވީ އީޔޫ އަށް ރިޝްވަތު ދިން ކަމަށް ބުނެ، ދައްކާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ، ތަސައްރަފު ނުފުދޭ ވާހަކަތަކެއް ކަމަށެވެ.
ޖަމީލް ވިދާޅުވި ގޮތުގައި އީޔޫ އިން ފިޔަވަޅު އަޅަން ތައްޔާރުވަމުން ދާއިރު، ދިވެހި ސަރުކާރުން ގާނޫނާ ޚިލާފު އަމަލުތަކާއި އިންސާނީ ހައްގުތަކާއި އަނިޔާވެރިކަން ހުއްޓާލައި އިސްލާހު ވާން ނޫޅެ އެވެ. އީޔޫ އަކީ ރައީސް އަބްދުﷲ ޔާމީން ނޫން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"އީޔޫ އަކީ ޔާމީނެއް ނޫން. ރިޝްވަތުގެ ވާހަކަ އަކީ ހިޔާލީ އަދި އީޔޫ ބަދުނާމް ކުރަން ދައްކާ ވާހަކައެއް،" ޖަމީލް ވިދާޅުވި އެވެ.
އީޔޫގެ ފޮރިން އެފެއާޒް ކައުންސިލްގައި މާދަމާ އޮންނަ ބައްދަލުވުމުގައި ރާއްޖޭގެ އިސް ބައެއް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވަނީ އެޖެންޑާކޮށްފަ އެވެ. އެޖެންޑާގައިވާ ގޮތުން ފިޔަވަޅު އަޅާނީ އިންސާނީ ހައްގުތަކަށް އަރައިގަނެ، ގާނޫނު ނެެގެހެއްޓުމަށް ހުރަސް އަޅާ މީހުންނާ މެދުގަ އެވެ.
ރާއްޖޭގެ އިސް ބައެއް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫ އިން އެޖެންޑާ ކުރިޔަސް، އެ ފިޔަވަޅު އެޅިޔަ ނުދޭން ކުރެވުނުހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން
އީޔޫ ޕާލަމެންޓް މެމްބަރުންތަކެއްގެ ޝަކުވާ އީޔޫ އަށް
އީޔޫގެ ނިންމުމަށް ޔޫކޭ އިން އަމަލުކުރަން ފަށައިފި
ވެރިންނާ ދެކޮޅަށް އީޔޫގެ ނިންމުން އަންނަ ދުވަސް!
އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!
ޔާމީން ޖަލަށްލާފައިވާ މައްސަލަ އީޔޫއާ ހިއްސާކޮށްފި
އިބޫގެ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުން: އީޔޫ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
އދ. އާއި އީޔޫ ނާންނަނީ ސުވާލު އުފެދޭތީއެއް ނޫން!
ފިޔަވަޅު އަޅާ ލިސްޓުގެ ވާހަކަ ނޫހުން އުނިކޮށްފި